2:44 -

1:10 -

1:01 - އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިހާތަނަށް ޒަަހަމް ވެފައި ވަނީ ހަތް މީހުން.

00:55 - އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކް ގައި ދިރިއުޅޭ އިސްރާއީލް ކުއްޖަކަށް ބަޑިން ހަމަލާދީ ޒަހަމް ކޮށްލައިފި. ނުވަ އަހަރުގެ އެ ކުއްޖާއަށް ހަމަލާ ދީ ޒަހަމް ކޮށްލާފައި ވަނީ އަތަށް.

00:51 - ސިދުރޫތުގެ ގެއަކަށް ހަމަލާދިންކަން އިސްރާއީލްގެ ކަމާ ބެހޭ އިދާރާތަކުން ކަށަވަރުކޮށްދޭ. އެހެން ނަމަވެސް، މީހަކަށް އަނިޔާއެއް ނުވާ ކަމަށްވެސް އިސްރާއީލުން ބުނޭ.

00:48 - އިސްރާއީލްގެ ގެއަކަށް ދިން ހަމަލާގައި ގެއްލުންތަކެއް ލިބިފައި.

 

00:43 ފަލަސްތީނަށް ދިން ހަމަލާތަކުގެ ބަދަލުގައި އިސްރާއީލްގެ ސިދްރޫތުގެ ގެއަކަށް ރޮކެޓް ހަމަލާއެއް ދީފި. ސިދުރޫތަށް ދިން ދިން ހަމަލާގައި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން މައުލޫމާތު ދޭ. އެހެން ނަމަވެސް އިސްރާއީލުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވޭ.

00:42 އިސްރާއީލުން ފަލަސްދީނަށް ދެމުން ގެންދާ ހަމަލާތަކުގެ ތެރެއިން.

00:32

00:27 - އިސްރާއިލްގެ އެޝްކޮލްއަށް ރޮކެޓް ހަމަލާއެއް ދީފި. އެޤައުމުގެ މީޑިއާތަކުން ބުނީ ހަމަލާގެ ސަބަބުން މީހަކު ނުވަތަ ތަނަކަށް ގެއްލުމެއްވިކަމުގެ ރިޕޯޓް އަދި ނުލިބޭ ކަމަށް.

00:22 - އިސްރާއިލްގެ އެޝްކޮލްގައި ސައިރެން އަޅަމުންދާކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކުރޭ. މި ސައިރެން އަކީ ރޮކެޓް ހަމަލާއެއް އަންނަކަމުގެ އިންޒާރެއް.

00:20 - އިސްރާއިލްގެ "ހަރްޒަތު" ނޫހުން ބުނާގޮތުގައި ޣައްޒާގެ ބޯޑަރު ކައިރީ ސަރަޙައްދުތަކާއި އިސްރާއިލްގެ މެދުތެރޭގައި އާއި އުތުރުގައި ހުރި ރޮކެޓް ދިފާޢުކުރާ ބިންގަރާސްތައް އިސްރާއީލުން ވަނީ ހުޅުވާފައި.

00:02 - ޣައްޒާއަށް ދިން ހަމަލާއެއްގެ ސަބަބުން އިތުރު މީހަކު ޒަހަމް ވެއްޖެ. ނަމަވެސް އޭނާ އަށް ލިބުނީ ކުޑަ ޒަހަމެއް.

23:59

23:56 - އިސްރާއީލްގެ "ހިބްރޫ" ނޫހުން ދެންމެ ބުނީ އިސްރާއީލްގެ ތެލްއަވީވަރަށް ރޮކެޓް ހަމަލާތައް އަމާޒު ވާނެ ކަމުގެ ބިރު އޮތުމުން ގެތައް ދޫކޮށް މިރޭ ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައިވާ ކަމަށް.

23:52

ޣައްޒާގެ ޖަބަލިޔާ ކޭމްޕް
ޣައްޒާގެ ޖަބަލިޔާ ކޭމްޕް

23:50 - ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާއެއް ފޮނުވާލައިފި.

23:47

ހަނިއްޔާގެ އޮފީހަށް ހަމަލާދިން ވަގުތު ނަގާފައިވާ ފޮޓޯއެއް
ހަނިއްޔާގެ އޮފީހަށް ހަމަލާދިން ވަގުތު ނަގާފައިވާ ފޮޓޯއެއް

23:43 ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާގެ އޮފީހަށް އިސްރާއީލުން ބޮން އަޅައި، އިމާރާތް ސުންނާފަތިކޮށްލައިފި. އޮފީހަށް ހަމަލާދިން އިރު ހަނިއްޔާ އޮފީހުގައި ހުންނެވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ.

23:35

 

23:15 - ޣައްޒާގެ ހެލްތް މިނިސްޓްރީ: އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެކަކު ޒަހަމްވެއްޖެ.

