ޗައިނާގައި ކެމިކަލް ޕްލާންޓެއް ގޮވައި 47 މީހަކު މަރުވެ 640 މީހުންނަށް އަނިޔާ ވެއްޖެއެވެ.

އިރުމަތީ ޗައިނާގެ ޝެންޖިއަގެންގް އިންޑަސްޓްރިއަލް ޕާކުގައި ބުރާސްފަތި ދުވަހު ހިނގާދިޔަ މިހާދިސާ ކޮންޓްރޯލް ކުރެވިފައިވަނީ ހުކުރު ދުވަހު ދަންވަރު 3 ޖާހާކަންހާ އިރު ކަމަށް ރިޕޯޓްތަކުން ބުނެއެވެ. މިހާދިސާގައި އެސަރަހައްދުގައި ކުޑަކުދިން ކިޔަވަމުންދާ ސްކޫލެއްގައި ތިބި ކުދިންތަކަކަށް ވެސް ވަނީ އަނިޔާވެފައެވެ.

މި ޕްލާންޓްއަކީ ޓިއަންޖިއާއި ކެމިކަލް ކޮމްޕެނީ އަށް ނިސްބަތްވާ ޕްލާންޓެކެވެ. އަލިފާނުގެ އަސަރުވަނީ ކާރީގައި ތިބި ފެކްޓަރީ ތަކަށް ވެސް ކޮއްފައެވެ. މި ސަރަހައްދުގައި ދިރިއުޅޭ 1000 މީހުން މިހާރު ވަނީ ކެމިކަލްގެ އަސަރު ކުރުމުގެ ކުރިން އެހެން ހިސާބަކަށް ބަދަލުކޮއްފައެވެ. މި ކޮމްޕެނީއަކީ 30 އޯގަނިކް ކެމިކަލް އުފައްދާ ކޮމްޕެނީއެކެވެ. އޭގެ ތެރޭގައި ފަސޭހައިން އަލިފާން ރޯވާ ތަކެތިވެސް އުފައްދައެވެ.

މި ހާދިސާގައި އަނިޔާވި 650 މީހުން ވަނީ މުޅިއަކު 16 ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 32 މީހުންނަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަށް ވެފައެވެ. އަނިޔާވި އެންމެންނަށް ފަރުވާ ދިނުމައްޓަކައި މިހާރު ވަނީ 3500 ޑޮކްޓަރުންނާއި ނަރުހުންގެ ގެނެސްފައެވެ.

ޗައިނާގެ ރައިސް ޒީ ޖިންޕިންގް ވަނީ އަނިޔާލިބުނު ހުރިހާ މީހުންނައް ފަރުވާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން އަންގަވާފަައެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާއަކުން މިކަހަލަ ހާދިސާތައް ހުއްޓުވުމަށް ކުރަންޖެހޭ ސަލާމަތީ ކަންތައްތައް ކޮށް މި ހާދިސާ ހިނގާ ދިޔަ ގޮތް ދިރާސާ ކުރަން އަންގަވާފައެވެ. ޒީ ޖިންޕިން މިހާރު ހުރީ ސަރުކާރުގެ ބައްދަލު ވުމަކަށް އިޓަލީގައެވެ.

“ފަހަކަން އައިސް މިކަހަލަ ހާދިސާތަށް ވަރަށް ގިނައެވެ. މިކަލަ ހާދިސާ ތަކުން އިބަރަތް ހާސިލްކުރަން ޖެހެއެވެ. އެއެން ކަމުން ހުރިހާ އިދާރާތް ތަކުން މިކަންތަކަށް ސަމާލުވެ ކުރަންޖެހޭ ހުރިހާ ސަލާމަތީ ކަންތަކެއް ކުރަންޖެހެއެވެ” ޒީ ގެ ރިޕޯޓުން ބެނެފައިވެއެވެ.

މި ހާދިސާ މިހާރު ތަހުގީގު ކުރަމުންދާއިރު މީގެ ކުރިންވެސް އެމީހުން ވަނީ މަސައްކަތުގެ މާހައުލުގައި ރައްކާތެރި ކަމެއް ނެތުމުގެ ގުޅިގެން އެކަން ފާހަނގަ ކޮށް ޖޫރިމައިނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު