ލަންކާގެ އަށް ސަރަހައްދަކަށް ހަމަލާދީ، އެތަކެއް ބައެއް މަރާލި ކަމުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް)އިން އުފުލައިފިއެވެ.

އައިއެސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޖަމާއަތުން ހަމަލާތައް ދެނީ އެޖަމާއަތުގެ މީހުންނަށް ހަމަލާދޭ ގައުމުތަކުގެ މީހުންނަށް ކަމަށެވެ. އޭގެ އިތުރުން ދެން އެޖަމާއަތުން ހަމަލާ ދެނީ ކްރިސްޓިއަނުންނަށް ކަމަށެވެ.

އައިސް ޖަމާއަތަކީ އިސްލާމުންގެ ނަމުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާއަތެކެވެ. އެ ޖަމާއަތުން ވަނީ ދީނުގެ ނަން ބޭނުންކޮށް، ބޮޑެތި ގަތުލް އާންމުތަކަށް ހިތްވަރު ދީފައެވެ.

ލަންކާގެ އަށް ތަނަކަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާ އިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. ޖާނުން ފިދާވުމުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ މަޝްހޫރު ހޮޓެލްތަކުގެ އިތުރުން ކްރިސްޓިއަން ޗާޗުތަކަށެވެ. ހަމަލާ ދިން ދުވަހަކީ ކްރިސްޓިއަނުންގެ އީސްޓާ ފާހަގަކުރި ދުވަސް ކަމަށްވާ އިރު، އެ ހަމަލާތައް ދިނީ އެކައުމުގައި އެއްވެ އުޅުނު ސަރަހައްދުތަކަށް އަމާޒުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަޖައިބު

    އައި އެސް އަކީ މުސްލިމުންގެ ނަމުގަ އުޅޭ ޔަހޫދީން އެމީހުންގެ މަގުސަދަކީ މުސްލިމުން ބްލޭމް ކުރުން. ނަޝީދު ވެސް ދެކެނީ ތުނބުޅި ދިގިއްޔާ އައި އެސް މީހެއްގެގޮތުގަ.ބޮން ގޮއްވާ މީހެއްގެ ގޮތުގަ

    13
    9
  2. ދޖދ

    ނައްތާލި ބަޔަކު އެހާ އަވަހަށް އެބުރި އައީތަ؟

    28
    2
  3. އިއްބެ

    ތީ ގަމާރު ބައެއް އައިއެސް ގެ ފެންވަރެއް ނޫން މާ މޮޅު ބަޔަކައް ހެދިގެން ޒިންމާ ނަގާނެ ކަމެއް ނެތް ތީ ހަމަ ތަމަޅައިން

    10
    5
  4. ރާބޮޑޭ

    ތިޔައީ މުސްލިމުންނެއް ނޫނެވެ ތިޔައީ ރަތްލާޖެހި ޔަހޫދީޖަމާޢަތެކެވެ ހެއްކަކީ ތިމީހުން ދުވަހަކުވެސް ޔަހުދީންނަށް ހަމަލާދީފައިނުވާތީއެވެ އަމާޒުފަތްގަނޑަކަށް ހަދަނީ ކްރިސްޓިއަނުންނާއި މުސްލިމުން ނެވެ

    17
    5
  5. ޒާ

    އިސްލާމް ދީނަށް އޮތް ނުރައްކަލެއް. މުސްލިމުންގެ ގަދަރާއި އަބުރު ނަގާލާ ބައިގަނޑެއް.