ހައްދު ފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުން ރަހީނުކުރި އިންޑިޔާގެ 39 ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން މަރުވެފައިވާކަމަށާއި، އެމީހުން ފުރާނެ ނެތް ހަށިތައް ފެނިފައިވާކަމަށް އިންޑިޔާއިން ބުނެފިއެވެ.

އިންޑިޔާގެ ފަރާތުން މިހެން ވިދާޅުވެފައި ވަނީ އެޤައުމުގެ އެކްސްޓާނަލަ އެފެއާޒް މިނިސްޓަރ، ސުޝްމާ ސުވަރާޖް އެވެ.

އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް މިކަން އަންގަވަމުން ސުޝްމާ ވިދާޅުވެފައި ވަނީ މި 39 މީހުން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި އިރާޤުންކަމަށެވެ. އަދި، އެމީހުން މަރުވިކަން މިހާރު ކަށަވަރު ކުރެވިފައިވާތީ، މަރުވި މީހުންގެ އާއިލާތަކަށް އެކަން އަންގާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ސުޝްމާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ފެނުނު ހަށިތަކަކީ އިންޑިޔާ ރައްޔިތުންގެ ހަށިތައްކަން ޔަޤީން ކުރެވުނީ ޑީއެންއޭ ތަހުލީލުކުރުމުންކަމަށެވެ. އަދި، ތަހުލީލުގެ ނަތީޖާ ލިބުނީ ހޯމަ ދުވަހުކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ފެނުނު ހަށިތައް އިންޑިޔާއަށް ގެނައުމުގެ ހުއްދައަކަށް މިހާރުވަނީ އެދިފައެވެ.

އައިއެސް ޖަމާއަތުން ރަހީނުކޮށް މަރާލި މީހުންގެ ތެރޭގައި އެކި ޤައުމުތަކުގެ ފަރާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ވަރައް ބަރާބަރު. އިންޑިޔާގައި އަހަރެމެން މުސްލިމުން މަރާވަރެއް ކަލޭމެނައް ނޭގޭތަ.

    • އިންޑިޔާ

      ހަމަ މަރަންވީ. ކަލޭވެސް މަރަންވީ

      • Anonymous

        މަރުވަނީ ކާކުތޯބަލަމާ

      • އާދަނު

        "އިންޑިޔާ" ގެ ނަމުގައި ކޮމެންޓް ކުރި މީހާއަށް ތިހުރީ ނަފްސާނީ ވަރަށް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި. ވަރަށް އަވަހަށް ފަރުވާ ބޭނުންވޭ!

        • ބަޖާޖް

          އެއަށް ވުރެބޮޑަށް ކަލޭ ފަރުވާ ބޭނުންވޭ ކަންނޭންގެ

  2. ކޮއްކޮ

    ހަމަ މަރަންވީ ސީރިޢާ ގަ މީހުން މަރާތަނެއްނުފެނެ ދޯ

    • އިންޑިޔާ

      އާ ނުފެނެ! އަދި މެރުނުވަރު މަދީ އަސްލު.