ބަންގްލާދޭޝްގެ ދީނީ މަދަރުސާއެއްގައި ކިޔަވާ އަންހެން ދަރިވަރެއްގެ އަންދާލުމާއި ގުޅިގެން ވަރުގަދަ މުޒާހަރާތަކެއް އެގައުމުގައި ފަށައިފިއެވެ.

ބަންގްލާދޭޝްގެ ފުލުހުން ބުނެފައިވަނީ އުމުރުން 19 އަހަރުގެ ނުސްރަތު ޖަހާން ރަފީ އަނިޔާވެރި ގޮތަކަށް މަރާލީ އޭނާއަށް ޖިންސީ ގޮތުން ގޯނާކުރި ވާހަކަ މީގެ ދެހަފުތާކުރިން ރިޕޯޓުކުރުމުންކަމަށެވެ.

މަގުތަކަށް ނިކުތް އެތަށް ހާސް ޒުވާނުން ވަނީ ނުސްރަތުގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ. މި މުޒާހަރާތަށް ހޫނުވެ މުޒާހަރާގެ ބައުވެރިންނާއި ފުލުހުންނާއި ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިންގާފައެވެ.

ނުސްރަތު ޖަހާން ރަފީ މަރާލީ އޭނާ ކިޔަވާ މަދަރުސާގެ ޓެރަސް މައްޗަށް ގެންދިއުމަށް ފަހު ހެޑްމާސްޓަރާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށެވެ. އޭނާ އެކަމަށް އެއްބަސް ނުވުމުން ގަޔަށް ކަރާސީނު ތެޔޮ އަޅައި ރޯކޮށްލީއެވެ.

މި ހާދިސާ އާއި ގުޅިގެން ބަންގްލާދޭޝްގެ ކަންކޮޅުތަކުގައި މުޒާހަރާކުރަމުން ދާއިރު،ފުލުހުން ބުނުގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 17 މީހުންގެ ތެރެއިން އެކަކު ވަނީ އެކަން ކުރީ އެ މަދަރުސާގެ ޕްރިންސިޕަލް އަންގައިގެން ކަމަށް ބަޔާންދީފައެވެ.

ފުލުހުން ބުނި ގޮތުގައި އެކަން ކުރި މީހުން ރާވާފައި އޮތީ އެއީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއް ކަމަށް ހަދާށެވެ.

ބަންގުލްދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާ ވިދާޅުވީ އެ އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު