މިއަދު ސްރީލަންކާގެ އެކިއެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ހަމަލާތައް ދިން މީހުން ދެނެގަނެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް ހުރިހާ އެންމެންވެސް ހައްޔަރު ކުރާނެ ކަމަށެވެ.

އަށް ސަރަހައްދަކަށް ހަމަލާ ދީފައިވާ އިރު، އޭގެ ތެރެއިން ގިނަ ހަމަލާތައް ދީފައި ވަނީ ޖާނުން ފިދާވެގެންނެވެ.

ލަންކާގެ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވިދާޅުވީ ލަންކާގެ އަށް ސަރަހައްދެއްގައި މިއަދު ދިން ނިރުބަވެރި ހަމަލާތައް ދިން މީހުން ފާހަގަކުރެއްވިއްޖެ ކަމަށާއި، ވަރަށް އަވަހަށް އެ މީހުން ހައްޔަރު ކުރެވިގެންދާނެ ކަމަށެވެ. އެގައުމުގެ ޑިފެންސް މިނިސްޓަރުގެ ބަޔާނުގައި ބުނެފައި ވަނީ މިއަދު އެގައުމުގެ އެކި ތަންތަނަށް ދިން ހަމަލާތަކަކީ ކުރިން ރޭވިގެން، ކޯޑިނޭޓް ވެގެން ދިން ހަމަލާތަކެއް ކަމަށެވެ.

އަދި ހަމަލާތަކުގައި ޒިންމާވާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ލަންކާގެ އަށް ސަރަހައްދަކަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި 207 މީހުން މަރުވެފައިވާކަން ޔަގީން ވެފައިވާ އިރު، އެއަދަދު އަދި މައްޗަށް ޖެހޭނެ ކަމަށް ބެލެވެއެވެ. ލަންކާއަށް ދިން ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ. އެތައް ސަތޭކަ މީހުންނަކަށް ހަމަލާގައި އަނިޔާވެފައިވެއެވެ.

ހަމަލާތައް ފުލުފުލުގައި ދިނުމާ ގުޅިގެން ލަންކާގައި ވަނީ ކާފިއުވެސް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަންނި

    ދިވެއްސެއް ނެތްތަ؟

    1
    1
  2. ހަރުކަށި

    ކޮންމެ ދިވެއްސަކީވެސް އުފަންވާތަނުން ސުންނީއެއް. އެއީ އައިސިސްގެ ޅަފަތުގެ މީހުން ވަކި ކަހަލަ ވިސްނުމަކާ ގުޅުނީމާ ދެން އޭގެ އަސްލުގޮތުގައިން ފެނިގެންދަނީ. ދިވެހީންގެ ތެރެއަށް އެވިސްނުން މިއަންނަނީ ހަލުއިކަމާއެކު ފެތުރެމުން.

    4
    9
    • މޯލްޑިވިޔަން

      ހާދަ ރަނގަޅު ވާހަކައެކޭ

      1
      3
  3. ނުވިސްނޭ

    ބެންކޮކްގެ ނައިޓް ކުލަބް ތަކުގަ ހާލުގަ ޖެހިފަ ކިތަަައް ދިވެހި އަންހެނުން އެބަތިބިބާ އަންނީ.