އަވައްޓެރި ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ މިހާރު 290 އަށް އަރާފައެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 400 އަށް ވުރެ ގިނައެވެ. ލަންކާ ސަރުކާރުން ވަނީ ހަމަލާ ދިން މީހުން ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ. މިހާތަނަށް ވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 24 މީހަކު ހައްޔަރު ކޮށްފައެވެ.

00:12

23:51

23:33

23:25

22:45

21:45 -

21:40 - ލަންކާގެ މަގުތައް މިރޭވެސް ފެންނަނީ ހުސްކޮށް. އެގައުމުގެ ހަމަލާތަކާއެކު ކާފިއު އިއުލާން ކޮށްފައިވުމާއެކު މުޅި ގައުމަށް ވަނީ ވަރަށް ބޮޑަށް ނާމާންކަން ކުރިމަތިވެފައި.

20:53 -

20:36 -

20:19 - ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަލުން ލިބިފައިވާ މައުލޫމާތަށް އަޅާ ނުލާ ސަރުކާރުން ދޫކޮށްލި ކަމަށް ދެކެވޭ ވާހަކަތައް ލަންކާ ފުލުހުން ތަހުގީގު ކުރާނެ ކަމަށް ބުނެފި.

19:52 - ލަންކާގެ މުސްލިމް ކޮމިއުނިޓީގެ ނައިބު ރައީސް ހިލްމީ އަހުމަދު ބުނެފައި ވަނީ މުސްލިމުންގެ ނަން ކިލަނބު ކުރުމަށް މަސައްކަތް ކުރާ "ނޭޝަނަލް ތައުހީދު" ޖަމާއަތަކީ އަބަދުވެސް އެފަދަ ކަންކަމަށް ހިތްވަރު ދޭ ބައެއް ކަމަށް.

19:28 -

19:26 -

18:50 - ލަންކާއަށް ކުރިމަތިވެފައިވާ ނުރައްކަލާއެކު މީހުން ދަނީ ބައެއް ސިޓީތަކަށް ހިޖުރަކުރަމުން. އިއްޔެ ބޮން ގޮއްވި ބައެއް ސިޓީތައް ވަނީ ފަޅުކަން އިހުސާސް ކުރެވިފައި.

17:56 - ލަންކާގައި ގެތައް ބަލާ ފާސްކުރަނީ، ދިވެހިންނަށް ޓާގެޓްކޮށްގެން ނޫން - އެމްބަސީ

17:39 - އިއްޔެ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް ކަމުގެ ޔަގީންކަން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ދީފި.

 

17:15 -

17:00 - ސްރީލަންކާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ 39 ފަތުރުވެރިން، ނޫނީ ބޭރު މީހުން މަރުވި ކަމަށާއި، 28 މީހުންނަށް އަނިޔާވެ ފަރުވާ ދެމުންދާ ކަމަށް.

16:21 - ޑިފިއުސް ކުރަނިކޮށް ގޮވި ބޮމުގެ ވީޑިއޯ.

https://twitter.com/AktharIfthikar/status/1120283781884071942

16:16 - ފޯޓް ރެއިލްވޭ ސްޓޭޝަނުންވެސް ބޮމެއް ކަމަށް ލަފާކުރެވޭ ޕާރުސަލެއް ފެނިއްޖެ. ފުލުހުން މިހާރު ވަނީ އެ ސަރަހައްދު ހުސްކޮށް، އެ ޕާރުސަލް ތަހުގީގު ކުރަން ފަށާފައި.

16:15 -

https://twitter.com/anuspri/status/1120277130028486658

15:55 - ސްކައި ނިއުސް އިން ރިޕޯޓް ކުރާގޮތުގައި، އެސްޓީ އެންތޮނީ ކައިރިން ފެނުނު އުޅަނދެއްގައި ބޮންކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ފެނިފައިވާކަމަށް. އަދި ބޮމް ސްކުއެޑް ގޮސް އެ ވެހިކަލްގައި އިން ބޮން ނައްތާލަން އުޅުމުގެ ތެރޭގައި އެ ބޮން ގޮވާފައިވާކަމަށް ސްކައި ނޫހުން ބުނެފައިވޭ. ގޮވާފައި ވަނީ ކުޑަ ބޮމެއް ކަމަށް ރިޕޯޓްތައް ބުނޭ.

