މިއަދު ލަންކާގެ އެކި ހިސާބުތަކުގައި ދެމުން ގެންދާ ބޮމުގެ ނިރުބުވެރި ހަމަލާތަކާއި ގުޅިގެން ލަންކާގައި ކާއިފިއު އިއުލާންކޮށްފިއެވެ.

އެ ގައުމުުގައި ކާފިއު އިއުލާންކޮށްފައިވަނީ މިއަދު ހަވީރު ހަޔަކުން ފެށިގެން މާދަމާ ހެނދުނު ހަޔެއް ޖަހަންދެންނެވެ. މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ރައީސް އޮފީހުންނެވެ. މުހިންމު ކަމެއްގައި މެނުވީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުނިކުތުމަށް، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީންވެސްވަނީ އެދިފައެވެ.

ކާފިއުގެ އިތުރުން ލަންކާގައި މީސްމީޑިޔާ ބޭނުން ނުކުރެވޭ ގޮތްވަނީ ހަދާފައެވެ. ލަންކާގެ ދިފާޢީ ވަޒީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި މީގެ ކުރިން ބުނެފައިވަނީ، ލަންކާގައި އަމާންކަން އަނބުރާ ގެނައުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށާއި ހައްދު ފަހަނައަޅާފައިވާ ޖަމާޢަތް ތަކުގެ މީހުންގެ ވަކި ތަކުން ޤައުމު ސަލާމަތް ކުރަން ކުރަން ޖެހުނު ހުރިހާކަމެއް ކުރާނެ ކަމަށެވެ.

ލަންކާގެ ޗާޗްތަކަށާއި ހޮޓާތަކަކަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 185 މީހުން ވަނީ މަރުވެފައެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވާއިރު ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު