މިއަދު ލަންކާގެ އެކި ހިސާބުތަކުގައި ދެމުން ގެންދާ ބޮމުގެ ނިރުބުވެރި ހަމަލާތަކާއެކު އެގައުމުގައި ކާފިއު އިއުލާން ކުރުމާ ގުޅިގެން މަގުތައް ފަޅުވެއްޖެއެވެ.

އަބަދުވެސް އެންމެ ބާރުބޮޑު ލަންކާގެ މަގުތައް ފަޅުވެ، އެތައް ބަޔަކު މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

އާދީއްތަ ދުވަހަކީ އެގައުމުގެ ބަންދު ދުވަހެވެ. އަދި އާއްމުކޮށް ގިނަ ބަޔަކު ބޭރުގައި އުޅޭ ދުވަހެވެ. އެހެން ނަމަވެސް ބޮން ގޮއްވުމުގެ ހަމަލާތަކާއެކު އިއުލާނު ކުރި ކާފިއުއާ ގުޅިގެން އެންމެން ކަހަލަ ގޮތަކަށް ތިބީ ރައްކާތެރިކަން އިސްކޮށްގެންނެވެެ.

މުހިންމު ކަމެއްގައި މެނުވީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުނިކުތުމަށް، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީންވެސް ވަނީ އެދިފައެވެ.

އެ ގައުމުުގައި ކާފިއު އިއުލާންކޮށްފައިވަނީ މިއަދު ހަވީރުން ފެށިގެން މާދަމާ ހެނދުނު ހަޔެއް ޖަހަންދެންނެވެ. މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ރައީސް އޮފީހުންނެވެ. އަދި މީގެ އިތުރުން އެ ގައުމުގައި މީސް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ވަގުތީ ގޮތުން ވަނީ ހަދާފައެވެ.

ލަންކާގެ ޗާޗްތަކަށާއި ހޮޓާތަކަކަށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ މީހުން ވަނީ މަރުވެފައެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވާއިރު ހަމަލާތަކުގައި 400 އަށްވުރެ ގިނަ މީހުން ޒަހަމްވެފައެވެ. އަދި މި ހަމަލާތަކާއި ގުޅިގެން ބަޔަކު ވަނީ ހައްޔަރުވެސްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު