ލޮރީ އަކާއި ވޭނެއްގައި ގޮވާތަކެތި އުފުލާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ލަންކާގެ ފުލުހުން އެލާޓަށް ގެނެސްފި އެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ކޮލޮންބޯގެ ހުރިހާ ފުލުސް ސްޓޭޝަނެއް އެލާޓަށް ގެނެސްފައިވާ ކަމަށާއި، ލޮރީ އަކާ ވޭނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. އަދި ތިން ސައިކަލެއްގައިވެސް ގޮވާ ޒާތުގެ އެއްޗެހި އެތެރެ ކުރާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި މިތަކެތި ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ލަންކާގައި ރޭ 12 އިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. މީގެ އިތުރުން ބޮމުގެ ހަމަލާތަކަށް ފަހު ސިފައިންނާއި ފުލުހުންނަށް އިތުރު ބާރުތައް ދީފައިވާ ކަމަށެވެ. ތަންތަން ބަލާ ފާސްކުރުމާއި މީހުން ހައްޔަރު ކުރުމުގެ ބާރުތައް ސަލާމަތީ ބާރުތަކަށް ވަނީ ދީފަ އެވެ. ސްރީ ލަންކާގެ ފައްޅިތަކާއި މަޝްހޫރު ހޮޓާތަކުގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 321 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު