ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެއްޖެ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

މިސްރުން މެދުވެރިއެއްގެ ރޯލު އަދާކޮށް ކުރި މަޝްވަރާތަކުގައި އިސްރާއީލުން އެއްބަސް ވެފައި ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށެވެ. ހަމާސްގެ ތަރުޖަމާން، ފައުޒީ ބަރްހޫމް ވިދާޅުވެފައި ވަނީ ޣައްޒާ ބޯޑަރު ކައިރިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް މިސްރު މެދުވެރިވެ ކުރި މަޝްވަރާތައް ކާމިޔާބުވެފައިވާ ކަމަށެވެ.

ޣައްޒާއަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމުން މިހާރު ޣައްޒާ ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އަދި ޣައްޒާގެ ސިއްހީ ހިދުމަތްދޭ އިދާރާތައްވެސް މިހާރު ވަނީ އެލާޓަށް ގެނެސްފައެވެ.

އެއް ގައުމު މަގުން ޣައްޒާއަށް ދިން ހަމަލާތަކާ ގުޅިގެން، ބަދަލުގައި އިސްރާއީލަށްވެސް ހަމަލާތަކެއް ދީފައިވެއެވެ. އަދި އެ ހަމަލާތަކުގައި އިސްރާއީލްގެ ގެއަކަށް ވަނީ ގެއްލުންތަކެއްވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިޔާނާ

    ދެން ހުއްޓާލާންވީނު. ކުރަންބޭނުންކަންތައްވީމާ. ޣައްޒާ ސުންނާފަތިކޮށްލެވިއްޖެވިއްޔަ!

  2. ހަސަނު

    ހޯހޯ ބަލިވެއްޖެ. ގައްޒާ ކިހާ މޮޅު! ބޯ ހަލާކު

    3
    2