އެއްގަމު މަގުން ފަލަސްތީނުގެ ޣައްޒާއަށް އަރައިގަތުމަށް، އިސްރާއީލުން އެއްގަމު ސިފައިން ފޮނުވައިފިއެވެ.

ޣައްޒާގެ އިމަށް އިސްރާއީލުން އެގައުމުގެ ސިފައިން ފޮނުވާފައި މިވަނީ އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް ފަލަސްތީނުގެ މުޖާހިދުން މިއަދު ހެނދުނު ދިން ރޮކެޓް ހަމަލާތަކެއްގައި އިސްރާއީލްގެ ހަތް މީހަކު ޒަހަމް ވެ އިސްރާއީލުގެ ބައެއް ގެތަކަށް ގެއްލުން ވެފައިވަނިކޮށެވެ.

އޭއެފްޕީން ރިޕޯޓު ކުރާގޮތުގައި އިސްރާއީލުގެ ހަމަލާތައް އަމާޒުވެދާނެ ކަމަށް ބަލާ ޣައްޒާގެ ސަރުކާރުގެ އިމާރާތްތައް ހުސްކުރަން ފަށާފައިވާ ކަމަށެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ވެސް ވަނީ ރޮކެޓް ހަމަލާތަކުގެ ރައްދުގައި ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެފައެވެ.

އަލްޖަޒީރާއިން ރިޕޯޓް ކުރާ ގޮތުގައި އިސްރާއީލުން އަޅަމުން މިދާ ފިޔަވަޅުތަކާއި ގުޅިގެން ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާޢާތުގެ ވެރިޔާ ޔަހްޔާ ސިންވަރު މިއަދު އާންމު މައިދާނެއްގައި އޭނާ ދިނުމަށް ނިންމި ތަގުރީރު މިހާރު ވަނީ ކެންސަލް ކޮށްލާފައެވެ.

މީގެ އިތުރުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާ ތަކާއި ގުޅިގެން ބޮޑު ވަޒީރު ނަތަންޔާހޫ އެމެރިކާއަށް ކުރަން އޮތް ދަތުރު ވަނީ ކުރުކޮށްލާފައެވެ.

އިސްރާއީލަށް އަމާޒުވި ރޮކެޓް ހަމަލާގެ ރައްދު ވަރުގަދައަށް ދޭނެ ކަމަށް އެގައުމުން ބުނެފައިވާއިރު، މިލިޓަރީ އޮޕަރޭޝަނެއް ކަމަށް ބުނެ 2014 ވަނަ އަހަރު އިސްރާއީލުން ޣާޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައް މައުސޫމް ބަޔަކު ޝަހީދުކޮށްލީ ވެސް އެފަދަ ވަރުގަދަ ރައްދުތަކެއް ދިނުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތަކުރު

    ރަމަޟާން މަސް އަންނާތީ ޔަހޫދީން ކަންބޮޑުވީ

    27
    2
  2. ޖަހާންގީރު

    އެއް ކަމެއްވެސް ނުކުރެވޭނެ އެހެން ފަހަރު ތަކެކޭ އެއް ގޮތަށް ލަދުވެތި ގޮތަކަށް ބަލިވެގެން ފާބަން ޖެހޭނީ އިންޝާﷲ !

    48
    1
  3. އިސްމާޢީލު ހުސައިން

    ހުރިހާމުސްލިމުންވެގެ އިސްރާއީލު ޢާ ހަނގުރާމަ ކުރަންވީީ ހަނގުރާމަކޮއް އެގައުމު ހިފަންވީ ހުރިހާ މުލިމުން މާތްﷲ ގެމަގުގާ ފަލަސްތީނު ނިކަމެތި ރައްއިތުންގެ ހިމާޔައްް ކުރަން ނިކުންނަންވީ ޖިހާދައް އަޅުގަނޑު މިހިރީ ފަލަސްތީނު ރައްއިތުންނައް ޓަކާ ގުރުބާވާންތައްޔާރައް ފަލަސްތީނު އެންމެ އިންޗިއެއްވެސް އިސްރާއީލައް ދީގެން ނުވާނެ

    71
    2
  4. ސަރީފާ

    ސައޫދީ ގެ ޝާހީންތައް ތިބޭނެ އެމެރިކާއިން އުފައްދާހައި ހަތިޔާރެއް ބޮޑެތި ގުދަންދަކުގައި ޖަމާކޮއްކޮއްފަ..އެކަމަކު މުސްލިމު އަޚުންނާއި އުޚުތުން މަރާ ހުސްކުރިޔަސް އެ ހަތިޔާރުތަކުގެ ބޭނުމެއް ނުކުރެވޭ އެމީހުން ދިފާއުކޮއްދޭކައް.. އެކަމަކު ޔަމަނުގެ ނިކަމެތި ރައްޔިތުން ތަޅާސުންނާފަތިކުރަން ހަތިޔާރުގެ ބޭނުން ކުރެވޭ.. މިއީ އިސްލާމީ ދުނިޔޭގެ ހާލަތު އޮތްގޮތް.

  5. ހދ

    ފަލަސްތީނަށް އެރޭނެ ގޮތެއްނު ހޯދަންވީ. ޔަހޫދީން އެޅެނީ ފަލަސްތީން ބަންދު ކޮށްގެންވިއްޔާ

    3
    1