ހައްދުފަހަނަ އަޅާފައިވާ ޔަހުދީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ތާރީހީ މިސްކިތެއް ބަރ އަކަށް ބަދަލުކޮށްފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އިސްރާއިލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިމުގައި ހުރި ފަލަސްތީނުގެ އަލް - އަހުމަރު މިސްކިތް އިސްރާއިލަށް ނިސްބަތްވާ ކުންފުނިއަކުން ވަނީ މިހާރު ނައިޓް ކްލަބެއް ވެސް ހިމެނޭ ގޮތަށް ރާ ވެސް ލިބޭ ބަރ އަކަށް ބަދަލުކޮށްފައެވެ.

2006 ވަނަ އަހަރު އިސްރާއީލުގައި އޮތް އާންމު އިންތިހާބުގައި މި މި މިސްކިތް އިސްރާއީލުގެ ކަދީމާ ޕާޓީގެ މައި އޮފީހެއްގެ ގޮތުގައި ވެސް ބޭނުން ކުރިއެވެ. އޭގެ ކުރިން އަންނައުނު ގުދަން ކުރާ ވެއާ ހައުސް އެއްގެ ގޮތުގައި ވެސް މި މިސްކިތް ވަނީ ބޭނުން ކޮށްފައެވެ.

1948 އަހަރު އިސްރާއީލު ކިޔާ ޔަހުދީ ދައުލަތެއް އުފެދުނު ފަހުން މި މިސްކިތަށް އިސްރާއީލުން ވަނީ ތަފާތު އެކި ފަހަރު މަތިން ބާރު ފޯރުވާފައެވެ. މި މިސްކިތް އިސްރާއީލުގެ ބެލުމުގެ ދަށުން ނެގުމަށް މިގެ ކުރިން ފަލަސްތީނުން ވަނީ ކޯޓަށް މައްސަލައެއް ހުށައަޅާފައެވެ. ނަމަވެސް ކޯޓުން މި މައްސަލާގައި އަދި ހުކުމެއް އިއްވާފައެއް ނުވެއެވެ.

12 ވަނަ ގަރުނުގެ ތެރޭގައި އިމާރަތް ކުރެވުނު މި ތާރީހީ މިސްކިތަށް އަލް- އަހުމަރު ގެ ނަމުން ނަންދެވިފައިވަނީ މި މިސްކިތް އިމާރަތް ކުރުމަށް ބޭނުން ކުރެވުނު ރަތް ގަލުގެ ސަބަބުންނެވެ.

އިސްރާއީލުން ފަލަސްތީނުގެ ތާރީހީ މިސްކިތެއް ބާރ އަކަށް ބަދަލު ކުރި އިރު މުސްލިމުންގެ އެންމެ މުގަދަސް މިސްކިތް މަސްޖިދުލް އަގުސާ ވަނީ އިސްރާއިލުން ހިސޯރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮޑު ދެލޯ

    އަނެއްޖާވެސް ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ހިލޭސާބަހަށް މަސައްކަތްކުރަން އިޒްރާއީލްގެ ޑޮކްޓަރުން އަންނަދުވަސް މާކަ ދުރެއް ނޫން!!

    36
    11
  2. ޖާބިރު

    ޔަހޫދީންނަކީ ދައުލަތެއް އޮތްބައެއްނޫން އަމިއްލައައް ދައުލަތެއްކަމައްހެދިގެންއުޅޭބައެއް އެއީގެއްލެނިކުރައްވާފަތިބިބައެއް ބާރުގަދަބަޔަކު އެމީހުންބޮނޑިކުރާތީ ބާރުގަދަވެގެންއުޅެނީ

    20
    • ޖެރީ މީދާ

      ހައި ޖަާބިރް ?

  3. ނފހދު

    ކޮބާޔުނެސްކޯ

    3
    1