ގުޅުން ގޯސްވެ ފާއިތުވެދިޔަ ހަތް ދުވަހުވެސް އިމުގައި ހަމަލާ ބަދަލުކުރުން ވަރުގަދަވެފައި ވަނިކޮށް އިންޑިއާއިން އަނެއްކާވެސް ޕާކިސްތާނަށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އިންޑިއާގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި އިންޑިއާގެ ނޭޝަނަލް ސެކުރިޓީ އެޑްވައިޒަރު ވަނީ އިންޑިއާގެ އަސްކަރިޔާ، ވައިގެ އަސްކަރިޔާ އަދި ކަނޑުގެ އަސްކަރީޔާ ހިމެނޭގޮތަށް ޕާކިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޖެހޭ ކަމަށް ބޮޑު ވަޒީރު މޯދީ އަަށް ދަންނަވާފައެވެ.

މައުލޫމާތުލިބޭ ގޮތުގައި ބޮޑުވަޒީރު މޯދީ ވަނީ މި ފަހަރު ހަމަލާދޭއިރު ޕާކިސްތާނުގެ އެއްވެސް އާންމު ރައްޔިތަކު މަރުވެގެން ނުވާނެ ކަމަށާއި ދޭ ހަމަލާއަކީ ހަމަ އެކަނި ޓެރެރިސްޓުނަށް ދޭ ހަމަލާއަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާއިން އަނެއްކާވެސް ޕާކިސްތާނަށް ހަމަލާދޭން ތައްޔާރުވެފައިވާ ކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވާއިރު އިންޑިއާ ސަރުކާރު އަދި މި ވާހަކަތަކަށް އެއްޗެއް ނުބުނެއެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯސްވީ ފެބްރުއަރީ 14 ވަނަ ދުވަހު ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން ކަޝްމީރުގައި ހަމަލާދީ އިންޑިއާގެ 42 ޕެރަމިލިޓަރީ ފުލުހުން މަރާލުމާ ގުޅިގެންނެވެ. އިންޑިޔާއިން ތަކުރާރުކޮށް މިއީ ޕާކިސްތާނުގެ މޭސްތިރި ކަމުގެ ދަށުގައި ކުރެވުނު ކަމެއް ކަމަށް އިންޑީޔާއިން ބުނަމުން ދިޔަ ނަމަވެސް، މިކަން ޕާކިސްތާނުން ވަނީ ދޮގުކޮށްފައެވެ.

މި ހަމަލާއާއި ގުޅިގެން ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިޔާއިން ވަނީ މީގެ ކުރިން ހަމަލާދީފައެވެ.އިންޑީޔާއިން ހަމަލާދީފައިވަނީ ޕާކިސްތާނުގެ ޖަންގަލީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށެވެ.

ޕާކިސްތާނުގެ ސަރަހައްދަށް 2016 ވަނަ އަހަރުވެސް އިންޑިޔާއިން ވަންނަންވަނީ މަސައްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞަބީ

    ޕާކިސްތާނު ފެންނަނީ ސިކުނޑީގެ ގޮތުން މާވަރުގަ ގައުމެއް ގޮތުގައި

    23
  2. އިބްރާހިމް

    މަވެސް ހަމަ ތިޔަހެން ބުނާނީ ހުރިހާ ގޮތަކުންވެސް ޕާކިސްތާނުގެ އަސްކަރިއްޔާ ތަފާތޭ ބުނެވޭނީ!

    12
  3. މާރިއާއްދީ

    އިންޑިއާ ސިފައިންނާއެކު ދިވެހިން ބައިވެރި ނުވޭތަ؟ ވާން ވާނެނު

    9
    4