ލަންކާގެ އެކި ސަރަހައްދު ތަކަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި އެތަށް ބަޔަކު މަރުވިއިރު މި ހަމަލާތަށް ދޭން އުޅޭކަމުގެ ސިއްރު މައުލޫމާތު ބޭރުގެ ޖާސޫސީ އިދާރާއަކުން ލަންކާގެ ފުލުހުނަށް ހިއްސާ ކުރި ކަމަށް ދެކެވެމުންދަ ވާހަކަތައް ދޮގުކޮށްފިއެވެ.

ލަންކާގެ އެކި ސަރަހައްދު ތަކަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި އެތަށް ބަޔަކު މަރުވިއިރު މި ހަމަލާތަށް ދޭން އުޅޭކަމުގެ ސިއްރު މައުލޫމާތު ބޭރުގެ ޖާސޫސީ އިދާރާއަކުން ލަންކާގެ ފުލުހުނަށް ހިއްސާ ކުރި ކަމަށް ބޭރުގެ މަޝްހޫރު ގިނަ މީޑިއާތަކުން ރިޕޯޓްކުރިއެވެ. އެހެން ނަމަވެސް ފަހުން އެ ނޫސްތަކުންވެސް ވަނީ އެ ހަބަރު ނަގާފައެވެ.

އެ ހަބަރު ގެނެސްދިން އަލްޖަޒީރާ ނޫހުން ބުނީ، އެ ހަބަރު ގެނެސްދެވުބު ނަމަވެސް، އެ މައުލޫމާތު ފެތުރުނީ ފޭކު އިންޓަލިޖެންސް މައުލޫމާތުތަކަކަށް ބިނާކޮށް ކަމަށެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓް ކުރާ ގޮތުގައި މިމަހު 11 ވަނަ ދުވަހު ބޭރުގެ ޖާސޫސީ އިދާރާއަކުން ވަނީ ލަންކާގެ ބައެއް ފައްޅިތަކަށާއި ލަންކާގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ލަންކާގައި ހަރަކާތްތެރިވާ ހައްދު ފަހަނަ އެޅި އިސްލާމީ ޖަމާއަތް އެންޓީޖޭއިން ރާވާފައިވާކަމުގެ ސިއްރު މައުލޫމާތު ލަންކާގެ ފުލުހުންގެ އިސްވެރިޔާއަށް ހިއްސާކޮށްފައިވާކަމަށް ބުނެފައި ވެއެވެ.

ބައެއް އެހެން ރިޕޯޓްތަށް ބުނާ ގޮތުގައި މި މައުލޫމާތު ލަންކާގެ ފުލުހުންގެ އިސްވެރިޔާއާއި ހިއްސާކުރީ އިންޑިއާގެ ޖާސޫސީ އިދާރާ އެންއެސްއޭއިނެވެ.

މިއަދު ހެނދުނު ކޮޅުނބުގެ ޗާޗްތަކަށާއި ހޮޓާތަކަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި 180 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުންވަނީ ބުނެފައެވެ. ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. ހަމަލާތަކުގައި ހަސަތޭކައަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ލަންކާގެ މީޑިއާތަކުންވަނީ ބުނެފައެވެ.

ކޮލަމްބޯ އިން ހަމަލާ ދީފައި ވަނީ ކޮޗިކަޑެ ޗާޗާއި، ކަތުވަޕިޓިޔާ ޗާޗާއި، ޝަންގްރިއްލާ ހޮޓަލާއި، ސިނަމަން ގްރާންޑް ހޮޓަލާއި، ކިންގްސް ބަރީ ހޮޓަލަށެވެ.

