ސީރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓްސް (އައިއެސް) ގެ ހަނގުރާމަވެރިންތަކެއް ފިލައިތިބި ސްކޫލަކަށް އަމާޒުކޮށް ރަޝިޔާއިން ދިން ދިން ވައިގެ ހަމަލާއެއްގައި 15 ކުދިން ޝަހީދުވެއްޖެއެވެ.
މި ހާދިސާ އާއި ގުޅިގެން ނޫސްތަކުގައި ބުނެފފައިވާގޮތުގައި، މި ޙަމަލާ ދިން ވަގުތުގައި އެ ކުދިން ތިބީ ސްކޫލުގެ ބޭސްމެންޓުގައެވެ. އަދި އެ ކުދިން ޝަހީދުވީ އިމާރާތުގެ ދަށުވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ޙަމަލާގައި އައިއެސްގެ ހަނގުރާމަވެރިއަކު މަރުވިކަމެއް އެނގިފައެއް ނުވެއެވެ.
ރަޝިއާ އާއި ސީރިއާގެ ސިފައިން ގުޅިގެން އިރުމަތީ ޣޫތާ އަށް ވައިގެ ހަމާލަތައް ދޭން ފެށި ފަހުން މީހާރު މަހަކަށް ވުރެއް ގިނަ ދުވަސް ވެފައިވާއިރު އެ ހަމަލާތަކުގައި މިހާތަނަށް ވަނީ އާއްމުންގެ 1،400 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
އަދި ގިނަ އަދަދެއްގެ މީހުންގެ ގެދޮރު ސުންނާފަތިވެ އެތަށް ބަޔަކު ވަނީ ކައިރީގައިވާ ގައުމުތަކަށް ހިޖުރަކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ތެރޭގައި އެކަނިވެސް 50،000 އަށް ވުރެ ގިނަ މީހުން ވަނީ އެހެން ސަހަރައްދުތަކަށް ހިޖުރަކޮށްފައެވެ.
ރަޝިޔާއިން ސީރިޔާގައި ޙަރަކާތްތެރިވެ ސީރިއާ ސިފައިންނާއި އެކު އޮޕަރޭޝަންތަކުގައި ބައިވެރިވާން ފަށާފައިވަނީ އެޤައުމުގައި އުޅޭ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތް ހުއްޓުވުމަށެވެ. އެ ޖަމާޢަތުން ސީރިއާގެ އަވަށްތަކަށް އަތްގަދަކޮށް އެޤައުމުގެ ޢާންމު ރައްޔިތުން އަޅުވެތި ކުރަމުންދިޔައިރު، ރަޝިޔާގެ ޙަމަލާތަކަށް ފަހު އެ ޖަމާޢަތް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.
އެހެންކަމުން މިހާރު އެ ޖަމާޢަތުގެ ހަނގުރާމަވެރިން ޙިމާޔަތްހޯދަމުން ދަނީ ޢާންމުންނާއި ކުޑަކުދިން ގިނަ ސަރަޙައްދުތަކުގައި ފިލައި ތިބެގެންނެވެ. މިކަމުގެ ސަބަބުން ހަނގުރާމަވެރިންނަށް އަމާޒުކުރާ ޙަމަލާތަކުގައި މަރުވާ ޢާންމުން ވަނީ ގިނަވެފައެވެ.
