ލަންކާގައި މޫނު ބުރުގާ އަޅައިގެން އުޅުމަކީ ޤާނޫނީ ގޮތުން މަނާކަމެއްގެ ގޮތުގައި ހެދުމަށް ބިލެއް ހުށައެޅުމަށް ނިންމައިފިއެވެ.

ލަންކާގެ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ މެންބަރެއް ކަމަށް ވާ ޕްރަފެސަރ އަޝޫ މަރަސިންގ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އާއްމު ތަންތާންގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް ޤާނޫން ހަދާ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށާއި މިކަން ކުރުމަށް ނިންމާފައިވަނީ ލަންކާގެ އާއްމު ސަލާމަތީ ރައްކާތެރި ކަމަށް ކަމަށެވެ.

އޭނާގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ، މޫނު ބުރުޤާ އެޅުމަކީ އިސްލާމީ ޘަޤާފަތެއް ނޫން ކަމަށާއި އަދި މޫނު ބުރުގާ އަޅައިގެން އެތަކެއް ފަހަރަކު ޓެރެރިޒަމްގެ އަމަލުތައް ހިންގަމުން އަންނަ ކަމަށެވެ. އަދި މޫނު ބުރުޤާ އެޅުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ލަންކާގެ ސިޔާސީ މަޝްރަޙްގައި އުޅޭ މުސްލިމް ލީޑަރުން ބުނެފައިވާ ކަމަށްވެސް އެޕޯސްޓްގައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ، މިހާރުވެސް މޫނު ބުރުގާ އަޅައިގެން ނުވަދެވޭ ވަކި ތަންތަން ހުންނަ ކަމަށާއި މިހެންކަމުން، މޫނު ބުރުގާ ނޭޅޭނެ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. މިހާރުވެސް ލަންކާގެ ބައެއް ފިހާރަތަކަށް މޫނު ބުރުގާ އަޅައިގެން ނުވަދެވޭކަން ފާހަގަކޮށްލެވެއެވެ.

މިމޭރުމުން ބިލެއް ފާސްކުރަން ނިންމާފައިވަނީ، ލަންކާގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުން ތަކާއި ގުޅިގެނެވެ. މިގޮތުން ބަލާއިރު، ލަންކާ 2 ޗާޗެއްގައި ދިން ބޮމުގެ ހަމަލާއާއި 3 ހޮޓަލަކަށް އަމާޒުކޮށް ދިން ހަމަލާގަިއ ޖުމްލަ 321 މީހުންވަނީ މަރުވެފައެވެ.

މޫނު ބުރުޤާ އެޅުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ބުނި ނަމަވެސް، ރަސޫލުންނާއި ނަބީންގެ އަނބިކަބަލުންވެސް މޫނު ބުުރުގާ އެޅުއްވި ކަމަށް ވާރިދުވެގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަލީ

    ބުރުގާ އެޅި ބަޔަކުތަ ބޮން ގޮއްވީ

    67
    17
  2. ބާބަ

    މިގައުމުގަ ވެސް ކުރަން ވެއްޖެ ކަމެއް ތީ

    43
    144
    • ސަހަރޯ

      މިޤައުމުގަ މަނާކުރަންވީ މޫނު ބުރުގާއެވެ. ހުއްދަކުރަންވީ ބިކިނީއެވެ. ވަރަށް ސަލާމް

      98
      15
  3. މުހައްމަދު

    ތިބިލް މިހާރުން މިހާރަށް ފާސްކުރަން ގޮވާލަން

    35
    153
    • ލައި

      ކަލޭ ގޮވާގެން ކީއް ކުރެވޭނީ

      7
      1
  4. ހުސޭނާ

    ތިއީ އަސްލު މޯދީގެ ބޭނުމަކީ ....އެހެންވީމާ އެމެރިކާގެ އައިއެސް އިން ތިޔަ ގޮއްވުންތައް ގޮއްވީ ދޯ .އިސްލާމްދީން ނައްތާލުމަކީ މޯޑީގެ އެޖެންޑާ 2019 އޮތް ކަމެއް ކަމަށް ބީޖޭޕީން ފާޅުގައި އެބަ ބުނޭ.

    63
    11
  5. ޓެރޭ

    ވަރައްވެސް ނުބައި ނުލަފާ ރޭވުމެއް ، ކޮންތާކު ކާކުތޯ މޫނު ބުރުގާ އަޅާގެން މީހަކު މެރީ ނުވަތަ ޑުރަގް ވިޔަފާރި ކުރީ ކަމެއްވާ އިރައް ބުރުގާ ވަރައް އަސަރު ކުރޭތާ.

    72
    15
    • މޯލްޑިވިޔަން

      ކީކޭ ބުނަާނީ.ހަގީގަތް ގަބޫލު ނުކުރަން ތިއުޅެނީ

  6. ހާރިޘް

    ހިޖާބު އޮޅުވާލާ މުސްލިމު އަންހެނުންގެ މޫނު ކަޝްފު ކުރީ ޔަހޫދީން.

    9
    3
  7. ހިތާން

    ރަސޫލުންނާ ނަބީންގެ އަންހެނުން މޫނުބުރުގާ އަޅައިގެން މީހުންނަށް އޮޅުވާލާ ވައްކަން ކޮށް ނަހަދާ! މިހާރު އެބުރުގާއަޅައިގެން ގިނަމީހުން އޭގެ ނާޖާއިޒު ބޭނުންންކުރާތީ މައްސަލައަކީ!

