ސީރިއާ އިން އައިއެސް ޖަމާޢަތް ނައްތާލެވިއްޖެ ކަން އެމެރިކާ އިން ރަސްމީކޮށް އިއުލާން ކުރި ނަމަވެސް އައިއެސްގެ ލީޑަރު އަބޫބަކުރު އަލް-ބަޣުދާދީ "ފިލާފައި ވާތީ" އަދިވެސް އައިއެސްގެ ނުރައްކާ ބޮޑު ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފިއެވެ.
ސީރިއާގެ ހުޅަނގުގައި އޮންނަ ބަޣޫޒް އަވަށުގައި އެންމެ ފަހުން ތިބި ހަނގުރާމަވެރިންނަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ ވާގިވެރިން ވަނީ އެއަވަށުން އާއްމު ރައްޔިތުން ނިކުތުމަށް ފުރުސަތު ދީފައެވެ. މޫނު ބުރުގާ އަޅައިގެން އަންހެނެއްގެ ގޮތުގައި ބަޣުދާދީ ވެސް އެއަވަށުން ނިކުމެފައި ވެދާނެ ކަމަށް މިހާރު ސަލާމަތާއި ބެހޭ އޮފިޝަލުން ޔަގީން ކުރެއެވެ.
ވަކި ދައުލަތެއް ގާއިމް ކުރިކަން ބަޣުދާދީ އިއުލާން ކުރީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ މަރާލެވިފައިވާ ކަމަށް އެމެރިކާ އާއި ރަޝިއާ އަދި ސީރިއާ އިން ވެސް އެތައް ފަހަރަކު އިއުލާން ކޮށްފައި ވެއެވެ. ނަމަވެސް އެގައުމުތަކުން ބަޣުދާދީ މަރުވެފައިވާކަން އިއުލާން ކުރި ފަހުން ވެސް ބަޣުދާދީގެ މެސެޖްތައް އާއްމު ކޮށްފައިވެއެވެ.
އައިއެސްގެ ބާރުގެ ދަށުގައި އެންމެ ފަހުން އޮތް އަވަށުގައި ވެސް ބަޣުދާދީ ހުރިކަން މުޅިން ޔަގީމެއް ނޫނެވެ. އެއަވަށް އައިއެސްގެ ބާރުގެ ދަށުން އަތުލުމަށް ފަހު މުޅި އަވަށުގައި އަތްފުނާއެޅި އިރު ވެސް ބަޣުދާދީގެ ޚަބަރެއް ނުވިއެވެ.
ބަޣުދާދީ ހަނގުރާމައިގެ މައިދާނުގައި މަރުވެފައިވުން ވެސް އެކަށީގެންވެއެވެ. ނުވަަތަ އޭނާ ވަނީ ފިލައިގެން ރައްކާތެރި ހިސާބަކަށް ދަތުރުކޮށްފައެވެ.
އައިއެސް ލީޑް ކުރާނެ މީހަކު ހުރިނަމަ އަލުން އައިއެސް ޖަމާޢަތް އުފެދި، އަނެއްކާވެސް ދުނިޔެއަށް ނުރައްކާ ބޮޑުކޮށްފާނެ ކަމުގެ ކަންބޮޑުވުން ގިނަ ބައެއްގެ ހިތުގައި އެބައޮތެވެ.
އައިއެސް ބައްޔެ ނުކުރެވޭ މުޅިއަކުން. މިރާއްޖޭގައި އަދިވެސް މިތިބީ އޭގެ މީހުން
މަރުވެގެން ވެއްޓުނީމަ ހުންނާނީ ފިލައިގެން އުޅެވިފަ. ޝައިތޯނު
މަވެސް މިހުރީނު......
އަޅުގަނޑުމެން ދެންނުކުންނާނީ މާވަރުގަދަކޮއް ވިސްނާތި...
ތީ ކޮންބައެކޯ
މުޅި ސީރީޔާ އާއި އިރާގުން ބައެއް ސުންނާފަތި ކޮށްލި އިރު ބަޢުދާދީ ނުފެނުން. އެހެންވީމަ ކާމިޔާބެއް ނުވިއެއްނު. އާންމު ރާއްޔިތުން ޝަހީދު ކޮށް އެމީހުންގެ ގެދޮރު ސުންނާތަފި ކުރެވުނީ. ކާފަރުން ބޭނުން ވަނީ މުސްލިމުންގެ ބިންތައް ފޭރިގަންނަން. އައިއެސް ބަލި ކުރަންށޭ ކިޔާފަ ޝާމްގެ ބިމަށް ވެރިވެ ގަތީ. މުސްލިމުންގެ ބިމުން މުސްލިމުން ބޭރު ކުރީ. މިވަރުން ވެސް މުސްލިމު ގައުމު ތައް ހޭ އަރާކަށް ނޫޅެ.