އަވައްޓެރި ސްރީލަންކާގައި އިއްޔެ ދިން ވަރުގަދަ ނިރުބުވެރި ހަމަލާތަކާއި ގުޅިގެން އެގައުމަށް ލިބިފައިވާ ހިތާމާއިގައި ބައިވެރިވުމުގެ ގޮތުން ފްރާންސްގެ ޕެރިހުގައި ހުންނަ އެފިލް ޓަވަރުގެ ހުރިހާ ބޮކިތަކެއް ނިއްވާލާ މުޅި ޓަވަރު އަނދިރި ކޮށްލައިފިއެވެ.

ލަންކާ އަށް އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މައްޗަށް އަރާފައެވެ.

އެފިލް ޓަވަރުގެ ޓްވިޓާ ހޭންޑަލް އިން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ "މިރޭ 12:00 އިން ފެށިގެން އަހަރެން ހުރިހާ ލައިޓެއް މިނިއްވާލަނީ ސްރީލަންކާ އަށް ދިން ހަމަލާގައި އަނިޔާ ލިބުނު މީހުންނަށް އިހްތިރާމް އަދާކުރުމުގެ ގޮތުންނެވެ."

އެފިލް ޓަވަރު ވަނީ މީގެ ކުރިން ވެސް ނިރުބުވެރި ހަމަލާތަކާއި ގުޅިގެން ލައިޓްތައް ނިއްވާލާ އަނދިރި ކޮށްލާފައެވެ. އެގޮތުން 2017 ވަނަ އަހަރު މެންޗެސްޓާގެ ކޮންސެޓަކަށް ބޮމުގެ ހަމަލާއެއްދީ 22 މީހުން މަރާލި ހަމަލާ އާއި 2015 ވަނަ އަހަރު ޗާލީ ހެބްޑޯ ނޫހަށް ދިން ހަމަލާ އާއި 2015 ވަނަ އަހަރު ޕެރިހުގެ ހަ ސަރަހައްދެއްގައި ދިން ހަމަލާތަކާއި ގުޅިގެން ވެސް ޓަވަރުގެ ލައިޓްތައް ނިއްވާލާ، މުޅި ޓަވަރު އަނދިރި ކޮށްލިއެވެ.

އިއްޔެ ލަންކާގެ އަށް ސަރަހައްދެއްގައި ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާއި ގުޅިގެން މުޅި ދުނިޔެ އިން ދަނީ އެހިތާމައިގައި ބައިވެރިވަމުންނެވެ.

ލަންކާ އަށް ދިން ހަމަލާތަކުގެ ފަހަތުގައި ތިބި ބަޔަކު ހޯދަން ތަޙްޤީޤު ފަށާފައި ވާއިރު މިހާތަނަށް 13 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާދަމުގެ ދަރި

    ސްރީލަންކާގެ ޕެރިހުގަތަ

    2
    2
  2. ޒާ

    ދިވެހިރާއްޖެއަކީ ނުލާހިކު ގާތް ރަހްމަތްތެރި ގައުމެއް. އެކަމަކު މިގައުމުން އެ ހިތާމައިގާ ބައިވެރިވާން ކުރިކަމެއް ނެތް. ގައުމުގެ ވެރިމީހާވެސް އުޅެނީ އިންޑިއާގައި ކުރިކެޓްމެޗުބަލާ މަޖާނަގަން. ލަދުކޮބާ؟

    9
    2
  3. މުޙައްމަދު

    ކުޑަމިންވަރުން ޑިފެންސް މިނިސްޓްރީގެ ބޮޑު ސްކުރީނަށް ފޮޅުވަތެންހާ މިންވަރުވެސް އަރުވާލާކަށްނުކެރުނު. ކީއްކުރާނީ.

    7
    2
  4. ސުވާލު

    ކީއްވެބާ ފަލަސްތީނަށް ބޮންއަޅާތީ ތިޔަ އެފިލް ޓަވަރެއް ނުނިއްވަނީ؟