15:42 -

15:39 - ލަންކާއިން އަނެއްކާވެސް ގޮވާތަކެތި ފެނިގެން ފުލުހުން ހަރަކާތްތެރި ވެއްޖެ.

15:19 -

14:36 - މިރޭ 12:00 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ނިންމައިފި. އެގޮތުން، ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ވަނީ ދީފައި.

14:25 -

14:19 -

14:14 - ހަމަލާތަށް ކުރިއަށް ގެންދިޔައީ ބައިނަލްއަގުވާމީ ނެޓްވޯކްތަކަކާ ގުޅިގެން ކަމަށް ކެބިނެޓް މިނިސްޓަރުން ވިދާޅުވެއްޖެ.

13:51 - ސްރީލަންކާގެ އިދާރާތަކުން ބުނެފައިވާ ގޮތުގައި، ކޮލޮމްބޯގައި ދިން ހަ ހަމަލާއެއް ދީފައި ވަނީ ހަތް މީހަކު ޖާނޫ ފިދާވެގެން.

13:44 - 1983 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ލަންކާގައި ވަނީ ދާހިލީ ހަނގުރާމަ ކޮށްފަ. ޓަމިލް ޓައިގަރުންނާ ދެކޮޅަށް އެގައުމުން ކުރި ހަނގުރާމަ ނިމުނުތާ 10 އަހަރު ވެފައިވާ އިރު، އިއްޔެގެ ހަމަލާތަކާއެކު، އެގައުމުގެ އެތައް ރައްޔިތުންނެއް ބުނެފައި ވަނީ ދާހިލީ ހަނގުރާމައަށް ފަހު މިފަދަ ދުވެހެއް އަންނާނެ ކަމަށް ކުރިން ހީނުކުރާ ކަމަށް.

13:33 -

13:24 - މިނިސްޓަރު ވިދާޅުވެފައި ވަނީ ކުރިން އިންޒާރު ކުރީ އެ ޖަމާއަތުން ކަމަށާއި، އެ ޖަމާއަތުގެ އިސް ބައެއް މީހުން މިހާރުވެސް ހައްޔަރު ކޮށްފައިވާ ކަމަށް.

13:16 - ސްރީ ލަންކާގެ އަށް ސަރަހައްދަކަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ "ނޭޝަނަލް ތައުހީދު" ނަމަކަށް ކިޔާ ޖަމާއަތެއް ކަމަށް އެގައުމުގެ ކެބިނެޓް މިނިސްޓަރަކު ވިދާޅުވެއްޖެ.

12:59 -

12:54

11:01

10:43 ހަމަލާ ދިނުމުގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު މައުންޓްލެވޭނިއާ ސަރަހައްދުގައި އުޅޭ ކަމަށް ބެލެވިގެން އެސަރަހައްދުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި. މައުންޓްލެވޭނިއާ ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ސަރަހައްދެއް. އެއީ އެންމެ ގިނަ ދިވެހިން ދިރިއުޅޭ ދެހިވަލަ އާއި ޖެހިގެން އޮންނަ އަވަށް.

10:42

09:54

08:57

08:40 ބޮމުގެ ހަމަލާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު 290 އަށް އަރައިފި. ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރު ކޮށްފައިވޭ.

08:40

08:09 އަދިވެސް ލަންކާގައި މީސް މީޑިއާ ނެޓްވޯކްތައް ވަނީ ބްލޮކް ކޮށްފައި. ފޭސްބުކް، ވަޓްސްއެޕް، ވައިބާ އަދި އިންސްޓަގްރާމް ވަނީ ބްލޮކް ކޮށްފައި.

