މިމަހު 11 އިން އަންނަ މަހުގެ 19 އަށް ކުރިއައްްދާ އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓް ގަތުމަށް ބަހަން އުޅުނު 120 މިލިއަން ރުޕީސް ފެނިގެން އިންޑިޔާގެ ޓެމިލްނާޑޫގެ ސަރަހައްދެއްގައި ވޯޓުލުން ކެންސަލްކޮށްފިއެވެ.

ވޯޓުލުން ކެންސަލް ކުރީ އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާއަށް މެންބަރުން ހޮވުމަށް ބާއްވާ އާއްމު އިންތިހާބުގައި ޓެމިލްނާޑޫ ސްޓޭޓްގެ ވެއްލޫރު ދައިރާގައިއެވެ.

މިއީ ވޯޓު ގަންނަން އުޅުނުކަމަށް ތުހުމަތުކުރެވިގެން އިލެކްޝަން ކޮމިޝަން (އީސީ) އިން އިންޑިޔާގެ އާންމު އިންތިހާބެއްގެ ވޯޓުލުމެެއް ކެންސަލްކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އިންކަމްޓެކްސް ޑިޕާޓްމަންޓުގެ އޮފިޝަލުން ވަނީ ޓެމިންނާޑޫގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، ޑްރަވިޑާ މުއްނެތުރާ ކަޅަގަމް (ޑީއެމްކޭ) ގެ ޕޫންޖޮލާއި ސްރިނިވާސަންގެ ގުދަނަކުން 120 މިލިއަން ރުޕީސްގެ ނަގުދު ފައިސާ އަތުލައިގެންފައެވެ.

އިލެކްޝަން ކޮމިޝަނުން އިއްޔެ ބުނިގޮތުގައި ވެއްލޫރުގައި މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް މިހާރު ނެތެވެ.

ވެއްލޫރު ދާއިރާއަށް ޑީއެމްކޭގެ ފަރާތުން ވާދަކުރައްވަނީ އެޕާޓީގެ ދުރާއިމުރުގަންގެ ދަރިކަލުން ކަދިރް އާނަންދެވެ. އިންޑިއާއަކީ ކޮރަޕްޝަނާއި އިންތިހާބާއި ދިމާކޮށް ވޯޓް ގަތުމާއި ވިއްކުމުގައި ފާހަގަ ކޮށްލެވޭފަދަ ގައުމެކެވެ.

އިންޑިއާގެ އާންމު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އޮތް އާއްމު އިންތިޚާބަށް ވުރެ ވެރިކަން ކުރާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ތާއިދު މިހާރު ދަށްވެފައި ވީނަމަވެސް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ވެސް ބީޖޭޕީން އަޣުލަބިއްޔަތު ނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    މިއިންތިހާބު ވަރަށް ހަމަ ހަމަ ވާނެ ޓެމިލް ނާޑޫގެ 40 ގޮނޑިން 35 ގޮނޑި ކާމިޔާބު ކުރާނީ ކޮންގްރެސް ޕާޓީން ކަމަށް އެންމެ ފަހުގެ ދިރާސާތައް ދައްކަނީ ކުރިން އެއީ ބީޖޭޕީގެ އަގުލަބިއްޔަތު ލިބުނު ތަނެއް.....

    13
  2. ނަވާރަ

    މިޤައުމުގަ ތިގޮތައް ބަހަންގެންގުޅުނު ހުރިހާއެއްޗެއްބަހާނިންމައިފި އެއްވެސް މުއައްސަސާއަކައް ނޭންގެ އަހަރެމެންނާ ގުޅިގެންތިކަންކުރަންއުޅުނަމަ ފަސޭހަކަމާއެކު ތިކަންކޮއްދިނީމުސް ގައުމުކިތަންމެކުޑަޔަސް ތިޔަކަހަލަކަންތަކުގެ ތަޖްރިބާމާބޮޑުވާނެ

    8
    1
  3. ނަސީ

    ރިޔާސީ އިންތިހާބުންފެށިގެން މިގައުމުގަވެސް ލާރިބެހުމުގެކަންކަން ވަރައްގަދަޔައް އެބަހިންގާ ލާރިހިފައިގެންއަންނަނީ އަވައްޓެރިގައުމެއްގެ 3 ނުވަތަ 4 މީހަކު ދަބަސްތަކުގަ. މީވަރައްވާހަކަ

  4. ޟ

    ޢިރާދަ ކުރެއްވިއްޔާ ބީޖޭޕީ ބަލިވާނެ...އައްނިގެ އައުވާނުން ބީޖޭޕީ ގަ ތިބެނީ...