ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެންމެ ދުވަސްވީ އެއް ފައްޅި ކަމަށްވާ ނޮޓްރީ ޑޭމް ޗާޗްގައި އަލިފާން ރޯވެ އަނދަމުންދާތީ އެގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

ފައްޅީގެ އެއްކޮށް ކަހަލަ ގޮތަކަށް އަލިފާން ހިފާ އަނދަމުންދާ އިރު، ގަދީމީ އެ ފައްޅީގެ އެއްވެސް ބައެއް ސަލާމަތް ނުކުރެވޭނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ.

ނޮޓްރީ ޑޭމް ފައްޅިއަކީ 12 ވަނަ ގަރުނުގައި ބިނާކުރި ފައްޅިއެކެވެ. އެތަން ބަލާލުމަށް އަހަރަކު 13 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. ނޯޓްރީ ޑޭމް ފައްޅިއަކީ "ޕެރިހުގެ ހިތް" ކަމަށް މީޑިއާތަކުން ބުނެއެވެ.

ޗާޗްގައި އަލިފާން ރޯވެ އަނދަމުން ދާތީ ފްރާންސްގެ ރައީސް މެކްރޮން މިއަދު ގައުމާއި މުހާތަބު ކުރައްވާ ދެއްވަން އޮތް ތަޤްރީރު ވެސް މިހާރު ވަނީ ކެންސަލް ކުރައްވާފައެވެ. އަދި އިދާރާތަކުން ދަނީ ކެނޑިނޭޅި، އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަފާބެ

    އެއްމެ ބާރުގަދަ މީހުންނަށްވެސް ގުދުރަތުގެ ޗެލެންޖަކުން ބަޗައިގަންނަން އެއޮތީ އުދަގޫވެފަ، އެހެންވީމަ، ތިމާޔަކީ އެއްމެ ބާރުގަދަމީހާއޭ ބުނުމުގެ ބާރެއް އެއްވެސްމީހަކަށް ނެތް!