08:05 އިއްޔެ ލަންކާގައި ދިން ހަމަލާ އަށް ފަހު ވަރަށް ގިނަ ފަތުރުވެރިން ވަނީ ލަންކާ އިން ފުރާފައި. އަދި މިހާރު ލަންކާގައި ތިބި ގިނަ ފަތުރުވެރިން ވެސް ދަނީ ފުރަން ތައްޔާރު ވަމުން.

މިއަދު ލަންކާގެ ކާފިއު މިހާރު އުވާލާފައި ވާއިރު އަދިވެސް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަކޮށްފައި. ސިފައިންނާއި ފުލުހުން ހަތިޔާރާއި، ގޮވާތަކެތި ދެނެގަންނާނެ ކުއްތާތަކާއި އެކު މަގުތަކުގައި ދަނީ ހަރަކާތްތެރިވަމުން.

00:00 މިރޭ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އައިއީޑީއެއް ފެނިފައެވެ. އައިއީޑީ ވަނީ ރައްކާތެރި ސަރަހައްދަކަށް ގެންގޮސް ނައްތާލާފައެވެ. އަދި ބައެއް އެހެން ސަރަހައްދުތަކުން ވެސް ގޮވާތަކެތި ފެންނަ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ. ނަމަވެސް ގޮވާތަކެތި ފެނިފައި ވަނީ ކިތައް ސަރަހައްދުން ކަމެއް އަދި ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި އޮތީ ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދާއިރު، މިރޭ ބައެއް މިސްކިތްތަކަށް ހަމަލާ ދީފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ. މިސްކިތްތަކަށް ހަމަލާ ދީފައި ވަނީ ޕެޓްރޯލް ބޮން ބޭނުން ކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަދު ލަންކާ އަށް ދިން ހަމަލާތަކަކީ ލަންކާގެ ތާރީޚްގައި ވެސް ދިން އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާއެވެ. އެގައުމުގައި ދިގު ދެމިގެން ދިޔަ ދާހިލީ ހަނގުރާމައިގެ ތެރޭގައި ވެސް މިފަދަ ނުރައްކާތެރި ހަމަލާއެއް ދީފައެއް ނުވެއެވެ.

ލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން އެގައުމަށް ލިބިފައިވާ ހިތާމައިގައި މުޅި ދުނިޔެ ދަނީ ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މީނަ

    ވަގުތު ތަންކޮޅެއް ބަލައިގެން ހަބަރު ލިޔެބަލަ.... ބިރުން ހަލާކު ނުވީ ކިރިޔާ..... 2018 މީހުން މަރުވެއްޖެޔޯ......
    ސާބަސް ވަގުތު.....

    1
    1
  2. 'ނމމމ

    ތީ ހަމަ ހިންދޫން ނޫނީ ބުދިސްޓުން ނޫނީ އިންޑިޔާ އިޒްރާއިލް އެެމެރިކާ އެއްޗިހިން ދުރާލާ ރާވައިގެން މުސްލިމުންގެ ބޮލުގަ އަޅުވަން ކުރިކަމެއްހެން ބޮޑައް ބެލެވެނީ

    3
    1
    • މޯލްޑިވިޔަން

      މޮޅުވާހަކަ ދައްކަނީ.މުސްލިމުންގެ ނަމުގަ ތިބި ބަޔަކު އާލު ސައުދުން ކައިރިން ދަރިވަރު ވެގެގން މީހުން އެބަ މަރާ

      2
      1
  3. ލަޠީފާ

    ލިޔެފައިވާ އެއްޗެއް ކިޔާއިރު ކަލޭވެސް އެބަޖެހޭ ލޯ ހުޅުވައިގެން ކިޔަން. އަހުރެން މިޚަބަރުން ހޯދަހޯދައިވެސް ނުފެނުނު 2018 މީހުން މަރުވެއްޖެ ވާހަކައެއ!

    4
    1
  4. ރަނދަ

    ނމމމ. ތިޔަ ދެންނެވީ ވަރަށްބޮޑަށް ޔަޤީންކުރެވޭ ވާަހަކައެއް ކަމަށް ޤަބޫލު ކުރަން.

