ސަރބިއާގެ ރައީސް އެކްސެންޑާރ ވުސިކްއާ ދެކޮޅަށް އެ ޤައުމުގެ އިދިކޮޅު 30 ޕާޓީއެއް ކޯލިޝަން ހަދައިގެން ކުރަމުންދާ މުޒާހަރާތައް ވަރުގަދަކޮށް، ވެރިރަށް ބެލްގްރޭޑްގެ މަގުތަކަށް އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުމެއްޖެއެވެ.

އިއްޔެ އާއި މިއަދު ވެރިރަށް ބެލްގްރޭޑްގެ މަގުތަކަށް 50000 މީހުން ނިކުތް އިރު، މުޒާހަރާގެ ބައިވެރިން ޖަމާވެފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގޭގެ ކުރިމައްޗަށެވެ.

މުޒާހަރާ އިންތިޒާމުކުރާ ފަރާތުން ބުނެފައި ވަނީ ސަރބިއާގެ އެކި ހިސާބުތަކުން މުޒާހަރާގައި ބައިވެރިވުމަށް ބްލްގްރޭޑަށް ދަތުރުކުރި މީހުންނަށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދާ މުޒާހަރާތައް މިހާތަނަށް ކުރިއަށްގެންގޮސްފައި ވަނީ އެއްވެސް ހަމަނުޖެހުމެއް ނެތި ވަރަށް އަމާން އޮމާންކޮށެވެ. މުޒާހަރާގެ ބައިވެރިން ވަނީ ސަރބިއާގައި ޑިމޮކްރަސީ ޤާއިމްކުރުމަށާއި، މީޑީއާތަކަށް މިނިވަން މާހައުލެއް ޤާއިމްކޮށްދިނުމަށާއި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ގޮވާލަމުންނެވެ.

މުޒާހަާތަކަށް ރައްދު ދީ ރައީސް ވުސިކްއާ ވަނީ މި މުޒާހަރާތަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި، މަގުމަތީގެ ހަމަޖެހުން ނަގާލާ ފަރާތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.