އިސްރާއީލުން އަނެއްކާވެސް ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދޭން ފަށައިފިއެވެ.
ހައްދު ފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދޭން ފަށައި ވަނީ ހަމަލާތައް ހުއްޓާލަން އެއްބަވިތާ މާ ގިނައިރެއް ނުވަނީހެވެ.
މިސްރުވެ މެދުވެރިއެއްގެ ރޯލު ކުޅެގެން ދެ ގައުމުންވެސް ހަމަލާތައް ހުއްޓާލުމަށް އެއްބަވިތާ 30 މިނެޓް ފަހުން އިސްރާއީލުން އަނެއްކާވެސް ހަމަލާތައް ފަށާފައިވާ އިރު، ޣައްޒާގެ އުތުރުން އޮންނަ ދަނޑުވެރިކުރާ ސަރަހައްދުތަކަށް އިސްރާއީލުން ވަނީ ހަމަލާ ދީފައެވެ. އެ ހަމަލާތައް ސްކޫލަކަށްވެސް އާމާޒުވެފައިވާ އިރު، ސްކޫލް ވަނީ ސުންނާފަތިވެފައެވެ.
ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ފޭރިގަތުމަށް އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން، މިރޭގެ ވަގުތެއްގައި ހެލިކަޕްޓަރާއި މަތިންދާ ބޯޓުތައް ބޭނުންކޮށްގެން ދޭން ފެށި ރަހުމުކުޑަ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ސަރަހައްދެއް ވަނީ ސުންނާފަތިކޮށްލާފައެވެ. އޭގެ ބަދަލުގައި އިސްރާއީލްގެ ގެއަކަށް، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރޮކެޓް ހަމަލާއެއް ދީފައިވެސް ވެއެވެ.
ޣައްޒާގެ ބޯޑަރުގައި ހަމަ ނުޖެހުންތައް ބޮޑުވެފައިވާ އިރު، އެ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވި ނަމަވެސް، އަނެއްކާވެސް އެގައުމުން ވަނީ ވައުދާ ހިލާފުވެ، ފަލަސްތީނަށް ހަމަލާތައް ދޭން ފަށާފައެވެ.
ދޮގުހަދާ ހިޔާނާތްތެރި ބަޔަކު ބުނާއެއްޗެއް ގަބޫލު ކުރާކަށް ނުވާނެ. އެމީހުންނީ ޝައިޠާނާގެ އަޅުން.
ޔާ ﷲ މިއިސްރާއީލް ބަލިކުރައްވާފާންދޭވެ
އާމީން.
އާމީން