ފަލަސްތީނުގެ ޣައްޒާ އަށް މިރޭ އިސްރާއީލުން ދޭން ފަށާފައިވާ ހަމަލާތަކާއި ގުޅިގެން، ރައްދުގައި އިސްރާއީލަށް ގޮތް ހުސްވާ ވަރުގެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ފަލަސްތީނުގެ މުސްލިމުންގެ ދިފާޢުގައި ހަނގުރާމަކުރާ ހަމާސް ޖަމާޢަތުން ދީފިއެވެ.

ހަމާސް އިން މިގޮތަށް ބުނެފައި މިވަނީ، މިރޭ އެއްވެސް ރަހުމެއް ނެތި ޣައްޒާގެ އިރުމަތީ ފަޅީގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން، އަސްކަރީ ހެލިކަޕްޓަރާއި މަތިންދާބޯޓުތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނިކޮށެވެ. މި ހަމަލާތަކާއި ގުޅިގެން ހަމާސްގެ ތަރުޖަމާނު ފަވާޒީ ބަރުހޫމް ވިދާޅުވީ، ޣައްޒާ އާއި ދެކޮޅަށް އިސްރާއީލުން މޮޔަ ކަމެއް ކޮށްފިނަމަ ގޮތް ހުސްވާ ވަރުގެ ރައްދެއް އިސްރާއީލުން ތަޖުރިބާކުރަން ޖެހޭނެ ކަމުގައެވެ.

ހަމާސް އިން ބުނެފައި ވަނީ، އިސްރާއީލުން ހިންގާ ޖަރީމާތަކާއި ގުޅިގެން އިސްރާއިލްގެ ހުރިހާ ޓާގެޓަކަށް ހަމަލާ ދޭނެ ކަމަށެވެ. އަދި އެ ހަމަލާތައް ވެގެންދާނީ އިސްރާއީލުން ހީވެސް ނުކުރާފަދަ ވަރުގަދަ ހަމަލާތަކަށް ކަމުގައި އާއި އެހެންކަމުން "މޮޔަ" ކަމެއް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

އެ ޖަމާޢަތުން އިތުރަށް ބުނެފައި ވަނީ، ޣައްޒާއާއި ދެކޮޅަށް އިސްރާއީލުން ދެމުންދާ ކޮންމެ ހަމަލާއެއްގެ ބަދަލުގައި އެޤައުމުން އެކަމުގެ ހިތި ރަހަ ދެކޭނެކަމުގައެވެ. އަދި ހަމާސް އިސް އިސްރާއީލަށް ހަމަލާދޭން ފެށުމުން ޔަހޫދީން އަބަދުވެސް ތިބޭނީ ބިރެއްގެ ތެރޭގައި ކަމަށް ހަމާސް އިން ބުނެފައި ވެއެވެ. އެހެންކަމުން ފަލަސްތީނުގެ މުސްލިމުންގެ ހިމާޔަތުގައި ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރާނެކަމުގެ ޔަޤީންކަން އެ ޖަމާޢަތުން ވަނީ ދީފައެވެ.

އިސްރާއިލްގެ ކުއްލި ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ، އިސްމާއިލް ހަނިއްޔާ މިރޭ ވިދާޅުވީ މިވަގުތަކީ އެންމެން އެކުގައި ޤައުމީ ޖިހާދަށް ނިކުންނަން ވީ ވަގުތު ކަމުގައި އާއި، މަސައްކަތް ކުރަން ވާނީ ފަލަސްތީނާއެކު ތިބި އަރަބި ކޯލިޝަގެ އިރުޝާދުގެ މަތިން ކަމަށެވެ.

ހަމާސްގެ ވަރުގަދަ އިންޒާރުތަކެއް އިސްރާއީލަށް ދީފައި މިވަނީ، މިރޭ އިސްރާއީލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ބޮން އަޅައި ސުންނާފަތި ކުރުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނެއް ފަށައިގެން އުޅޭ ދަނޑިވަޅެއްގައެވެ. ޣައްޒާއަށް މި ޙަމަލާތައް ދެމުންދަނީ އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ސީދާ އިރުޝާދުގެ ދަށުން ކަމަށް ވެއެވެ.

ޣައްޒާއަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމުން މިހާރު ޣައްޒާ ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އަދި ޣައްޒާގެ ސިއްހީ ހިދުމަތްދޭ އިދާރާތައްވެސް މިހާރު ވަނީ އެލާޓަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެ

    ޔާﷲ މިނުލަފާ އިސްރާޢީލްގެ ކިބައިން ފަލަސްޠީނުގެ މުސްލިމުތަކުން ސަލާމަތްކުރައްވައި އެނުލަފާ އިސްރާޢީލަށް ވަރަގަދަ ކޯފާއެއް ލައްވަވާންދޭވެެ. އާމީން!

    48
    1
  2. ޖާހިލު

    ތިމާމެންގެ ފެންވަރުން އުޅޭކަށް ދަހެއްނުވޭ ދޯ މިމީހުންނަކަށް. ތަޅާ ތިރިކޮށްލީމަ އަނެއްކާވެސް ފަންޑުފޮށި ހުޅުވަން ޖެހޭނީ އަހަރެމެން ނިކަމެތިން.

    3
    64
  3. hg

    ޔާﷲ މިނުލަފާ އިސްރާޢީލްގެ ކިބައިން ފަލަސްޠީނުގެ މުސްލިމުތަކުން ސަލާމަތްކުރައްވައި އެނުލަފާ އިސްރާޢީލަށް ވަރަގަދަ ކޯފާއެއް ލައްވަވާންދޭވެެ. އާމީން!

    32
    1
  4. ނާފިޒް

    ވަރުގަދަ އެއްޙަމަލާދީ 10 ވަރަކަށްމީހުން ދުއްވާލުމާއެކު އިސްރާއީލް ހަތިޔާރު ބަހައްޓާނެ!

    18
    1
  5. އހ

    ފަލަސްތީނުގެ ބިން މުސްލިމުންނަށް ފަތަޙަ ކުރެވުމަކީ ޤިޔާމާތުގެ އަލާމާތެއް..

    16