އަވައްޓެރި ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހަލަތު އިއުލަނުކުރިނަމަވެސް، އެއަށް އަމަލު ކުރަން ފަށާނީ މިރޭ 12:00 އިން ފެށިގެންނެވެ.

އެ ގައުމުގެ ރައީސް ސިރިސޭނާގެ އޮފީހުން އެކަން އިއުލާނުކޮށްފައި މި ވަނީ، އިއްޔެގެ އެ ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 290 އަަށް އަރައިރު، އެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 500 އަށް ވުރެ ގިނަވެފައިވަނިކޮށެވެ.

"ސްރީލަންކާގެ ސަރުކާރުން ވަނީ ނިރުބަވެރި ހަމަލާތަކުން ސަލާމަތްވާނެ ވަކި ގަނޫނެއް، މިރޭ ދަންވަރުގެ ކުރިން ގެޒެޓް ކުރުމަށް ނިންމާފައި". އެ ގައުމުގެ ރައީސްގެ މީޑިއާ ޔުނިޓުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އަދި މި ނިންމެވުމަކީ ނިރުބަވެރިކަމާއި ދެކޮޅަށް ނިންމެވި ނިންމުމެއްކަމަށްވެސް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ވަނީ ދީފައެވެ.

އެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އިއްޔެ އެ ގައުމަށް ދިން އެ ހަަމަލާ އެ ގައުމުގެ އަށް ސަރަހައްދަކަށް ވަނީ ދީފައެވެ. އޭގެ ތެރޭގައި ފައްޅިތަކާއި، ހޮޓާ ހިމެނެއެެވެ. އެ ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ "ނޭޝަނަލް ތައުހީދު" ނަމަކަށް ކިޔާ ޖަމާއަތެއް ކަމަށް އެގައުމުގެ ކެބިނެޓް މިނިސްޓަރަކު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަފްލާ

    އަދި ބުނާނެ އެއީ ޙިޒްބްﷲ ޖަމާޢަތުގެ މީހުންނޭވެސް މުސްލިމުން ބޮލުގަ ކޮންމެ ކަމެއް ތިހާ ބިރު ގަނނަންޏާ ކަލޭމެންއަޅުކަންކުރާ ބުދުތަކައް ކާންދީ ފެންވަރުވާފަ ނިންދަވަން ވީނުން