ޖަރުމަނުން ފެނުނު ދެވަނަ ބޮޑު ހަގުރާމައިގެ ބޮމެއް ރައްކާތެރި ކަމާއިއެކު ނައްތާލައިފިއެވެ.

ޖަރުމަނުގެ އަސްކަރީއާއިން މި ބިޔަ ބޮން ނައްތާލީ ޖަރުމަނުގެ ފްރެންކްފާޓް ކޯރުގައި. ޖަރުމަނު ސިފައިން ވަނީ މި ބޮން ނައްތާލަން ކޯރު ހިމެނޭ ބޮޑު ސަރަހައްދެއް ބަންދުކޮށް ވައިގެ ސަރަހައްދުވެސް ބަންދު ކޮއްފައެވެ.

މި ބޮން ނައްތާލި ވަގުތު ބާރުގަދަ ގޮވުމެއް ވަނީ ގޮވާފައެވެ. ދެވަނަ ބޮޑު ހަގުރާމައިގައި މި ބާވަތުގެ ބޮން ބޭނުން ކޮއްފައިވަނީ ސަބްމެރިންނާއި އަސްކަރީ މަނަވަރު ނައްތާލުމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ޖަރުމަނުން ދެވަނަ ބޮޑު ހަނގުރާމާގައި އަޅާފައިވާ ބޮމެއް ފެނިފައިވެއެވެ. ބަރު މިނުގައި 500 ކިލޯ ހުރި ދެވަނަ ބޮޑު ހަގުރާމައިގެ މި ބޮން ފެނިފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަޔަކަށެވެ.

އެ ބޮން ފެނުމުން ބޮން ނައްތާލުމަށް އެ ސަރަހައްދުގައި އުޅެމުން ދިޔަ 70000 ހާސް މީހުން އެހެން ސަރަހައްދުތަކަށް ފޮނުވާލިއެވެ. މި ބޮން ރަޝިއާއަށް ވައްޓާލާފައިވަނީ އެމެރިކާއިން ކަމަށް ތަޖުރިބާ ކާރުން ދަނީ ބުނަމުންނެވެ.

އާންމު ގޮތެއްގައި ޖަރުމަނަކީ ދެވަނަ ބޮޑު ހަގުރާމައިގެ ހަތިޔާރު ފެންނަ ގައުމެކެވެ. 1939 އަކުން 1945 އަށް ކުރިއަށް ދިޔަ ދެވަނަ ބޮޑު ހަގުރާމައިގައި އެތަށް މިލިއަން ބަޔަކު މަރުވި އިރު ޖަރުމަނު ވަނީ ހަގުރާމައިން ބަލިދެފައެވެ. އަދި ހަގުރާމަ ނިމެމުން ދަނިކޮށް އެމެރިކާއިން ވަނީ ޖަޕާނުގެ ހީރޯޝީއަށް ނިއުކުލިޔާ ބޮމެއް ވައްޓާލާ އެތަށް ހާސް ބަޔަކު މަރާލާފައެެވެ.