23:14 - ޣައްޒާގެ ދާހިލީ ސަލާމަތާއި ބެހޭ އިދާރާއަށް އިސްރާއީލް ސިފައިން ބޮން އަޅައި، އެއިމާރާތް ސުންނާފަތިކޮށްލައިފި.

23:11 - ޣައްޒާގެ ގަވަރުނަރުގެ އޮފީހަށް އިސްރާއީލް ސިފައިން ވައިގެ މަގުން ހަމަލާތައް ދީފި.

23:10 - ޣައްޒާގެ އިރުމަތީގައި ހުރި ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކުއްޖަކު ޒަހަމްވެއްޖެ.

23:09

23:05 - ޣައްޒާއަށް އިސްރާއީލުން ހަމަލާ ދެމުންގެންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ހިޒްބުﷲ އިން އިސްރާއީލްގެ ތެލްއަވީވަށް ހަމަލާތައް ދޭން ފަށާނެ ކަމަށް ލަފާކުރެވޭ ކަމުގައި ރިޕޯޓްތައް ބުނެފި.

23:04

23:00 ހަމާސްގެ ޑިރެކްޓަރ ޖެނެރަލް އޮފް އިންޓެލިޖެންސް ހައްމާމް ދީބުގެ ގެއަށް އިސްރާއީލުން ހަމަލާދީފި. ނަމަވެސް ހައްމާމު އަށް ވެސް އަދި އެހެން މީހަކަށް ވެސް ހަމަލާގައި ގެއްލުމެއް ލިބުނު ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވޭ.

22:58 ހަމާސްގެ ސިޔާސީ ގޮފީގެ ޑެޕިއުޓީ ހެޑް ސަލާހް އަރޯރީ ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ އާއި ބައްދަލުކޮށް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީފި.

22:54 އިސްރާއީލްގެ އުދުވާނީ ހަމަލާތަކުގެ ޚަބަރުތައް ބައިނަލްއަޤުވާމީ ބޮޑެތި މީޑިއާކުން އަދި ގެނެސްދީފައެއް ނުވޭ. އޭގެތެރޭގައި ސީއެންއެން، ބީބީސީ އަދި ސްކައި ނިއުސް ފަދަ މީޑިއާތައް ހިމެނޭ.

22:52 ޣައްޒާގެ އާއްމުން ދިރިއުޅޭ ގެއަކަށް އިސްރާއީލުން ބޮން އަޅައިފި.

22:44 ޣައްޒާގެ މުޖާހިދުން އިސްރާއީލަށް ރޮކެޓް ހަމަލާއެއް ފޮނުވާލައިފި.

ރޮކެޓް ހަމަލާ ފޮނުވާލި ވަގުތު ނަގާފައިވާ ފޮޓޯއެއް
ރޮކެޓް ހަމަލާ ފޮނުވާލި ވަގުތު ނަގާފައިވާ ފޮޓޯއެއް

22:43 އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އިސްރާއީލް އަސްކަރިއްޔާގެ ވެރިންނާއި ބައްދަލު ކުރަމުން ގެންދާކަމުގެ މައުލޫމާތު ލިބޭ.

22:40 ޣައްޒާގެ އިންޓީރިއާ މިނިސްޓްރީން ޣައްޒާ ކުއްލި ހާލަތަކަށް ގެނެސްފި.

22:38

ޣައްޒާގެ އިމާރާތެއްގައި އަލިފާން ރޯވެފައި
ޣައްޒާގެ އިމާރާތެއްގައި އަލިފާން ރޯވެފައި

22:37 ޣައްޒާގެ އެޑިއުކޭޝަން މިނިސްޓްރީ: މިހާރު ޣައްޒާއަށް އިސްރާއިލްގެ ޒަޔަނިސްޓުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން މާދަމާ ޣައްޒާގެ ސްކޫލްތައް ބަންދު ކުރަން ވަނީ ނިންމާފައި.

22:32 ޣައްޒާ ޕޯޓް ކައިރީ ހުރި އިމާރާތަކަށް އިސްރާއީލުން ބޮން އަޅައިފި. އެސަރަހައްދުގައި ޣައްޒާގެ ގަވަރުނަރުގެ އޮފީސް ވެސް ހުރޭ.

22:27 ފަލަސްތީނުގެ "ޝެހަބް" ނޫހުން ބުނާ ގޮތުގައި ޣައްޒާގެ ވަރަށް ގިނަ ސަރަހައްދުތަކަށް އިސްރާއީލް ސިފައިން ގެންދަނީ މެދުކެނޑުމެއް ނެތި ހަމަލާތައް ދެމުން.

22:26 ޣައްޒާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް ޣައްޒާ" އިން ބުނީ ފާއިތުވި ގަޑިއެއްހާއިރު ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކު ޝަހީދުވި ކަމުގެ ރިޕޯޓް އަދި ލިބިފައި ނެތް ކަމަށް.

