ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ތެރެއިން ޝަންގްރިއްލާ ހޮޓަލުގައި ޖާނުންފިދާވި މީހާ އާއި އޭނާގެ އާއިލާގެ ދެ މެންބަރުން ވެސް ޖާނުންފިދާވި ކަމަށް ލަންކާ ފުލުހުން މިއަދު ކޯޓުގައި ބުނެފިއެވެ.

ބޮމުގެ ހަމަލާތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ގޮތުން ބޭއްވި ޝަރީޢަތުގައި ފުލުހުން ބުނީ ޝަންގްރިއްލާ ހޮޓަލުގައި ބޮމުގެ ހަމަލާ ދިނުމަށް ޖާނު ގޮއްވާލީ އިންސާން ސީލަވަން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

މިހަމަލާ ދިނުމުގައި އޭނާގެ އަނބިމީހާ އާއި ބޭބެ ވެސް ބައިވެރިވި ކަމަށާއި އެ ދެ މީހުން ވެސް ޖާނުންފިދާ ވެގެން މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސީލަވަންގެ އަނބިމީހާ އާއި ބޭބެ މަރުވީ ސީލަވަންގެ ގެއަށް ފުލުހުން ދިއުމުން ފުލުހުން އެމީހުން ހައްޔަރު ކުރުމުގެ ކުރިން ޖާނު ގޮއްވާލައިގެންނެވެ. އެ ހަމަލާގައި ތިން ފުލުހަކު ވެސް މަރުވިއެވެ.

ސީލަވަން އަކީ ރަތުލޯ އުފައްދާ ކާރުހާނާއެއް ހިންގާ މީހެއް ކަމަށާއި އެކާރުހާނާ އިން ބޮމުގެ ހަމަލާ އާއި ގުޅުން ހުރި ކަމަށް ބެލެވޭ ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަޙްޤީޤު އަދިވެސް ކުރިއަށްދާ ކަމަށާއި ހައްޔަރު ކޮށްފައިވާ މީހުންނާއި ބޮމުގެ ހަމަލާ އާއި ގުޅުވޭނެ ހެކިތައް މިހާރު ވެސް ލިބިފައިވާ ކަމަށެވެ.

ބޮމުގެ ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ސީލަވަންގެ ބައްޕަ ވެސް ހިމެނޭ ކަމަށް ވެއެވެ. އަދި އޭނާ އާއި ގުޅުން ހުރި އަންހެނުންތަކަކާއި ޒުވާން ފިރިހެނަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ބުނެއެވެ.

ސީލަވަންގެ ގެ ފުލުހުން މިއަދު ފާސް ކުރަމުން ދަނިކޮށް އެގެ ކައިރީގައި އޮތް ލަގްޒަރީ ކާރެއް ފެނިގެން އެކާރު ވެސް ފާސްކޮށްފައި ވެއެވެ. ކާރުގެ ތެރެއިން ވަނީ ސިނަމަން ގްރާންޑް ހޮޓެލްގެ ފެން ފުޅިއެއް ފެނިފައެވެ.

ސީލަވަންގެ ގެ ފާސްކުރަމުން ދިޔަ އިރު އެމަންޒަރު ވީޑިއޯ ކުރި މީހަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޭކްސްތާން

    ލަންކާގެ ހަމަލާއިން ލިބޭ ފިލާވަޅަކީ އެއޮއް ބޮޑު ގައުމުގައި އެމީހުންގެ ވަރުގަދަ ކަމަށް ބުނާ އިންޓެލިޖެންސް ފެއިލް ވެފައިވާކަން. ވަރުގަދަ ހަަމަލާތަކެއް ފުލުފުލުން ދިންއިރު ނިބުރަވެރިން ވަރަށް ގިނަ ރޭވުންތައް ރާވާނެ. މިއީ ޕްރީ ޕްލޭންޑް.އެޓޭކްތަކެއް. މުއާސަލާތީ އެކިއެކި މުއާމަލާތް ކުރާނެ. މިއިން ކަމެއް އިންޓަލިޖެންސަށް ނޭންގި އޮތް ކަމީ ހައިރާންވާވަރުގެ ކަމެއް. ދިވެހި ނޫސްވެރިން ވެއްޖެދޯ ކޮޕީ ޕޭސްޓް ކުރުމުގެ ބަދަލުގައި މިބާވަތުގެ ވިސްނުމުގައި އަހަރެމެންގެ އިންޓަލިޖެންސް އޮތް ހިސާބެއް ބަލާލާ އާންމުން ހޭލުންތެރި ކުރުވަނިވި ކަހަލަ ރިޕޯޓްތަކެއް ލިޔަން.

    4
    3
  2. މީވެސް ހިޔަޅު

    ދިވެހިރާއްޖެ އަންޑާ ވަޗްލިސްޓް

    3
    1
  3. އާންމުން

    އެއް އާއިލާއަކުން ތިވަރުގެ ކަމެއްކުރަންޖެހުނު ސަބަބެއް ހޯދާނެކަމަށް އުންމީދުކުރަން

    20
    1