ވީމާ ރަޝިޔާއާއި ސީރިޔާ ސިފައިން ހައްދުފަހަނައަޅާނުދޭދޯ އަދި؟ ހަމައެކަނި އައިއެސްދޯ؟
ކާފަރުންގެ ހަމަލާއިން ކުޑަކުދިން މަރުވީމަ މަތިޖަހަން އައިއެސް އައްޑަނައަކަށް ހަދާވާހަކަ... މުސްލިމުންދޭ ހަމަލާއަކުން އާންމުންގެ އެކަކުމަރުވިސް އެވީއާންމުން ގަސްތުގަ މަރާ ހައްދުފަހަނައެޅިބަޔަކައް... އެއްކަމެއް އެކަމަކު ދެނަން ކިޔަނީ
ސަޅި. ޓެރަރިސްޓުންގެ ދަރިން މަރާލަންވީ ހަމަ އެމީހުނާއެކު. ދުނިޔެއަށް ޖެހިފައޮތް ކެންސަރެއް ތީ
އެއީ ޓެރަރިސްޓުންގެ ދަރީންނެއްނޫން..އެއީ އަހަރެމެން ފަދައިން އެއްލޭހިނގާ މުސްލިމުންގެ ކުށެއްނެތް ޅަދަރީން.ސ.ނުން ސޮނިބެގެ ކޮމެންޓުތަކުން އެނގޭ ސޮނިބެ މުސްލިމުންދެކެ ރުޅިއަންނަވަރު.އަދި ޝައިތާނާގެ އަޅަކަށްވެފަވާ މިންވަރުވެސް އެނގޭ.....ކިތަންމެ ރުޅިއަޔަސް މިބިންމަތީގަ އެންމެ ހަލުވިކަމާއިއެކު ފެތުރޭ ދީނަކީ އިސްލާމްދީން.ދުޝްމަނުން ކިތަންމެ ބޮމެއް އެޅިޔަސް، ކިތަންމެ ވަޒަނެއް ހަށިތަކަށް އެރުވިޔަސް ،ކަތިލިޔަސް ތެދުވެރި މުސްލިމުންގެ ހިތްތަކުގަވާ ވަރުގަދަ އީމާންތެރިކަން ފޮހެނުލެވޭނެ.އެފަދަ މީހާ މަރުވެގެންދިޔަސް އެމީހާއަށް އާޚިރަތުގަ ވަނީ ހެޔޮ ޖަޒާ.
ތެދު ވާހަކައެއް. އެންމެ ދެރަވަނީ %100 މުސްލިމް މިޤައުމަށް ނިސްބަތްވާ ޙަރުބީ ކާފަރުންނަށްވުރެ ނުބައި ޝައިޠާނުން އުޅޭތީ..!
ޢަޅެ ކޮބާތައީޔޫ ރަސިޔާ ޔާދެކޮޅައް ފިޔަވަޅުއަޅާލަން ނަސީދު ގޮވާނުލާތަ ހާދަަދެރެއެވެ.މިވެސްއަނިޔާދޯ އެންޑީޕީއަޅެނުގޮވާތަ ރަސިޔާގެރައީސް ހައްޔަރުކުރާކައް ހާދަ ދެރެެއެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
މިހުރިހާ ހަނގުރާމައެއް މހިނގަނީ އިސްލާމީ ބޮޑެތިޤައުތަގަ.ސީރިޔާ، ފަލަސްތީން އިރާގު އަދިވެސް....... މިއީ އިސްލާމް ދީނާ ދެކޮޅަށް ކާފަރުން ވަރަށް މަކަރުވެރިކަމާއިކު ކުރަމުންދާކަމެއް. މިބޮޅުގެ ތެރެއަށް މިދިވެހިރާއްޖެވެސް މެހުމަށް މިޤައުމަށް ޤައްދާރުވެގެން ތިބި މީހުންގެ މަދަދާއިއެކު އެބައިމީހުންދަނީ މަސައްކަތްކުރަމުން. ޤައްދާރުން އެމީންނަށް އެހީވަމުންދަނީ އެމީހުން ދިވެހިން ހައްލައިގެން ދިވެހިން ކިބައިން ހިތްވަރު ލިބިގެން. އެގައްދާރު ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް އެމީހުނާ ރުހިގެން ތިބި މީހުން ދެކޮޅަށް ބަހެއްވެސް ނުބުނެލާ.
ުކާފަރުންުމުސްލިމުންނަށް ހެވެއް ނޭދޭނެކަން މިދެވިހންނަށް ވިސްނޭނީ ކޮންދުވަހަކުންބާ. އެމީހުން އެދަނީ އަންނި ފަދަ މީހުންގެ އެއާއިކު ރާއްޖޭގައި ފިތުނަ ފަސާދަ އުދައްދަމުން. ސީރިޔާ ފަލަސްތީން އިރާގު ފަދައިން މިޤައުމުގައި ހަނގުރާކުރުވަން. ލޭއެހޮރުވަން ގެއްލިގެން ނުދަނީސް އެފަދަ މީހުންނަށް މާތްﷲ ހެޔޮވިސްނުން ދެއްވާށިއެވެ.