މިއަދު ލަންކާގެ އެކި ހިސާބުތަކުގައި ދެމުން ގެންދާ ބޮމުގެ ނިރުބުވެރި ހަމަލާތަކާއި ގުޅިގެން ލަންކާގައި ހޯމަ އަދި އަންގާރަ ދުވަސް ސަރުކާރު ބަންދު ދެ ދުވަސްކަމަށް ކަނޑައަޅައިފި އެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ލަންކާގެ ރައީސް އޮފީހުންނެވެ.

މިއަދު ލަންކާ އަށް ދިން ހަމަލާ އަކީ އެގައުމުގެ ތާޜީޚްގައި ވެސް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. މީގެ ކުރިން ލަންކާގައި އެއް ފަހަރާ އެންމެ ގިނަ ބަޔަކު މަރުވި ނިރުބުވެރި ހަމަލާއަކީ ޖެނުއަަރީ 31، 1996 ގައި ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލާއެވެ.

އެ ހަމަލާގައި 91 މީހަކު މަރުވެ 1400 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. އެހަމަލާ ދިނީ ގޮވާ އެއްޗެހި އަޅާ ފުރާފައި އޮތް ލޮރީއެއް، ބޭންކްގެ މައި ދޮރު ފުނޑާލައިގެން ގޮސް ގޮއްވާލައިގެންނެވެ. އަދި ލޮރީ ގޮއްވާލި ވަގުތު ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ބަޑިން ވެސް ހަމަލާތައް ދިނެވެ.

ލަންކާގެ ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން އެގައުމުގައި މިފަދަ ނިރުބުވެރި ހަމަލާއެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު