ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެންމެ ދުވަސްވީ އެއް ފައްޅި ކަމަށްވާ ނޮޓްރީ ޑޭމް ފައްޅީގައި ރޭ ހިނގި އަލިފާނުގެ ހާދިޔާއަށްފަހު އެތަން އަލުން އިމާރާތްކޮށް، ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދެން ފަށައިފިއެވެ.

ފްރާންސް ގަޑިން ހޯމަ ދުވަހު އިރުއޮއްސުނު ވަގުތު ރޯވި އަލިފާންގަނޑުގައި އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަދާފައިވާއިރު، ފްރާންސްގެ ބިލިއަނަރެއް ކަމަށްވާ ފްރެކޮއިސް ޕިނާލްޓް ވަނީ ފައްޅި މަރާމާތު ކުރުމަށް 100 މިލިއަން ޔޫރޯ ހަދިޔާ ކުރާނެ ކަން އިއުލާން ކޮށްފައެވެ. މީގެ އިތުރުން އެލްޑަބްލިއުއެމްއެޗް ގެ ޗީފް ބާނާލްޑް އެނާލްޑްވަނީ އެ އިމާރާތް ކުރުމަށް 200 މިލިޔަން ޔޫރޯ ހަދިޔާ ކުރާނެ ކަމަށް ހާމަކޮށްފައެވެ.

"މިއީ ފްރާންސްގެ އެއްބައިވަންތަކަން ދައްކަންވީ ވަގުތު، މިއީ ފްރާންސަށް ޓަކައި ދޭން ދިން އެއްޗެއް." ބާނާލްޑް އެނާލްޑް ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލުމަށ 400 އެއްހާ މީހުންވަނީ ހަރަކާތްތެރި ވެފައެވެ. ނޮޓްރީ ޑޭމް ޗާޗަކީ 850 އަހަރު ވެފައިވާ ތާރީޚީ ބިނާ އެކެވެ. އެތަން އިމާރާތް ކުރަން ފެށީ 1163 ވަނަ އަހަރު ޕޯޕް އެލެގްޒަންޑާ-3 އެވެ. ޗާޗްގެ މަސައްކަތް ނިންމާ ޗާޗް ހުޅުވާފައި ވަނީ 13 ވަނަ ގަރުނުގައެވެ. މިއީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުރި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް އެއް ބިނާ އެވެ. މިދިޔަ އަހަރު ވެސް މިތަނަށް 13 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮންމެ ގޮތެއްވިޔަސް ދެން ތިތަން ވާނީ ފޭކު ތަނަކަށް. އޭރުގެ މަސައްކަތާ އޭރުގެ ގަދީމީ އެއްވެސް އެއްޗެއް ތިތާކު ނުހުންނާނެ. ތިތަނަކީ އަލަށް އިމާރާތްކުރާ އޭގެ ޑްބުލިކޭޓް ހަަމަ ފޭކުތަނެއް ދެން 80000 މިލިޔަން ޔޫރޯ ހަރަދުކޮށްފަ ހެދިޔަސް. ހަމަ ފޭކު.

    8
    1