ޗައިނާގައި އަނެއްކާވެސް ފެކްޓަރީއެއް ގޮވައި ހަތް މީހަކު މަރުވެ ފަސް މީހަކަށް އަނިޔާ ވެއްޖެއެވެ.

ޗައިނާގެ ކާރުހާނާއެއްގައި މިއަދު ހިނގާދިޔާ ގޮވުމުގެ ހާދިސާގައި ހަތް މީހަކު މަރުވެ، ފަސް މީހަކަށް ބޮޑެތި އަނިޔާ ތަކެއް ވެއްޖެއެވެ. މިހާދިސާއަކީ ކަމާބެހޭ އިދާރާތް ތަކުން މިކަހަލަ ހާދިސާތަށް މަދު ކުރުމާއި ބެހޭގޮތުން ވާހަކަތަށް ދައްކަމުން އަންނަނިކޮށް ދިމާވެފައިވާ ހާދިސާއެކެވެ.

މިއީ މިމަހުގައި ޗައިނާގައި ހިނގާދިޔާ ދެވަނަ އެފަދަ ހާދިސާއެވެ. މި މަހު 23 ވަނަ ދުވަހު ވަނީ ޓިއަންޖިއާއި ކެމިކަލް ކޮމްޕެނީ އަށް ނިސްބަތްވާ ޕްލާންޓެއް ގޮވައި 47 މީހަކު މަރުވެ 650 މީހުންނަށް އަނިޔާ ވެފައެވެ.

މީޑިއާގައި ދައުރުވަމުންދާ ވީޑީއޯގައި ފެންނަގޮތުން އެ އިމާރާތާއި ކާރީގައި ހުރި ހުރިހާ ތަނެއް ފޮރުވިފައި ވަނީ ދުމުންނެވެ. މިހާދިސާ މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު ދަނީ ތަހުގީގު ކުރަމުން ނެވެ. ހާދިސާ ހިނގާފައިވަނީ ދަގަނޑު ބަހައްޓާ ކޮންޓެއިނާއެއްގައި އަލިފާން ރޯވެ ފެތުރިގެންކަމަށްވެސް ހަބަރު ތަކުން ބުނެފައިވެއެވެ.

މި ސަރަހައްދުގައި ދިރިއުޅޭ 100 އެންހާ މަސައްކަތު މީހުންގެ ތެރެއިން އާންމުންގެ މީހުންވެސް މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮއްފައެވެ.

ޗައިނާގެ ރައިސް ޒީ ޖިންޕިންގް ވަނީ މިކަލަ ހާދިސާ ތަކުން އިބަރަތް ހާސިލްކުރަން ޖެހޭކަމަށް ބުނެފައެވެ. އަދި އަނިޔާލިބުނު ހުރިހާ މީހުންނައް ފަރުވާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން އަންގަވާފަައެވެ.

ކިޔުންތެރިންގެ ހިޔާލު