މިހާރު އިންޑިޔާގައި ކުރިޔަށްދާ އާއްމު އިންތިޚާބުގައި އެޤައުމުގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީ އާ ދެކޮޅަށް، އޭނާ އާ ވައްތަރު މީހެއް ވާދަ ކުރަން ނިންމައިފިއެވެ.

އުމުރުން 51 އަހަރުގެ އަބިނާންދް ޕަކަތް ބުނެފައިވަނީ މިހާރު ކުރިޔަށްދާ އާއްމު އިންތިޚާބުގައި އިންޑިޔާގެ އުއްދަތަރަ ޕްރަދޭޝްގެ ވަރަނަސި ގެ ގޮޑިއަށް އޭނާ ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މޯދީވެސް ވާދަ ކުރަން ނިންމާފައިވަނީ އެ ގޮޑި އަށެވެ. 2013 ވަނަ އަހަރު އޮތް އިންތިޚާބުގައިވެސް މޯދީ ވާދަ ކުރައްވާފައިވަނީ އެ ގޮޑި އަށެވެ.

މީގެ ކުރިން މޯދީގެ އިންތިޚާބު ކުރުމަށް ގަދައަށް މަސައްކަތްކޮށްފައިވާ އަބިނާންދް ބުނެފައިވަނީ، އޭނާ މިކަންކޮށްފައިވަނި ކެތް ނުކުރެވެގެން ކަމަށާއި މޯދީވަނީ ރައްޔިތުންނަށް ވީ ވަޢުދުތަކަށް ފެއިލްވެފައި ކަަމަށެވެ.

"މީހުން އައިސް އެމީހުންގެ ޝަކުވާތަށް އަހަރެން ގާތު އެބަކުރޭ މޯދީ ކަމަށް ހީކޮށް. ވަރަށް ގިނަ ޝަކުވާ ރައްޔިތުންގެ އެބަހުރި. ރައްޔިތުންގެ ކަންކަން އަޑު އެހުމަށް މޯދީވަނީ ފެއިލް ވެފައި. މޯދީ ކަމަށް ހީކޮށް ގިނަ ބަޔަކު އަހަންނަށް އެބަހުރި ހަމަލާވެސް ދީފައި." އަބިނާންދް ބުންޏެވެ.

އިންޑިޔާގައި މިހާރު ކުރިޔަށްދާ އާއްމު އިންތިޚާބަކީ ދުނިޔޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގައި ރިކޯޑް އަދަދަކަށް މީހުން ވޯޓް ލާނެ ކަމަށް ލަފާކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު