ސްރީ ލަންކާއަށް ދިން ހަމަލާތަކުގައި ބައިވެރިވެފައި ވަނީ އެގައުމުގެ މީހުން ކަމަށް ލަންކާ ބޮޑުވަޒީރު ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހް ވިދާޅުވެއްޖެއެވެ.

ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ މިހާތަނަށް އެނގިފައިވާ ގޮތުގައި ރޭވިގެން ދިން ބޮމުގައި ހަމަލާތައް ދިނީ އެގައުމުގެ މީހުން ވެގެން ކަމަށާއި، އެ މީހުންގެ މައުލޫމާތުތައް ފުލުހުން ހާމަ ކުރާނެ ކަމަށެވެ. ރަނިލް މިހެން ވިދާޅުވެފައިވާ އިރު، ހަމަލާތައް ދިން ކަމަށް ތުހުމަތު ކުރެވޭ ހަތް މީހަކު ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ލަންކާގެ ހަމަލާއާ ގުޅިގެން އެގައުމުގައި ކާފިއު އިއުލާން ކޮށްފައިވާ އިރު، އެގައުމުގެ ސަރަހައްދުތަކުގައި ސިފައިން ދަނީ ފޯރި މަރަމުންނެވެ. އަށް ސަރަހައްދަކަށް ދިން ހަމަލާގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ހަމަލާތައް ދިން ވަކި ޖަމާއަތެއް ރަނިލް ހާމަކޮށްފައެއް ނުވެއެވެ. ރަނިލް ވިދާޅުވީ މިހާތަނަށް އެނގުނު ގޮތުގައި ހައްޔަރު ކުރެވުނު އަށް މީހުންނަކީވެސް ލަންކާ ރައްޔިތުން ކަމަށެވެ.

ލަންކާގެ ބަޔަކު އެފަދަ ބޮޑު ހަމަލާތަކެއް ދޭން ޖެހޭ ސަބަބެއްވެސް އަދި އެނގިފައިނުވާ އިރު، އެ ގައުމަކީ މީގެކުރިން ދާހިލީ ހަނގުރާމައެއް އެތައް ދުވަހު ހިނގި ގައުމެކެވެ. އެގޮތުން، ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމަ ލަންކާ ސަރުކާރުން ކާމިޔާބު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިރާގު

    ޕްލީޒް މުސްލިމުންނޭ ނުބުނާތި،

  2. ބަލާތި

    މިހުންނަނީ ގައުމުގައި ބައިބައިވުމަށް ސިޔާސީ މީހުން ފިކުރުތައް އިސްކުރާނަމަ ގައުމަށްވާ ގެއްލުމަކީ ސިންގަޕޯރގައި އެތައް ދީނަކަށް މީހުން އުޅޭ އެގައުމުގައި ނުދޭ މިޒާތުގެ ހަމަލާ އެއް އެއީ ކީއްވެތޭ އެއީ އެގައުމުގެ ސަރުކާރުން އެންމެންނާއި މެދު ހަމަ ހަމަ އަށް ކަންކަން ކުރާތީއޭ ވެރިކަން ކުރާ ޕާރޓީ ގެ މެމްބަރުންނަށް ފްލެޓްސް ދީފައި ވެރިކަމުގައި ނެތް ޕާރޓީގެ މެމްބަރުންނަށް ލިބޭ ފްލެޓްސް ނުދީ އެމެން ބާކީ ނުކުރެއޭ ސަބަބަކަށް ރޯ ބުހުތާނު ދޮގު ހަދައިގެން ސަރުކާރެއް އޮވެއްޖެނަމަ ސަރުކާރަށް ހެދިދާނެ ކިތަންމެ ބޮޑު ދޮގެއް ވެސް ލަންކާގެ ރައީސް އޮފީހުން ދައްކާ ވާހަކައިގެ ބަރުދަން ހުންނާނެއޭ އާންމު މީހާ ދައްކާ ވާހަކަ އަށް ވުރެން އެހެންވެއޭ މި ސިޗުއޭޝަން އަށް ލަންކާ ދިޔާ މީ ހުރިހާ ގައުމަކުން ވެސް ދަސް ކުރަން ޖެހޭނެ ފިލާވަޅު ތަކޭ މީ ފޮރުވަން ޖެހޭނެ ކަންކަމެއް ނޫނޭ...

  3. ޒުބައިރު

    މި ހަަދިސާގެ 1 ހަފްތާކުރި އަށް ވިސްނާލާއިރު މިކަން އިންޑިޔާގެ ޖާސޫސުންނަށް އެނގޭ ކަމައްފެނޭ. ވިސްނަވާ

    5
    2
  4. ނަވައިޒް

    ތިހުންނަނީ ކުޅޭކުޅޭ ކަންތައްތަކެއް ނޫން. ލަންކާ އެއާޕޯރޓަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި އެއާޕޯރޓެއް.