ޔޫއޭއީގެ އަބޫދާބީގައި ހިންދޫ ދީނުގެ ބުދުފައްޅިއެއް އަޅަން ނިންމައިފިއެވެ.
މިފައްޅި އެޅުމަށް ބިންގާއެޅުން މިއަދު އަބޫދާބީގައި ކުރިއަށް ދާއިރު މި ފައްޅީގެ ބިންގާ އަޅަނީ އިންޑިއާގެ ބުދު ދީނުގެ އިސް ފާދިރީއެކެވެ.
ޔޫއޭއީގައި ދިރިއުޅޭ އިންޑިއާގެ މީހުންގެ އާބާދީ 2.6 މިލިއަނަށް އަރަ އެވެ. އެއި އެ ގައުމުގެ އާބާދީގެ 30 ޕަސަންޓެވެ. އަދި މިއީ ޔޫއޭއީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ އެންމެ ބޮޑު އާބާދީ ވެސް މެ އެވެ.
އަބޫދާބީގައި އިންޑިއާގެ ބުދު ދީނުގެ ފައްޅިއެއް އަޅަން ހުއްދަދިނީ އިންޑާއި އާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ޔޫއޭއީގއ ފޮރިން މިނިސްޓަރ އެވެ.
ޔޫއޭއީން މި ނިންމުން ނިންމިއިރު އެގައުމުގެ ގާނޫނީ ކަންކަމުގައި ކޯޓުގައި ރަސްމީކޮށް ބޭނުންކުރެވޭ ބަހަކަށް، ހިންދީ ބަސް ހަމަޖައްސަން އެގައުމުން ދާދި ފަހުން ވަނީ ނިންމާފައެވެ.
ޔޫއޭއީގެ ކޯޓްތަކުގައި މިހާރު ރަސްމީކޮށް ބޭނުން ކުރަނީ އަރަބި ބަހާއި އިނގިރޭސި ބަސް އެކަންޏެވެ. އަދި އަރަބި ބަސް ނޭނގޭ މީހުން ގާނޫނީ މައްސަލަތަކުގައި ޖެހެނީ ލިޔެކިޔުންތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްގެން އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ ވަކީލުންގެ ބޭނުންކުރާށެވެ.
ނަމަވެސް ތިން ވަނަ ބަހެއްގެ ގޮތުގައި ހިންދީ ބަސް ރަސްމީކޮށް ބަލައިގަންނަން ތައްޔާރުވަމުން އަންނަކަން ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ.
މީ ވަރަށް ކަޑަށް ކަމެެއް މުސްލިމު ގައުމެއް ގައި ކުރަން ވަރަށް ދެރަ......
އެއީ ކީއްވެ.އިނޑިޔާގަ ވެސް މިސްކިއް ހުރެ އެއްނު
ދިވެހިންހޭލާ ތިބޭތި މީވަރަށް ބޮޑު ކަމެއް ވިސްނާ ފިކުރު ކުރަންޖެހޭ ކަމެއް
ޢަބޫދާބީގަ ފައްޅިނެތަސް ޑުބާއީގަ ފައްޅި ހުރޭ އެރެބި އެމެރޭޓްސްގެ ހުރިހާ ރަށެއްގަވެސް މިހާރު ފައްޅި އަޅަނީތޯއްޗެ
ޔޫއޭއީ އަކީ އިންޑިޔާ މީހުންގެ ބަލާޖެހި މިހާރު އެތާރައްވެހިންނަށް ވުރެން އިންޑިޔާ މީހުންގެ ނުފޫޒުގަދަ ގައުމެއް. މީ ދިވެހިރާއްޖެއަށް ވެސްދިމާވާނެ މައްސަލައެއް މާބޮޑަށް އިންޑިޔާ ވެގެން އުޅެންޏާ
މި ޤައުމުގައި މިފަދަކަމެއް ނުހިގާނެ ބާ !
މިރާއްޖޭގަވެސް ކުރާނެ ގުޅުންބަދަހި ކުރަން
ވިސްނާ ހޭލާ މީ ވަރަށް ވާހަކަ
ރަނގަޅުކަމެއް.
ޖޭ ހިންދް. ޖޭ މާތާޖީ
ތީދެން މީހަކު ކުރާނެ އެންމެ ނުބައި ކަށްތަށް ﷲ އށް ޝިރުކު ކުރާނެ ތަނެތް ހެދުން
މިކަންކުރަންނޫންތޯ ވޯޓްދިނީ ކުރާނެ.
އެތައް މިލިއަން މުސްލިމުން ރެފިއުޖީންގެ ގޮތުގަ ހުއްޓަ ބުދު ދީނުގެ ބައެއް ޔޫއޭއީ އަށް ގެނެސް އެމީހުންނަށް ހިމާޔަތް ދީ ބުދުފައްޅި އަޅާ ދެނީއެވެ. ރެފިއުޖީންނަށް ވަޒީފާ ދެނީ ޔޫރަޕުންނެވެ. މުސްލިމުން ބާކީ ވެފައެވެ.
ސުބުޙާނަﷲ.
މީ ބާވާލެންވިދީނެންވެސްނޫ މީހަގީގަތުގައި ޔޫއޭއީގައި އުޅޭމުނާފިގު މުސްލީމުން އެމީހުން އިސްލާމްދީން ނެތިތުކުރުމަންކުރަމުންދާމަސަންކަތުގެފެށުމެން.އިބްރާހި އަލައިހިންސަލާމްވެސް ވަނީ މުސްލިމުންގެ ބިންތަކުން ބުދުތަކުން ސާފުކުރަންވާފަ. މިބުދުފަންޅި ތަކުން ސިރުކަން ގޮވާއަޑުވީ އެގައުމުގެ ޒުވާންޖީލު ހަލާކުކުރުމަން މަގުފަހިކުރުން.