ޕެރޫގެ ކުރީގެ ރައީސް އެލެން ގާސިއާ، އަމިއްލައަށް ބޮލަށް ބަޑި ޖަހައިގެން އަވަހާރަ ވެއްޖެއެވެ.

އެލެން ގާސިއާ އަވާހަރަވެފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި ފުލުހުން އޭނާ ހައްޔަރު ކުރަން ގެކޮޅަށް ދިޔުމުންނެވެ. ފުލުހުން ގޮސް ގެކޮޅުގައި ޓަކި ދިނުމާއެކު އަމިއްލައަށް ބޮލަށް ބަޑި ޖެހި ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އަމިއްލައަށް ބޮލަށް ބަޑި ޖެހުމާއެކު އެލެން ގާސިއާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އޭނާ އަވަހާރަވީ ފަރުވާ ދެމުން ދަނިކޮށެވެ.

ރިޕޯޓްތައް ބުނެފައިވާ ގޮތުން، އެލެން ގާސިއާގެ ބޮލުގެ ގިނަ ސާޖަރީތަކެއް ޑޮކްޓަރުން ވަނީ ހަދާފައެެވެ. ސާޖަރީތައް ހަދަމުންދިޔަ ވަގުތު، ގިނަ ހާޓް އެޓޭކްތަކެއްވެސް ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން ޕެރޫގެ ރައީސްކަން ކުރި ގާސިއާގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެ ތުހުމަތުތައް ތަހުގީގު ކުރާނެ ކަމަށް ބުނެފައިވާ އިރު، މިއަދު ފުލުހުން ދިޔުމުން ފުރަތަމަ ދޮރަށް ޖަވާބު ދިނުމަށްފަހު ފަހުން އޭނާ އެނބުރި ނައިސް، ކޮޓަރިއަށް ވަދެ ބޮލަށް ބަޑި ޖެހި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު