މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤުޞާ މިސްކިތުގައި ރޭ އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީ އިން ރިޕޯޓް ކުރާގޮތުގައި އަލީފާން ރޯވީ އަޤްޞާ މިސްކިތުގެ މަތީގައި ހުރި ނަމާދު ކުރާ ސަރަހައްދެއްގައިއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. އަލިފާން އިތުރަށް ފެތުރުމުގެ ކުރިން އަލިފާން ނިންވާ ފަރާތްތަކުން ވަނީ އަލިފާން ކޮންޓްރޯލްކޮށްފައެވެ.

މިހާދިސާ ގައި އެއްވެސް މީހަކަށް އަދި އަގްސާ މިސްކިތުގެ އެއްވެސް ބަޔަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ.

https://twitter.com/cmellaniac/status/1117886768173346816?s=19

މި ހާދިސާ އާއި ގުޅިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ އެއްވެސް މީހަކު އަޤްޞާ މިސްކިތަށް ގެއްލުން ދިނުމަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށާއި އަޤްޞާ މިސްކިތް ހިމާޔަތް ކުރުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައިވާ މާތްވެގެންވާ މަސްޖިދުލް އަޤްޞާ، ގައި އަލިފާނުގެ ހާދިސާއެއް ހިންގާފައި މިވަނީ އިސްރާއީލުން އެމިސްކިތް ތަޅާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުން ދަނިކޮށެވެ.

އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާ ހިސޯރު ކުރީ 1967 ގެ ހަނގުރާމައިގާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންހިފުމަށް ފަހު އެވެ. އޭގެ ފަހުން އިސްރާއީލުގެ ފުލުހުން އަންނަނީ އަޤްޞާ މިސްކިތާއި އަދި ވަށައިގެންވާ ސަރަހައްދުގައި ފޯރިމަރަމުނެވެ.