ސްރީ ލަންކާގެ އަށް ސަރަހައްދަކަށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 290 އަށް އަރާފައެވެ. އެތައް ޒަމާނެއް ވަންދެން ދާހިލީ ހަނގުރާމަ ހިނގި ލަންކާއަށް އިއްޔެއަކީ، ހަނގުރާމަ ނިމުނުތާ 10 އަހަރު ފަހުން ކުރިމަތިވި އެންމެ ކަޅު ދުވަހެވެ. ވެރިރަށް ކޮޅުނބުގައިވެސް އެތައް ތަނަކަށް ހަމަލާދީ، އެތައް ބައެއްގެ ލޭ އޮހޮރުވާލާފައިވާ އިރު، އެކަން ކުރިކަމަށް ސަރުކާރުން ތުހުމަތު ކޮށްފައި ވަނީ އެގައުމުގެ ޖަމާއަތަކަށެވެ.

"ނޭޝަނަލް ތައުހީދު"ގެ ނަމުގައި މުސްލިމުން ކަމަށް ހެދިގެން އުޅޭ އެ ޖަމާއަތުން ހަމަލާތައް ދިން ކަމަށް ލަންކާ ސަރުކާރުން ބުނެފައިވާ އިރު، އެ ޖަމާއަތުގެ ބައެއް ބޮޑެތި މީހުން ވަނީ ހައްޔަރު ކޮށްފައެވެ. ލަންކާގެ މުސްލިމް ކޮމިއުނިޓީގެ ނައިބު ރައީސް ހިލްމީ އަހުމަދު ބުނެފައި ވަނީ މުސްލިމުންގެ ނަން ކިލަނބު ކުރުމަށް މަސައްކަތް ކުރާ "ނޭޝަނަލް ތައުހީދު" ޖަމާއަތަކީ އަބަދުވެސް އެފަދަ ކަންކަމަށް ހިތްވަރު ދޭ ބައެއް ކަމަށެވެ.

"މުސްލިމުން ނޫން އެހެން ދީން ތަކުގެ މީހުން މަރަން ހިތްވަރުދޭ ބައެއް އެ ޖަމާއަތަކީ. އެއީ މުސްލިމުންގެ ނަމުގައި މީހުން މަރަން ހިތްވަރުދޭ، މުސްލިމުންގެ ނަން ކިލަނބުކުރަން މަސައްކަތް ކުރާ ބައެއް. އަހަރެން އަމިއްލައަށް ގޮސް ފުލުހުންނަށް އެ ގްރޫޕްގެ ހުރިހާ މީހުންގެ މައުލޫމާތު މީގެ ތިން އަހަރުކުރިން ވާނީ ފުލުހުންނާ ހިއްސާ ކޮށްފައި. މީހުންގެ ނަންތައްވެސް ވަކިން ދިނިން. އެކަމަކު ފުލުހުން އެކަމަށް އަޅާލުމެއް ނުބެހެއްޓި،" ހިލްމީ ބުނެފައިވެއެވެ.

ހިލްމީ ބުނެފައި ވަނީ އެ ގްރޫޕްގެ ހުރިހާ މީހުންނަކީ ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ މީހުން ނޫން ނަމަވެސް، އެ ހުރިހާ މީހުންގެވެސް ވިސްނުން ހުންނަނީ އެފަދަ ގޮތަކަށް ކަމަށެވެ. އަދި އެމީހުން މިހާރު އޮޕަރޭޓް ކުރަމުން ދަނީ މުުޅި ގައުމުގައި އެކިއެކި ބައިބަޔަށް ބެހިގެން ކަމަށްވެސް ހިލްމީ ބުންޏެވެ.

ލަންކާއަށް ކުރިމަތިވި ބޮޑު ބިރުވެރިކަމާއެކު އެގައުމުގައި ކާފިއު އިއުލާން ކޮށްފައިވާ އިރު، މިރޭން ފެށިގެން ލަންކާގައި ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢާން

    ތިމީހުން އިސްލާހުނުވިއްޔާ ފަހާބޭރުކުރޭ!! މުޅި އިންސާނިއްޔަތައްހުރި ނުރައްކަލެއް ތިއީ .. ޔަގީންއެމީހުންގެ މޮޅުވާހަކައަށް ހެއްލިގަނެގެން ސުވަރުގެދާން ޖާނުން ފިދާވިބަޔަކު އިއްޔެ އެހަމަލާތައް އެދިނީ ... ޢެމީހުންގެވެރިން ޖާނުންފިދާވޭތޯބަލާބަ !! ތިއެންމެންޖެހޭ އިންސާފުގެކުރިމައްޗައް ގެންނަން ...

  2. ނަން

    ފެށުނީއްސުރެ މިއީ މިމީހުންނާބެހޭގޮތުން ލިޔަންވާގޮތް.... ""ނޭޝަނަލް ތައުހީދު"ގެ ނަމުގައި މުސްލިމުން ކަމަށް ހެދިގެން އުޅޭ އެ ޖަމާއަތުން"

    • މޯލްޑިވިޔަން

      އެއީ ހަމ މުސްލިމުން.ކަލޭމެންގެ ލަދު ހަޔާތް ކޮބާ މުސްލިމުން ގެ ނަން ކިލަބު ކުރަން ދައްކާ ވާހަކަ.ތަުހީދުގެ މާނަ އިނގޭ ތަ

  3. ހެޔޮބަސް

    މުސްލިމުންގެނަން ކިލަނގުކުރުމަކީ އިސްލާމްދީނާދުޝްމަންވާފަރާތްތަކުން އަބަދުވެސްކެނޑިނޭޅި
    ކުރަމުންދާކަމެއް ނަމަވެސް ފުރިހަަމަސިކުނޑިއަކުން އިންސާފުވެރިކަމާއެކު ވިސްނާލުންއެގޭނެ
    އެންމެއިންސާފުވެރި ތެދުވެރި ކުލުނުހުރި ހަމަހަމަ ތެދުވެރިދީނަކީ ﷲބާވާލެއްވި އިސްލާމްދީންކަން
    އިސްލާމްދީނުގެ އެއްވެސްކަމެއްގޯހެއްނުވާނެ އެދީނުގައި ނުހައްގުންމީހުންމެރުމާ ތަންތަންގޮއްވާ
    ހުޅުޖެހުމާ ބައެއްގެހައްގުތަކަށްއަރައިގަތުމާ ވައްކަންކުރުމާ ޒިނޭކުރުމާ އަދިވެސްނުބައިވެގެންވާ
    ހުރިހާކަމެއްހުއްދައެއްނުވާނެ ގޯސްވަނީ އިންސާނުން ހިތާމައަކީދިވެހިރާއްޖޭގައިވެސް މުސްލިމުންގެ
    ނަންކިލަބުކުރަން މަސައްކަތްކުރާބަޔަކުވާތީ