ޔަހޫދީ ދައުލަތް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިއްޔެ އެގައުމުގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބު ވެދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

ނަތަންޔާހޫއަކީ އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަންކުރި ބޮޑުވަޒީރެވެ. މިހާރު ލިބެމުންދާ ނަތީޖާގެ ސަބަބުން ބޮޑުވަޒީރުގެ ކަމުގެ ފަސްވަނަ ދައުރެއް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ލިބުމުގެ ފުރުސަތު ބޮޑެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި ކުޑަ ތަފާތަކުން ނަތަންޔާހޫ ކުރި ހޯދާނެ ކަމަށް ބެލެވެއެވެ. މިހާތަނަށް 95 އިންސައްތަ ވޯޓު ގުނިފައިވާއިރު، ބޮޑުވަޒީރުގެ ލިކޫޑް ޕާޓީ ވަނީ 36 ގޮނޑި ކާމިޔާބުކޮށްފައެވެ.

އިންތިޚާބު ކާމިޔާބު ކުރުމާއި ގާތައް ނަޔަންޔާހޫ ޖެހިފައި ވާއިރު ކޮރަޕްޝަންގެ އެތަށް ތުހުމަތު ކުރެއްވި މީހާރުވެސް ނަތަންޔާހޫގެ މައްސަލަތަކެއް ތަހުގީގު ކުރެއްވެމުން އެބަދެއެވެ.

ލިކޫޑް ޕާޓީއާ އެންމެ ގާތުން ވާދަކުރީ އިސްރާއީލު ސިފައިންގެ ކުރީގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ބެންޖަމިން ގަންޓްޒްއެވެ. އޭނާ އިސްވެހުރެ އުފެއްދި ކޯލިޝަނުން ވަނީ މިހާތަނަށް 35 ގޮނޑި ކާމިޔާބުކޮށްފައެވެ.

އިސްރާއީލުގެ ބައެއް ޓީވީ ޗެނަލްތަކުން ލަފާކުރާ ގޮތުގައި ބައެއް އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން ނަތަންޔާހޫއަށް 66 ގޮނޑި ލިބުން ގާތެވެ. އާސަރުކާރެއް އެކުލަަވާލަން ބޭނުން ވަނީ 65 ގޮނޑިއެވެ.

ނަތަންޔާހޫ ވަނީ 1996 އިން 1999 އަކަށް ބޮޑުވަޒީރުކަން ކޮށްފައެވެ. އަދި 2009 އަހަރު އަނެއްކާވެސް ބޮޑުވަޒީރުކަން ހޯދިއެވެ. އޭގެ ފަހުން 2013 އަދި 2015 ގައި ތިންވަނަ އަދި ހަތަރުވަނަ ދައުރަށް ހޮވުނެވެ.

މި ފަހަރު ނަތަންޔާހޫއްށް ބޮޑުވަޒީރުކަން ލިބިއްޖެނަމަ އެއީ އޭނާގެ ފަސްވަނަ ދައުރެވެ. އާދައުރަކަށް އިންތިހާބު ވެއްޖެ ނަމަ ފަލަސްތީނު މިނިވަން ދައުލަތަކަށް ހެދިޔަ ނުދޭނެ ކަމަށް ނަތަންޔާހޫ ވަނީ ވައުދު ވެފައެވެ.

އިއްޔެ ބޭއްވުނު އިސްރާއީލުގެ އާންމު އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެޖެންޑާ 19 ގެ ދަށުން މުސްލިމުން މަރަން ނަތަންޔާހޫ އިންތިހާބުވީ. ލާދީނީ އެމްޑީޕީ އިން މަރުހަބާ ކިޔާނެ