ސްރީލަންކާގެ އެކި ހިސާބުތަކަށް ދިން ހަމަލާތައް ދިނުމުގެ ފަހަތުގައި ތިބި މީހުން ފާހަގަ ކުރެވިއްޖެ ކަމަށް ލަންކާގ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ލަންކާގެ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވިދާޅުވީ ލަންކާގެ އަށް ސަރަހައްދެއްގައި މިއަދު ދިން ނިރުބަވެރި ހަމަލާތައް ދިން މީހުން ފާހަގަކުރެއްވިއްޖެ ކަމަށާއި، ވަރަށް އަވަހަށް އެ މީހުން ހައްޔަރު ކުރެވިގެންދާނެ ކަމަށެވެ. އެގައުމުގެ ޑިފެންސް މިނިސްޓަރުގެ ބަޔާނުގައި ބުނެފައި ވަނީ މިއަދު އެގައުމުގެ އެކި ތަންތަނަށް ދިން ހަމަލާތަކަކީ ކުރިން ރޭވިގެން، ކޯޑިނޭޓް ވެގެން ދިން ހަމަލާތަކެއް ކަމަށެވެ.

އަދި ހަމަލާތަކުގައި ޒިންމާވާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ލަންކާގެ އަށް ސަރަހައްދަކަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި 185 މީހުން މަރުވެފައިވާކަން ޔަގީން ވެފައިވާ އިރު، އެއަދަދު އަދި މައްޗަށް ޖެހޭނެ ކަމަށް ބެލެވެއެވެ. ލަންކާއަށް ދިން ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ. އެތައް ސަތޭކަ މީހުންނަކަށް ހަމަލާގައި އަނިޔާވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދާމޫ

    ޓްރަމްޕަކީ މޮޔައެއް

    24
    3
  2. ޒާހިރު

    ބެލާޖިއޯ އަށް ހަމަލައެއް ދިންނަމަ ދިވެހީން ހިމެނުނީސް

    5
    1