އިސްރާއީލުން ފަލަސްތީނުގެ ޖޯޑަން ވެލޯގެ ބިމުގެ ބޮޑު ސަރަހައްދެއް ހިފައިފިއެވެ.

ރިޕޯޓްތަަށް ބުނާ ގޮތުން އިސްރާއީލުގެ އަސްކަރީ ސިފައިން ވަނީ ޖޯޑަން ވެލީގެ 51 އަކަ ކިލޯމީޓަރުގެ ބިމުގެ ސަރަހައްދެއް ހިފައިފައެވެ. މީގެ އިތުރުން ޖޯޑަން ވެލީގެ ފަސް އަވަށެއް އެއްވެސް ބަޔަކަށް ނުވަދެވޭ ގޮތަށް އިސްރާއީލު ސިފައިން ވަނީ އެއަވަށްތަށް އަސްކަރީ ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމުގެ ބޮޑު ސަރަހައްދެއް ހިފާފައި މިވަނީ މިދިޔަ ހަފްތާގައި އިސްރާއީލުގެ ބޮޑު ވަޒީރު ކަމުގެ ފަސްވަނަ ދައުރަކަށް އިންތިހާބުވި ނަތަންޔާހޫ އޭނާ އިންތިހާބު ވެއްޖެ ނަމަ ފަލަސްތީނުގެ ބޮޑު ސަރަހައްދެއް އަދިވެސް ހިފާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

މީގެ އިތުރުން އާދައުރަކަށް އިންތިހާބު ވެއްޖެ ނަމަ ފަލަސްތީނު މިނިވަން ދައުލަތަކަށް ހެދިޔަ ނުދޭނެ ކަމަށް ނަތަންޔާހޫ ވަނީ ވައުދު ވެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުވެ ބިންތަކުގައި ގަދަކަމުން ވަޒަންވެރިކުރުވާފައިވާ ޔަހޫދީން ފަލަސްތީނު މީހުންނަށް ހަމަލާ ދިނުން ގިނަވެގެން އިސްރާއީލްގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީންގެ ރައްޔިތުން ތެދުވެ މިދިޔަ އަހަރު މާޗް މަހު 30 ވަނަ ދުވަހު ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 247 އަށް އަރާފައެވެ. މީގެ އިތުރުން ޒަހަމްވި މީހުންގެ އަދަދު 22000 ވުރެ މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާބި

    މަބުނީމެއްނު އިސްރާއީލާ ނުތޮޅޭށޭ

  2. ޑިމޮކުރަސީގެ ނަމޫނާ

    ފަސްވަނަ ދައުރަކަށް އިންތިހާބުވި ނަތަންޔާހޫ އޭނާ އިންތިހާބު ވެއްޖެ ނަމަ ފަލަސްތީނުގެ ބޮޑު ސަރަހައްދެއް އަދިވެސް ހިފާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ. ހުޅަނގުގެ ޑިމޮކުރަސީގެ ނަމޫނާ އަކީ މިއީ.
    މިދިޔަ އަހަރު މާޗް މަހު 30 ވަނަ ދުވަހު ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 247 އަށް އަރާފައެވެ. މީގެ އިތުރުން ޒަހަމްވި މީހުންގެ އަދަދު 22000 ވުރެ މައްޗަށް އަރައެވެ. ލަންކާގައި އަދި މިވަރެއް ނުވޭ. ފަލަސްޠީނުގައި ހުރިހާ ދީނަކަށް އުޅެވޭއިރު އިޒްރޭލުގައި ޔަހޫދީންނަށް އެކަނި އުޅެވެނީ. ރާއްޖޭގައި މުނާފިގުން އުފައިދައިގެން މިއުޅެނީވެސް އިޒްރޭލަށް މަދަދުކުރާ އެއްޖިންސު މީހުން ނޫންތާ