އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ، އިސްމާއިލް ހަނިއްޔާގެ އޮފީސް ގޮއްވާލައިފިއެވެ.

ދާދި ދެންމެއަކު ވައިގެ މަގުން ދިން ބޮމުގެ ހަމަލާއެއްގައި ހަނިއްޔާގެ އޮފީސް ގޮއްވާލާފައިވާކަން ފަލަސްތީނުގެ ނޫސްތަކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަދި އެނގިފައެއް ނުވެއެވެ.

ހަނިއްޔާގެ އޮފީހަށް ބޮން އަޅައި ގޮއްވާލުމުގެ ސަބަބުން އެ އޮފީސް ހުންނަ އިމާރާތް އެކީ ބިމާއި ހަމަވެފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ. އެ އޮފީހަށް ހަމަލާ ދިން ވަގުތު ނަގާފައިވާ ފޮޓޯތައް މިހާރު މީޑިއާގައި ދައުރުވާއިރު، ޔަހޫދީން ދަނީ އެ ހަމަލާ އާއި ގުޅިގެން އުފާ ފާޅުކުރަމުންނެވެ.

ހަނިއްޔާގެ އޮފީސް ގޮއްވާލާފައި މިވަނީ، މިރޭގެ ހަމަލާތަކާއި ގުޅިގެން އޭނާ ބަޔާނެއް ނެރެފައި ވަނިކޮށެވެ. އެ ބަޔާނުގައި އޭނާ ބުނެފައި ވަނީ މިއީ ފަލަސްތީނުގެ ދިފާއުގައި އެންމެ އެކަތިގަނޑެއްގެ ގޮތުގައި ނިކުންނަންވީ ވަގުތު ކަމަށެވެ. އަދި ހަމަލާތަކާއި ކުރިމަތިލާން ވާނީ، ފަލަސްތީނާއެކު އޮތް އަރަބި ކޯލިޝަންގެ އިރުޝާދުގެ މަތިން ކަމަށް އޭނާ ބުނެފައި ިވެއެވެ.

މިރޭ ޣައްޒާއަށް އިސްރާއިލުން ދެމުންދާ ހަމަލާތަކަކީ ސީދާ ހަމާއަށް އަމާޒުކޮށް އެ ޖަމާޢަތް ނައްތާލުމަށް ކަމަށް ބުނެ ދެމުންދާ ހަމަލާތަކެކެވެ. މި ހަމަލާތައް އިސްރާއީލުން ދޭން ފަށާފައި ވަނީ ހަމާސް އިން އެޤައުމުގެ ގެއަކަށް ރޮކެތް ހަމަލާއެއް ފޮނުވާލި ކަމަށް ބުނެއެވެ. ނަމަވެސް އެކަން ހަމާސް ޖަމާޢަތުން ކުރިން ވަނީ ދޮގުކޮށްފައެވެ.

އިސްރާއީލުން މިރޭގެ ވަގުތެއްގައި ޣައްޒާއަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، މި ހަމަލާތައް ގިނަ ދުވަސްތަކެއް ނުވަތަ މަސްތަކެއް ވަންދެންވެސް ދެމިގެން ގޮސްދާނެކަމުގެ އިންޒާރު އިސްރާއީލުން ވަނީ ދީފައެވެ. ޣައްޒާގެ އިރުމަތީ ސަރަޙައްދުގެ އެކި ތަންތަނަށް އިސްރާއީލުގެ ވައިގެ އުޅަނދުތައް ބޭނުންކޮށް ބޮން އަޅަމުންދާއިރު، ޣައްޒާގެ ދާޚިލީ ސަލާމަތާއި ބެހޭ އިދާރާގެ އިމާރާތާއި، އިންޝުއަރެންސް ކުންފުންޏެއް ހިމެނޭ އިމާރާތެއް ވަނީ ބިމާއި ހަމަކޮށްލާފައެވެ.

ޣައްޒާގެ ޖަބަލިޔާ ކޭމްޕް
ޣައްޒާގެ ޖަބަލިޔާ ކޭމްޕް

މިރޭގެ ހަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ނޫސްތަކުން ބުނެއެވެ. މިކަމާއި ގުޅިގެން ޣައްޒާގެ ސިއްޚީ ހިދުމަތްދޭ އިދާރާތައް ވަނީ އެލާޓަށް ގެނެސްފައެވެ. އަދި އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން ފެށުމުން ޣައްޒާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ާAhmed

  އޯގާތެރި ސަރުކާރުން ކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވެދެއްވުން އެދެން.

  3
  1
 2. ދިވެހި ކުއްޖާ

  ކޮބައިތޯ އިސްލާމީ އުއްމަތް؟! ކޮބައިތޯ ސައުދީ؟ ކޮބައިތޯ ތުރުކީ؟ ކޮބައިތޯ؟ ކޮބައިތޯ؟

  4
  2
 3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ކޮބާހޭ އޯގާތެރި ސަރުކާރު؟ މިކަމާ ނިކަން އެއްޗެކޭ ކިޔާބަލަ! ނުކެރޭނެ! ލާދީނީ އާލާތްވަރަކީ ޔަހޫދީ ފިކުރުގެ ބައިގަނޑެއް! ވަރަށް ކެރިހުރެ ރ. ވާދޫ މީހާ މިހެންމިބުނީ!