22:22 އިސްރާއީލުން ޣައްޒާގެ އަލް-މޮލްޓަޒެމް އިންސްއަރެންސް ކުންފުނީގެ އިމާރާތައް ބޮން އަޅައި އެއިމާރާތް ބިމާ ހަމަކޮށްލައިފި. އެއީ ޣައްޒާގެ މެދުތެރޭގައި ހުންނަ އޮފީސް އިމާރާތެއް.

22:21 އިސްރާއިލްގެ "ހަރްޒަތު" ނޫހުން ބުނާ ގޮތުގައި މިރޭ ޣައްޒާއަށް ދެމުންދާ ހަމަލާތައް ގިނަ ދުވަސްތަކަކަށް ދެމިގެން ހިނގައިދާނެ.

22:17

22:16 އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާ ދެމުންދާކަމަށް ޚަބަރު ލިބޭ.

22:15 ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވިދާޅުވީ ފަލަސްތީނުގެ ބިން ހިފުމަށް ދެމުންދާ ހަމަލާތަކާއި ކުރިމަތިލާން ޖެހޭނީ އަރަބި ކޯލިޝަންގެ އިރުޝާދުގެ މަތިން ގައުމީ ޖިހާދެއްގެ ގޮތުގައި އެންމެން ގުޅިގެން ކަމަށް.

ހަމަލާތަކުގެ ސަބަބުން ޣައްޒާ އިން ދުން އަރަނީ
ހަމަލާތަކުގެ ސަބަބުން ޣައްޒާ އިން ދުން އަރަނީ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިސްރާއީލުން ހަމަލާތައް ދެމުން ދަނީ ހެލިކަޕްޓަރުތަކާއި، އަސްކަރީ ޖެޓްތައް ބޭނުންކޮށްގެންނެވެ.

ޣައްޒާގެ އިންފޮމޭޝަން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި، މި ހަލަމާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ އިރުމަތީ ފަޅިއަށެވެ. މިއަދު ހަވީރުން ފެށިގެން ގޮވުންތަުގެ އަޑުތައް އިވެމުން އަންނަކަމަށް ބުނެފައިވާކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

އަލްޖަޒީރާއިން ބުނީ، އިސްރާއީލްގެ ހަމަލާތައް މިހާތަނަށް އަމާޒުވެފައި ވަނީ އެއްވެސް ބަޔަކު ނެތް އިމާރާތްތަކަށް ކަމަށެވެ.

ފަަލަސްތީނުގެ މީޑިއާތައް ބުނާގޮތުގައި، ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި އިންސުރެންސް ކުންފުނިތައްވެސް ހިމެނެއެވެ. އަދި އެ އިމާރާތުގައި އާއްމުން ދިރިއުޅޭ ފަންގިފިލާއެއްވެސް ހިމެނޭއިރު، އެ އިމާރާތް ބިމާއި ހަމަވުމުގެ ކުރިން އެ އިމާރާތުގައި ދިރިއުޅޭ އާއްމުން ވަނީ ސަލާމަތްކޮށްފައެެވެ.

އިސްރާއީލްގެ ހަމަލާތައް ފެށުމުގެ ކުރިން ހަމާސް އިން ވަނީ މުހިންމު އިމާރާތްތައް ހުސްކޮށްފައެެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ވިދާޅުވީ، ޣައްޒާގެ ސިއްހީ ހިދުމަތް ދޭ ތަންތަން އެލާޓްއަށް ގެނެސްފައިވާކަމަށެވެ.

ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަތްމިނި

    މާތްﷲ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ނަސްރާއި ކާމިޔާބު މިންވަރުކުރައްވާށި.

    46
    1
  2. ވަރުވާ

    ސުބުޙާނަﷲ، ކޮންމެފަހަރަކު ރަމަޟާން މަހާދިމާކޮށް، ޔަހޫދީ ޖަނަވާރުތައް، މުސްލިމުން މަރަމުން އެ ގެންދަނީ، ޔަހޫދީންގެމައްޗަށް، މާތްﷲ މުސްލިމުންނަށް ނަޞްރާއި ކާމިޔާބު ދެއްވާށި. އާމީން

    39
    1
  3. ކުރަަަފި

    ރޮކެޓް ފޮނުވާފަ ތިބީ ހެވިފައެއްނު؟ ގަމާރުނެސް ޓުދަ މެކްސް

    6
    24
  4. ޔަހޫދީ

    ބަލަ ޔަހޫދީންގެ އަނިޔާވެރި ހަރުކަށި ވެރިންނޭ! ކަލޭމެންގެ ހަރުކަށިކަމާއި އަނިޔާވެރިކަމުގެ ސަބަބުން އަހަރެމެންނަށް މިއުޅެނީ އަމާންކަމެއް ނުލިބިގެން! ކަލޭމެންނަށް ހީވަނީތަ ބާރުގަދަކަމާއި އަނިޔާވެރިަކމާއި ހަރުކަށިކަން ދެއްކުމުން އަހަރެމެން ރައްޔިތުންނަށް އަމާންކަން ދެވިދާނެހެން؟ ތީވަރަށްބޮޑު ކުށްހީޔެއް!

    2
    1