    1
    1
  5. ވޯޓުވަގު

    ވަގުތައް ގޮވާލަން ދުނުޔެ އެކަމާ ހިތާމަ ފާޅުކުރިޔަސް ޔަހޫދީން މުސްކިމުންނާދެކޮޅައް ހިންގާ ތިކަހަލަ ޖަރީމާތަކައް ވަގުތު ހުސްބޭކާރު ނުކުރުމައް އަންނި ހާދަށު ދަރަޖަޔައް ނުވެޓުމައް

    3
    1
  6. ،ޝިހާ

    ޥަގުތައް ހަމަސާބަސް ކުރިއަށް ވަގުތު ތެދުވެރި ކަމާއި ހިތްވަރާއި އެކު ކޮންމެ ބައެއްގެ ޚަބަރެއްވިޔަސް ގެނެސްދޭތި!މިތިބީ ވަގުތާއި އެކު.

    1
    1
  7. އަޑުގަދަމީހާ

    08:40 ބޮމުގެ ހަމަލާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު 290 އަށް އަރައިފި. ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރު ކޮށްފައިވޭ.

    ކޮން 2018 އެކޭ މި ކިޔަނީ؟؟؟؟
    ވަގުތު މީ އަޅުގަނޑުގެ އެންމެ މަޤުބޫލް ނޫސް.. ސާބަހޭ ވަގުތު ކުދިންނަށް.

    1
    1
    • އިސްތަ

      ބަލަ ރަނގަޅު ކުރީމަ ނުފެންނާނެ އެންނު، ހަމަ މީހަކާ ދިމާލައް އެއްޗެއް ބުނެވޭތޯ ބަލާތި

      1
      1
  8. ހަބީ

    ޔަގީން މުސްލިމު ބަޔަކު ތިޔަވަރުގެ ގެއްލުމެް ބަޔަކަށް ނުދޭނެ. އަމުދުން ބަޔަކު މަރުވާނެ ފަދަ ކަމެއް ނުކުރާނެ. އިސްލާމް ދީނަކީ ސުލްހައިގެ ދީން. އެއީ އެންމެން ދަންނަ ކަމެއް.

    2
    1
    • ގަމާރުމޯލްޑިވިއަންއަ

      ޔަގީންތަ

  9. ،،،

    ....

  10. ޑާޑާޑާޑާ

    ލަންކާގައި ދިވެހިން ދިރިއުޅޭ ގެތައް ފާސް ކުރާނަމަ އެއީ މަމެން ވަރަށް ކަން ބޮޑުވާ ކަމެކޭ އެކަމަކު ދިވެހި ސަރުކާރުން ވެސް ޖެހޭނީ މިކަމުގައި ލަންކާ އަށް ވެސް ފުރިހަމަ އަށް އެއްބާރުލުން ދޭން އެއިރުން ދިވެހިން އުޅޭ ގެއަކުން މިއިން އެއްވެސް އަލާމާތެއް ނުފެނިއްޖެނަމަ ދެން ދިވެހިންގެ އަގު އަރައިގެންދާނެއޭ މަމެންނަށް ޔަގީނޭ ނުފެންނާނެ ކަން ޓު މީ އައި އޭ ޝުއަރ އޮފް ދިސް އައި ކޭން ސޭ އިޓް ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ....

  11. ތޭރަ

    ބައެއްމީހުން ބުނާގޮތުން ހީވަނީ ފަހުން އަދި ދިވެހިންގެ އަތެއް އޮތޭ ކިޔައި ވާގަކަގަނޑެއް އެނބުރި ދާނެކަމަށް... ބަލަ ސިންހަޅަޔާ ތަމަޅައިން 2009 އަކާއި ޖެހެންދެން މެރިމީހުނާއި ގޮއްވިހާ ގޮއްވުންތަކަކީވެސް ދިވެހިންގެ އަތެއް އޮވެގެންނޭ ކިޔަންވީނު