ފިލިޕީންއަށް 6.3 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެެއެވެ.

މި ބިންހެލުން އައިސްފައި ވަނީ މަނިއްލާއަށެވެ. އެ ބިންހެލުމާއި ގުޅިގެން އެ ސިޓީގެ އިމާރާތްތަކަށް އަސަރުކުރި ކަމަށް ވެއެވެ. އެގޮތުން އިމާރަތައް ގުޑާ، ބައެއް އިމާރާތްތަކުން މީހުންވެސް ހުސްކޮށްފައިވެއެވެ.

25 މޭލު އަޑިއަށް އައި އެ ބިންހެލުމުގައި އެއްވެސް މީހަކަށް އަދި ތަނަކަށް ބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް މެއިން ހައިވޭ އާއި އެއާޕޯޓުގެ ރަންވޭއަށް ގެއްލުމެއް ލިބުނުތޯ ބަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ލުޒުއަން އައިލެންޑްގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިއަދު މެންދުރު އެ ސިޓީއަށް އައި ބިންހެލުމުގައި ބައެއް އޮފީސްތަކުން މީހުން ހުސްކުރިއިރު، އެ މީހުން ތިބީ މަގުމަތީގައެވެ.

އެ ބިންހެލުމާއި، ގުޅިގެން އާފްޓާ ޝޮކް އަދި ގެއްލުންތަކެއް ލިބިދާނެކަމުގެ ބިރު އެބައޮތެވެ. އަދި މި ބިންހެލުމާއި ގުޅިގެން ބަޔަކަށް ގެއްލުންވިތޯ ބެލުމުގެ ކަންކަން ސިވިލް ޑިފެންސް ޔުނިޓުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު