އިންޑިއާގެ އޮޑިސާ ސްޓޭޓަށް ބާރުގަދަ ގޮތް ނޭނގޭ ލޮޅުތަކެއް އަތުވެއްޖެއެވެ

އިންޑިއާގެ އޮޑިސާ އަށް ތިން ލޮޅުމެއް އިހުސާސް ކުރެވުނު އިރު ފުރަތަމަ ލޮޅުން ރިކޯޑް ކުރެވިފައިވަނީ 4.1 ގެ ބާރުމިނުގައި އެވެ. އަނެއް ދެ ލޮޅުން 4.4 ގެ ބާރުމިނުގައި ރިކޯޑް ކުރެވުނު އިރު އެ ސްޓޭޓުގެ ފަރުބަދަ މަތީ ސަރަހައްދުގައި ތިބި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގެދޮރުތަކުން ފައިބައި ތިރި ހިސާބުތަކުގައި ޓެންޓް ޖަހައިގެން ރޭ ހޭދަކޮށްފައެވެ.

ބިންހެލުމުގައި އެއްވެސް ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. މި ބިންހެލުމުގެ އަސްލު ހުރީ ހަތް ކިލޯމީޓަރު އަޑީގައި ކަމަށް ބެލެވެއެވެ.

އިންޑިއާގެ އޮޑިސާ އަދި މަހަރާޝްތުރާ ސްޓޭޓް ހިމެނޭ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ލޮޅުން އަންމަމުން ދާއިރު މިދިޔަ ނޮވެންބަރު މަހު ވަނީ ދިހަ ލޮޅުން މި ހިސާބަށް ރިކޯޑް ކުރެވިފައެވެ.

2016 ވަނަ އަހަރު އިންޑިއާގެ އިރު އުތުރުގެ ޞަރަޙައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި ހަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މީގެ އިތުރުން އިންޑިއާ އަދި އިންޑިއާއާ އަވައްޓެރި ނޭޕާލަށް 2015 ވަނަ އަހަރު 7.8 ގެ ބާރުމިނުގެ އައި ބިންހެލުމުގައި ވަނީ ގާތްގަނޑަކަށް 9،000 މީހުން މަރުވެފަ އެވެ. އަދި ބައި މިލިއަނެއްހާ ގެ ވަނީ ހަލާކުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު