ފޭސްބުކްގެ ޕްލެޓްފޯމްގެ ދަށުން ހިނގަމުން އަންނަ ފޭސްބުކް، ވަޓްސްއެޕް އަދި ފޭސްބުކް މެސެންޖާއާއި އިންސްޓާގްރާމްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ ހުރިހާ އެޕްލިކޭޝަންއެއް ޑައުން ވެއްޖެއެވެ.

ފޭސްބުކްގެ ޕްލެޓްފޯމް ޑައުންވެފައި ވަނީ ކޮން ހިސާބުތަކަކަށް ކަމެއް ޔަގީން ކޮށް ބުނަން ނޭނގެއެވެ. އެހެން ނަމަވެސް، އެތައް ހާސް ބަޔަކު ވަނީ ޓްވިޓާ މެދުވެރިކޮށް، ފޭސްބުކްގެ ޕްލެޓްފޯމް ޑައުންވެފައިވާ ކަމަށް ބުނެފައެވެ. މިރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މުޅި ދުނިޔޭގެ ހުރިހާ ތަނަކަށްވެސް ފޭސްބުކް ޕްލެޓް ފޯމް ވަނީ ޑައުންވެފައެވެ.

ފޭސްބުކްގެ ހުރިހާ އެޕްލިކޭޝަންއެއް ޑައުންވެ ގާތްގަނޑަކަށް ދެ ގަޑިއަށްވުރެ ގިނަ އިރަށް އެއްެވެސް އެއްޗެއް ލޯޑެއް ނުވެއެވެ. އަދި ވަޓްސްއެޕް އިންނާއި ފޭސްބުކް މެސެންޖާއިން އެއްވެސް މެސެޖެއް ނުފޮނުވޭ ގޮތް ވިއެވެ. އަދި އެއްވެސް މެސެޖެއް ނުލިބެއެވެ.

މި ތިން އެޕްވެސް ޑައުންވީ ބައެއް ހިސާބުތަކަށް ކަމަށް ބައެއް މީޑިއާތަކުން ބުނެެެެއެވެ.

މިކަމާއި ގުޅިގެން އަދި ފޭސްބުކް އިން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު