އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް ފަލަސްތީނުގެ މުޖާހިދުން ދިން ރޮކެޓް ހަމަލާތަކެއްގައި އިސްރާއީލްގެ ހަތް މީހަކު ޒަހަމް ވެއްޖެއެވެ.

ތެލްއަވީވްގެ މީހުން ދިރިއުޅޭ ސަރަހައްދަށް ރޮކެޓް ހަމަލާތަކެއް އަމާޒުވުމުން އިސްރާއީލްގެ އަސްކަރިއްޔާ ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.

ހުރިހާ ބާރެއް ބޭނުން ކޮށްގެން ފަލަސްތީނަށް ރައްދުދޭނެ ކަމުގެ އިންޒާރު އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ދެއްމެ ވަނީ ދީފައެވެ.

ރޮކެޓް ހަމަލާތަކުގެ ސަބަބުން އަނިޔާވި މީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮކެޓް ހަމަލާތަކުގެ ސަބަބުން ތެލްއަވީވްގެ ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

ރޮކެޓް ހަމަލާ އިސްރާއީލަށް ފޮނުވާލާފައި ވަނީ ޣައްޒާ އިންނެވެ. ނަމަވެސް ރޮކެޓް ހަމަލާތަކާއި ބެހޭ ގޮތުން އަދި ޣައްޒާގެ ކޮންޓްރޯލް އޮތް ހަމާސް ޖަމާއަތުން އެއްވެސް އެއްޗެކޭ ނުބުނެއެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދިނެވެ. އެހަމަލާތަކަށް ފަހު ހަމާސް އިން ބުނީ ރޮކެޓްތައް އިސްރާއީލަށް ފޮނުވާލީ އެޖަމާއަތުން ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫބެ

    ގޮވަތިގެދޮރު ސުންނާފަތި ކޮށްލުމުން ވާނެ އިހުސާސް އިސްރާއީލުގެ ރައްޔިތުންނަށް މިހާރު ކުރެވޭނެކަމަށް ޤަބޫލުކުރަން!!!!! އަދި ހަރުކަށިކަން އިސްކޮށް އަނިޔާވެރިވެގެން އަމިއްލަ ޤައުމުގެ ރައޔިތުންނަށް އަމާންކަން ހޯދައިނުދެވުނުކަން އިސްރާއީލުގެ އަނިޔާވެރި ވެރިންނަށް އިޙުސާސް ކުރެވޭނެކަމަށްވެސް ޤަބޫލުކުރެވޭ! މިފަދަ ކަންތައްތަކުން ފިލާވަޅު ލިބިގަނެ ފަލަސްޠީނުގެ ރައްޔިތުްނނާއިއެކު އެކުވެރިކަމާއި ޞުލްޙަޔާއިއެކު އުޅެވޭނެމަގު ފަހިކުރުމަށް އިސްރާއީލުގެ ހަރުކަށިވެރިންނަށް މަޖުބޫރުކުރުމަށް އެިސްރާއީލުގެ ރައްޔިތުން ތެދުވަން ވެއްޖެ!!!!

    16
    1