ވައިން އިޔާދަކުރުވަނިވި ހަކަތަ އުފައްދާ ވިންޑް ޓާބައިންގެ އަޑުން ނުވަތަ ފަންކާ އިން އިވޭ އަޑުން ކެންސަރު ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޓަރަންޕް ބުނުމުން އެތަށް ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

އެމެރިކާގެ ކޮންގުރެސް ކޮމިޓީއެއްގެ އަރިމަތިން ބޭއްވި ހާއްސަ ކެއުމެއްގައި ޓްރަންޕް ބުނީ ވިންޑް ޓާބައިން ތަކުގެ ކައިރީގައި ދިރިއުޅޭ މީހުންނަށް އޭގެއިން އިވޭ އަޑުގެ ސަބަބުން ތަފާތު އަސަރު ކުރާކަމަށާއި އޭގެ ސަބަބުން މީހާ ބަލިވެ ކެންސަރަށް މަގުފަހިވާކަމަށް ބައެއް ދިރާސާތަކުން ދައްކާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެނާއި ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުންދާއިރު އެމެރިކާގެ ރައީސް އަކީ މި ކަންކަން ގަބޫލު ކުރާ މީހެއް ނޫނެވެ.

ދުނިޔޭގެ މޫސުމަށް ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭހެވެ.

ދުނިޔޭގެ ތިމާވެއްޓަށް އަސަރުކުރާ ފަދަ ވިހަ ގޭސް ޒަމާނުއްސުރެ ޖައްވަށް އެންމެ ބޮޑަށް ދޫކުރަމުންދާ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮތް ގައުމު ކަމަށްވާ އެމެރިކާއިން، ވަނީ 2017 ވަނަ އަހަރު ޕެރިހުގައި ގާއިމްކުރި ތިމާވެށި އެއްބަސްވުމުން "ޕެރިސް އެގްރިމެންޓް" އިން ވަކިވެފައެވެ.

ޓްރަމްޕް ބުނީ، އެ އެއްބަސްވުމަކީ އެމެރިކާއަށް ގެއްލުންވާގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި ޕެރިސް އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ މައްޗަށް އެހެން ގައުމުތަކަށް ބޭއިންސާފު ކަންކަން ލިބިގެންދާ ކަމަށެވެ. އޭގެ ސަބަބުން އެމެރިކާ މީހުންނަށް ލިބޭން އޮންނަ ވަޒީފާގެ އެތައް ފުރުސަތުތަކެއްވެސް ގެއްލޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަގީ

    މީވަރަށްފައްކާ ގޮލައެއް. ބަރާބަރު ވާހަކައެއް.

    8
    3
  2. ޕުޓިން

    މަގޭ ކާއިރީ ޓުރަންޕު ބުނި އެންމެ ފަހުން އޭނަހެދި ދިރާސާއިން ބޮޑުކަމުދިއުމުން ކެންސަރު ޖެހޭކަން ހޯދިފައި ވާކަމަށް

    8
    1
  3. ޖޮއްބެ

    ޓްރަމްޕްގެ ޞޫރަ ފެނުނީމަވެސް ކެންސަރު ޖެހުން އެކަށީގެންވޭ.