ލަންކާގެ އެކި ހިސާބުތަކަށް މިއަދު ދެމުންދާ ނިރުބަވެރި ބޮމުގެ ހަމަލާތަކުގެ ތެރެއިން ލަންކާގެ ފައްޅިއެއްގައި ބޮން ގޮއްވާލާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
އާންމުވެފައިވާ ވީޑިއާއިން ފެންނަނީ މިއަދު ހެނދުނު ގޮއްވާލި ފައްޅިތަކުގެ ތެރެއިން ފައްޅިއަކުން ބާރުގަދަ ގޮވުމެއް ގޮވާ ވަރަށް ބޯކޮށް ކަޅު ދުން އަރައިގަންނަ މަންޒަރެވެ.
https://twitter.com/atul_shokeen/status/1119888168076005376?s=19
މިއަދު ހެނދުނު ކޮޅުނބުގެ ބައެއް ފައްޅިތަކަށާއި ހޮޓާތަކަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި 185 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މުޅި ލަންކާގައި މިހާރު ކާފިއު އިއުލާން ކޮށްފައިވާއިރު މަޝްހޫރު ބައެއް މީސްމީޑިއާތައް ވަނީ ދޮގު ހަބަރު ފަތުރާތީ ސަރުކާރުން ބްލޮކްކޮށްފައެވެ.
މި ހަމަލާތަށް ދީފައިވާއިރު މީގެ ކުޑައިރުކޮޅެއް ކުރިން ދިވެހިން ގިނަ އަދަދަކަށް އުޅޭ ލަންކާގެ ދެހިވަލާގައިވެސް ވަނީ ބޮމުގެ ހަމަލާތަކެއް ދީފައެވެ.
ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.ހަމަލާތަކުގައި ހަސަތޭކައަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ލަންކާގެ މީޑިއާތަކުންވަނީ ބުނެފައެވެ.
ކޮލަމްބޯގައި ހަމަލާ ދީފައިވާ ހޮޓާތަކަކީ، ސިނަމޮން ގްރޭންޑް، ކިންގްސް ބަރީ އަދި ޝަންގްރިއްލާ ހޮޓެލެވެ. މި ހޮޓާތަކަކީ ދިވެހިންވެސް ގިނައަދަދަކަށް ގޮސް އުޅޭ ހޮޓާތަކެކެވެ. އަދި މިއަދު ހެނދުނު ހޮޓާތަކަށް ހަމަލާދިން އިރު ބައެއް ދިވެހިން އެ ހޮޓާތަކުގައި ތިއްބެވެ. ނަމަވެސް ދިވެއްސަކަށް ހަމަލާދިންކަމުގެ މައުލޫމާތު ލިބިފައެއް ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ލަންކާގެ ދާހިލީ ހަނގުރާމަ ކުރިއަށް ދިޔައިރު ވެސް ލަންކާގެ ވެރިރަށް ކޮލަމްބޯގައި މިފަދަ ނުރައްކާތެރި ހަމަލާއެއް ދީފައެއް ނުވާއިރު ލަންކާގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ލަންކާގެ މަގުތަކުގައި މިހާރު ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުނެވެ.
ވީޑިއޯއެއްނޫން ކުރަންވީ މިކަންކުރާ ބަޔަކު އަންދަންވީ
މުސްލިމުން ގެ ބަޔަކު ހިމެނެޔޯ މިކަމުގަ