އެންމެ ވަރުގަދަ ހަމަލާ ދީފައި ވަނީ ބަޓިކަލޯގައި ހުންނަ ޗާޗަކަށެވެ. އެޗާޗުން އެކަނި ވެސް 300 އަށް ވުރެ ގިނަ މީހުން ޒަހަމްވި ކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާގެ ދާހިލީ ހަނގުރާމަ ކުރިއަށް ދިޔައިރު ވެސް ލަންކާގެ ވެރިރަށް ކޮލަމްބޯގައި މިފަދަ ނުރައްކާތެރި ހަމަލާއެއް ދީފައެއް ނުވާއިރު ލަންކާގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ލަންކާގެ މަގުތަކުގައި މިހާރު ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖަނާޒާ އިންޑިޔާ

    ތިއޮތީ ވަރަށް ސާފުކޮށް އެނގިފަ ތި ކަމަކީ އިންޑިޔާއިން ރާވައިގެން މުސްލިމުން ސުންނާފަތި ކުރުމަށް ރޭވިގެން ކުރި ކަމެއްކަން.

    8
    1
  2. މަލްމަލް

    އިންޑިޔާގެ މުސީބާތުން ރާއްޖެ ސަލާމަތް ކުރައްވާންދޭ

    10
    2
  3. ނޮކްސް

    އިސްލާމީ ޖަމާއަތޭ ކިއުމުގެ ބަދަލުގަ ތިޔަ ހަމަލާދިން ބައިގަނޑަށް ކިޔަންޖެހޭނީ ޓެރޮރިސްޓުންނޭ. މުސްލިމަކު އޭނަގެ އަހާގެ ލެއެއްނުބޯނެއެވެ. ޙަގީގީ މުސްލިމުންނަކީ ސުލްހަމަސަލަސްކަން ދެމެހެއްޓުމާޢި އިންސާނީ ކަރާމާތަށް ގަދަރުކުރާ ބައެއް. ﷲގެ އަޅުންގެލޭ އެއްވެސް އިންސާނަކަށް ހުއްދައެއްނުވާނެ. ޢެކަލާގެ އަޅުންނަށް ޖަޒާދެއްވާނީ އަދުލަށެވެ. ޢެއީ އިލާހީ ސިފަފުޅެކެވެ.

    12
    2
  4. ޖަޔަޕްރަކާސް

    ފުލުހުންގެ އިސްވެރިޔާ ހަމަމިހާރު މަގާމުން އިސްތިއުފާދިނުމަށް ގޮވާލަން.

    11
    2
  5. ޒާ

    ތިޔަކަމުގެ ފަހަތުގައިވާނި އިޒްރޭލް. އެއީ ނިއުޒީލޭންގައިގައި ހިނގާދިޔަ ކަންތަކާއި ހުރެ މުސްލިމުންނަށް ލިބެމުން ދިޔަ ހަމްދަރުދީ ނަގާލުމަށް ރާވައިގެން ތުހުމަތު އެޅުވުމަށް ހިންގި ޖަރީމާއެއް.

    10
  6. ޙސހސހ

    މިހާރު ވަރަށް ސާފު ތިކަންކުރުވީ ކޮންބަޔެއް ކަން. ތީ އިންޑިޔާ އަޑީގައި އޮވެގެން މުސްލިމުންނާއި އެހެނިހެން ދީންތަކުގެ މީހުނާ ޖައްސާ މުސްލިމުންނާ ހަމަލާދިނުމަށް ރޭވިގެން ހިނގާކަމެއް. ޔާﷲ މިނޮބައި ރޭވުންތަކުން މުސްލިމުންނަށް ސަލާމަތް ތެރިކަމް ދެއްވާ މިކަމުގެ އަޑީގައި ތިބި މީހުން ފަލީހަތް ކުރައްވާންދޭވެ. އާމީން.

    11
  7. ޙައްގުބަސް

    އިންޑިޔާގެ ޖާސޫސީ އިދާރާއަކުންނޭ އެބުނަނީ މިހަމަލާ ދޭން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނާ ޙިއްސާކުރިކަމަށް! މިއީ އިންޑިޔާގެ ޖާސޫސުން ރާވައިގެން ލަންކާގައި ހިންގި ޢަމަލަކަށްވުންވެސް ހަމަ އެކަށީގެންވޭ! އިންޑިޔާގެ މިހާރުގެ ސަރުކާރަކީ އިޒްރޭލާ ވަރަށްބޮޑަށް ގުޅިގެން އުޅޭ ގައުމެއް! އަދި މުސްލިމުންނަށް ވަރަށް ނަފްރަތުކުރާ ބައެއް މިހާރު ވެރިކަމުގައިތިބީ! ގައުމުތައް ބައިބައިކޮށް ހަލާކުކުރީމާ އެމީހުން ބޭނުންހާ ގޮތަށް މިގައުމުތަކަށް ހެދޭނެ! އެހެންވެ އެމީހުން އަޑީގައި ތިބެގެން ހިންގާ ޖަރީމާތަކެއް މިއީ! ދެން އޮތީ މިރާއްޖެކަމަށްވުންވެސް އެކަށީގެންވޭ! މިގައުމަށް އެއޮތީ އެމީހުންގެ ސިފައިން ފާކޮށްފަ!

    12
  8. ނުރަބޯ

    ވައްތަރީ އިންޑިޔާ އަޑީގައޮވެގެން މުސްލިމުން ބަދުނާމުކުރަން ކުރިކަމަކާ. އެހެން ނޫންނަމަ އިންޑިޔާއަށް ކުއްލިއަކަށް ތިކަން ވާންއުޅޭކަން އެނގެންޖެހޭ ސަބަބެއް ނެތް.

  9. އައްޑޫ މީހާ

    މުސްލިމުން ކުށްވެރިކުރަން އިންޑިއާ އަޑީގައިއޮވެ ދީފައިވާ ހަމާލާތަކެއްކަމަށް ގަބޫލުކުރެވޭ ފުލުހުންގެ ވެރިޔާއާއި އިންޑިއާ ވަރަށް ބޮޑަށް ގުޅިގެން ރާވައިގެން އިންޑިއާގައި އުޅޭ މުސްލިމުން އެގައުމުން ހުސްކުރަން އުޅޭ ފަލްސަފާއަށް ލަންކާވެސް ވައްދަން ޖެހި މަޅިއެއް ލަންކާގަ އުޅޭ ބުޑިސްޓުންނާއި އެހެނިހެން ދީންތަކުގެ މީހުން ލައްވައި ލަންކާގަ އުޅޭ މުސްލިމުންނަށް ފުރައްސާރަކުރުވަން އިންޑިއާ ރޭވި ވަރަށް ވަރުގަދަ ހަތިޔާރެއް ކުރިއަށް އޮތް ރަމަޟާން މަހުގަ މުސްލިމުންނަށް އަނިޔާއާއި ދުއްތުރާ ކުރިމަތިކުރެވޭނެ ގޮތެއް އިންޑިއާ ތިހަދާލީ ތިހަޑިމުޑުދާރު އަމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަށް އެދެން ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ކެއްތެރިކަން ދެއްވާޝި

    7
    1
  10. ދެން ނަމާދު މަނާ

    ދެން ނަމާދު މަނާވާނެ.
    10 ދުވަސް ކުރިން މިހުރިހާކަމެއް އެނގި ތިބެ މިކަން ނުހުއްޓުވީ ލަންކާގައި ދެން ނަމާދު ކުރުން މަނާކުރަންވެގެން

    4
    1
  11. އަޙްމަދު

    ފަހަރެއްގައި މިކަމުގެ ސަބަބުން އިންޑިޔާމިހުންގެ އެހީއަށް ބޭނުންވެދާނެ ކަމަށްބަލާއި ހިންގައިގެން އުޅޭ ގޭސްގަނޑަކަށް ވެދާނެ! އެއީ ލަންކާއިން ޗައިނާ މީހުންނާއި މާގުޅުން އުފައްދާތީ އެކަމާ ހަސަދަވެރިވެގެން ކުރާކަމަކަށް ވެދާނެ. އެހީތެރި ވުމަށޭކިޔަފައި ލަންކާއަށް ވެރިވޭ ޗައިނާ މީހުން ފައްސާލަން ރަވާފައިވާ ރޭވުމެއް!