މިިދިޔަ އާދީއްތަ ދުވަހު އަވައްޓެރި ސްރީލަންކާގައި ދެވުނު ނިރުބަވެރި ހަމަލާގައި މަރުވި މީހުން އަދަދު ވަނީ 310 އަކަށް އަރާފައެވެ. އަދި މިހަމަލާގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 400އަށް އަރާފައެވެ.

ހަމަލާގައި އަނބިމީހާއާއި ފަސް އަހަރުގެ ދަރިފުޅު ގެއްލިގެން ހޯދަމުން ދިޔަ އޮސްޓްރޭލިއާގެ ފިރިހެނެއް ވަނީ އެދުވަހު ކަންތައްވެގެން ދިޔަގޮތް އޭބީސީ ނެޓްއާ ހިއްސާކޮށްފައެވެ.

އޮސްޓްރޭލިއާގެ މީހާ، ކޮލޮނޭ ބުނެފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅު އެދުވަހުގެ އީސްޓަރ ސާވިސްއަށް ޗާރޗްއަށް ދިޔައީ ވަރަށް އުފަލުން ކަމަށެވެ. އެދުވަހުގެ ހާދިސާ ކިޔާދެމުން އޭނާ ބުނެފައިވަނީ އެދުވަހު ސާވިސްއަށްފަހު އޭނާ އަންހެނުންނާއި ދަރިންނަށް ވުރެ ކުރިން ބޭރަން ނުކުތް ކަމަށާއި، އިރުކޮޅެއްގެ ތެރޭގައި ބާރުގަދަ އަޑެއް އިވުނުކަމަށެވެ.

ލިބިފައިވާ ޝޮކުން އަރާގަތުމަތް ފަހު އަވަހަށް ޗާރޗްގެ އެރެއެއަށް ވަދެ އަންހެނުންނާއި ދަރިފުޅު ފެނޭތޯ ބެލިކަމަށް ކޮލޮނޭ ބުންޏެވެ. ކޮލޮނޭ ބުނީ އޭނާއަށް ފުރަތަމަ ފެނުނީ ލޭން ތަތްތެޅިފައިވާ ފަސް އަހަރުގެ ދަރިފުޅު ކަމަށެވެ. ދަރިފުޅު ނަގާ އުނގައްލި އިރުވެސް ދަރުފުޅުގެ ފުރާނަ ނެތްކަމުގައި އޭނާ ބުންޏެވެ. އަދި ދަރިފުޅުގެ ކާރީގައި ލޯބިވާ އަންހެނުންވެސް އޮތީ އެއަށްވުރެވެސް ހާލު ދެރަކޮށް، މުޅި މީހާ ލޭން ފޯވެ، މަރުވެފައި ކަމަށް އޭނާ ބުނެފައި ވެއެވެ.

ކޮލޮނޭގެ އާއިލާއަކީ އޮސްޓްރޭލިއާގެ މެލްބޮރޯން އަށް ނިސްބަތްވާ އާއިލާއެކެވެ. އަންހެނުންގެ ވިޔަފާރި ކުރި އެރުވުމަށްޓަކާއި ލަންކާ އަށް ބަދަލުވެފައިވަނީ 2014 ވަނަ އަހަރުގައެވެ. އޮސްޓްރޭލިއާގައި އުޅޭ އާއިލާގެ ރައްޓެހިން ބުނެފައިވަނީ ކޮލޮނޭގެ އަންހެނުން ދުރިއާށީއަކީ ވަރަށް ރަނގަޅު އަބަދުވެސް ހިނިތުންވެ ހުންނަ މީހެއްކަމުގައެވެ.

ސްރީލަންކާގައި ހިނގާދިޔަ މި ނުރައްކާތެރި ހާދިސާއާއި ގުޅިގެން އޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރ ސޮކްޓް މޮރިސަން އިއްޔެ ވަނީ އާއިލާއަށް ގުޅާ ތައުޒިޔާ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޞުރާ

    ފަލަސްތީނު އަދި ޔަމަން އަދި ސީރިޔާގެ ހާލަތު ލިޔެލަދީބަލަ

    22
    2
    • ޚަލެުލލ

      ކޮމްމެ ގައުމެއްގައި ވެސް މަރުމިވަނީ އިންސާނުން ކަން ހަނދާން ނައްތާ ނުލައި

  2. Anonymous

    އެ ކުއްޖާގެ އުމުރަކީ 10. އުޅެނީ ގްރޭޑް. 5ގަ

    12
    3
  3. އަޅުގަނޑު

    ސުބުހާނަﷲ