ސްރީ ލަންކާގެ އަށް ސަރަހައްދަކަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ "ނޭޝަނަލް ތައުހީދު" ނަމަކަށް ކިޔާ ޖަމާއަތެއް ކަމަށް އެގައުމުގެ ކެބިނެޓް މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.

ރިޔާސީ ގަނޑުވަރުގައި ބޭއްވި ޕްރެސްއެއްގައި އެކަން ހާމަ ކުރައްވާފައިވާ އިރު، އެކަން ކޮށްފައި ވަނީ ސީދާ އެ ޖަމާއަތުން އެކަނި ކަމެއް ބުނަން ނޭނގެއެވެ. ކެބިނެޓް މިނިސްޓަރު ރަޖިތުނާ ސެނަރަޓުނޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖާނޫ ފިދާވުމުގެ ހަމަލާތަކުގައި އަމިއްލައަށް މަރުވެގެން ހަމަލާ ދިނީ މުޅިންވެސް ލަންކާ މީހުން ކަމަށެވެ.

ލަންކާގެ އަށް ސަރަހައްދަކަށް ދިން ހަމަލާތަކާއެކު އެގައުމަށް ވަނީ އާދަޔާ ހިލާފް ބިރުވެރިކަމެއް ކުރިމަތިވެފައެވެ. ގައުމުގައި ކާފިއު އިއުލާން ކޮށްފައިވާ އިރު، ދަތުރު ފަތުރުގެ ބައެއް ވިއުގަތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެކަމުގެ ސަބަބުން އެގައުމުގެ އާންމު ރައްޔިތުންނަށް ބައެއް ދަތިތަކާ ކުރިމަތިލާން ޖެހުނު އިރު، އެގައުމުގެ ދިރިއުޅޭ ދިވެހިންގެ ބައެއް މީހުންނަށްވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

ލަންކާއަށް އިއްޔެ ދިން ނިރުބަވެރި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާ އިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ކޮބައި ހީވޭ! އޭރުވެސް ބުނީމެއްނު ތިއީ ރޯދަމަހާ ދިމާކޮށް އިސްލާމުން ބޮލަށް ކަނޑާލަން ކުރިކަމެކޭ! މަށަށް ޔަޤީން ތިއީ ލަންކާ ސަރުކާރު ރާވައިގެން ހިންގި ކަމެއް!

  2. އަހްމަދު

    ތިއޮތީ ބޮޑުތަނުގާޖެހިފާ. މުސްލިމުންގެ ބޮލަށް ކަނޑާވަށްޓާލި.

  3. ޢާދަނު

    ބޮޑުބަލާސޭނާމެން އަޑީގަތިބެގެން ކުރުވި ކަމެތް ދެންކީއްވެ ބުދު ބަހައްޓާފަހުރި ތަންތަނަށްހަމަލާދީފަނެތީ ތިކަމުގަސުވާލު އުފެދޭއެތައްކަމެތްއެބަހުރި

  4. ޢެކަމަކު

    ޙައްދުފަހަނައަޅާފައިވާ މުސްލިމުން އުޅޭކަމީވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް ، އެކަމަކު އެއީ ހުރިހާ މުސްލިމުން ކުށްވެރިވާނެ ކަމެއްނޫން ... ފާޑުފާޑުގެ ފިކުރުތަކުގެމީހުން ރާއްޖޭގައިވެސް އެބަ އުޅޭ ، އަމިއްލަ ސިކުޑިން ވިސްނާލިޔަސް މިއީ ކުރެވިގެންވާނެކަމެއްްނޫން..
    މިއީ ވަރަށް ފާރަވެރިވެ އުޅެންޖެހޭ ޒަމާނެއް ، އިސްލާމްދީނުގެ އަދުއްވުން މުސްލިމުންގެ ނަމުގައި ތިބޭ މީހުން ލައްވައިވެސް މުސްލިމުން ބައިބައިކުރަން މިފަދަ ފިކުރުތައް ފަތުރަމުން އެބަ ގެންދޭ ،( މިދައްކަނީ މަދީނާއިން ރާއްޖެ ކިޔަވައިން އައިސްތިބި ޝެއިހުންގެވާހަކައެއްނޫން .. ) ދީނުގެ އަދުއްވުން މިހާރު ކުޅެނީ ސިކުނޑިއާ ، އެމީހުންގެ ހަގުރާމަޔަކީ ފިކުރީ ހަނގުރާމަ..!!!!

    2
    2
  5. ނަމުން މުސްލިމު

    މުސްލިމުންގެ ބޮލަށް ނުޖެހޭ އެއްޗެއް ކަނޑާކަށެއް.
    ދީނުގެ ނަމުގަ މުސްލިމު ނަންނަން ކިޔާ ޙައިވާނުން ގެންދަނީ އިސްލާމީ އުއްމަތަށް ބޮޑެތި ގެއްލުން ދެމުން! އަޑީގަ ކޮންމެ ބަޔަކު ތިއްބަސް ފުރިހަމަ މިސްލިމަކު ކުށެއްނެތް އިންސާނުން ރަޙްމެއްނެތި ނުމަރާނެ! އެއީ މުސްލިމުންނެއް ނޫން!

    7
    2