    10
    2
  8. ޢަބްދުއްލަޠީފު

    ދުނިޔޭގަ އުޅޭ އެންމެ ބޮޑެތި ޓެރަރިސްޓުން އެއްވެސް ބުރުގާ އެއްނާޅާކަން މިކަލޭގެ އަށް އެގޭބާ. ދުނިޔެއަށް މީގެ ކުރިން އުފަންވެ ނިމިގޮސްފައިވާ ޓެރަރިސްޓަކުވެސް ބުރުގާ އެޅިކަމެއް ފެންނާކަށްނެތެވެ. މިސާލަކަށް. ކެމްބޯޑިއާގެ ޕޮލްޕޮޓް. ނާޒީ ޖަރުމަނުގެ ހިޓްލަރ. އެމެރިކާގެ ޖޯޖް ޑަބްލިޔޫ ބުޝް. މިހެންގޮސް ލިސްޓު ވަރަށް ދިގު ކުރެވިދާނެ. ޓޯނީ ބްލެއަރް. މީހައްތާވެސް ބުރުގާ ނާޅާ ޓެރަރިސްޓުންނެވެ. އިޒްރޭލުގެ ނަތަންޔާހޫ. ކޮބާ އަދިތަ؟

    7
    2
  9. ނޫޑުލްސް

    ހާދަ އުފާވެރި ހަބަރެކޭ. މި ގައުމުގަވެސް ތިބިލެއް ފާސް ކުރާނަމަ.

    4
    17
  10. ރަޝީދު

    ޖާހިލުން ކިތައްމެ ރުޅިއަޔަސް މި އިސްލާމްދީން ދާނީ ކުރިޔަށެވެ.ޢަދުއްވުންނަށް އޮތީ ނިކަމެތިކަމެވެ.ހިތްދަތިކަމެވެ.އިސްލާމް ދީނުގެ ޝިޢާރުތަކަށް އޮތީ ކުރިއެރުމާއި ކާމިޔާބެވެ.

    9
    1
  11. ބުރުގާ

    ޙުރިހާ ރަސޫލުން ނާއި ނަބީން ގެ ހުރިހާ އަނބި ކަބަލުން ވެސް މޫނު ބުރުގާ އެޅުއްވި ތޯ

    4
    2
    • ސަލާމަތް ވަނީ މި ބޭކަލުން އުޅުއްވި ގޮތިށް އުޅެގެން

      މި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم ގެ އަނބި ކަނބަލުންނާއި ސަހާބިއްޔާއިން ނާއި އެންމެ ހެޔޮގޮތުގައި ތިން ގަރުނުގެ ބޭކަނބަލުން އެޅުއްވި

  12. އަރީ

    މިކަމުގައި މޫނުބުރުގާ އަޅައިގެންތިބި ފިރިހެނުން ބައިވެރިވި

    2
    2
  13. ދައްޖާލު ފާޅު ނުވާނެގޮތެއް ނުވާނެ

    ލަންކާގައި މޫނު ބުރުގާ އެޅުން މަނާކުރާ ބިލެއް ހުށަހަޅަނީ.
    މަނާކުރަންޏާ މަނާކޮއްފަ ބިކިނީ ޒިނޭ އާއި އެއްޖިންސު ހުއްދަ ކުރޭ. ދެން ބުނޭ އަވައްޓެރި ގައުމަކުން އިހަކަށް ދުވަހު ހުއްދަ ކޮއްފިޔޭ. ފޭސްބުކުގައި މިބިލަކާ ބެހޭ ޕޯސްޓެއް ކުރުމުގެ މާކުރިން ވެސް މިބިލަކާ ބެހޭ ކަންކަން އޮތީ ސިއްރުން މަޝްވަރާކޮއް ނިންމާފަ. އެކަމަކު މިކަންތައްތައް ހުއްދަ ކުރަން އުޛުރަކަށް ހަދަންވެގެން، ކުށެއް ނެތް ހާދަ ގިނަބަޔަކޭ އެމަރާލީ.

    5
    1
  14. ބޮޑަށް ރައްކާތެރިކަން

    ތިމާ އަޅާ ހެދުން ކުރުވެ ގަޔަށް ބާރުވި ވަރަކަށް ތިމާއަށާއި މުޖްތަމަޢަށް ލިބޭ ރައްކާތެރިކަން ބޮޑުވަންޏާ، އެންމެ ރައްކާތެރި ގޮތަކަށް ވާނީ އެއްވެސް އެއްޗެއް ނުލާތިބިއްޔާ.

    6
    1
  15. ބޭކާރު މަސައްކަތް ހުއްޓާލާ

    ލަންކާ ސިފައިން، ފުލުހުން، ޢާއްމުން، ޓެރަރިސްޓުން، އެންމެން އެއްހެދުމެއްގައި
    ތިބެނިކޮށް ނުވަތަ އެންމެން ހެދުން ނާޅާ ތިބެނިކޮށް ޓެރަރިސްޓު އަމަލުތައް ހުއްޓުވިދާނެ ކަމަށް ލަފާކުރެވޭ.
    ވީމާ މިހާރުން މިހާރަށް ޓެރަރިސްޓުން ހުއްޓުވުމަށް އިތުރު ބޭކާރު މަސައްކަތް ކުރުން ހުއްޓާލާފާ އަހަރެން ހެދުން އަޅަންވީ ގޮތާއި އަހަރެން އިންނަންވީ މީހާ އަހަރެންނަށް ބުނެދޭށެވެ.

  16. ކޮރަލް

    މަދު ބަޔަކު ކުރާ ކަމަކުން އެތައް މިލިއަން ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.

  17. ވެލާބިސް

    ރަނގަޅު.

    2
    2
  18. ޒާ

    މުޖުތަމަޢުގައި މޫނު ބުރުގާ ނާޅާ އުޅުން އިސްލާމް ދީނުގައި ހުއްދަނަމަ އެކަން އެންމެ ރަނގަޅުހެން ހީވަނީ. މިބުނީ ދީނުގައި ހުއްދަނަމައޭ.

    3
    1