ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގެ އަށް ސަރަހައްދަކަށްދިން ނިރުބަވެރި ހަމަލާތަކާ ގުޅިގެން އެގައުމުގައި މިރޭވެސް ކާފިއު އިއުލާން ކޮށްފިއެވެ.

ކަމާބެހޭ އިދާރާތަކުން ބުނެފައި ވަނީ މިރޭވެސް 9:00 އިން ފަތިހު 4:00އަށް ލަންކާގެ މަގުތަކަށް އާންމު ބޭނުމަށް ނުކުމެ ނޫޅުމަށާއި، މަގުތަކަށް ނުކުންނަން ޖެހޭނީ ކޮންމެހެންވެސް ކުރަން ޖެހޭ މަޖުބޫރު ކަންކަމަށް އެކަނި ކަމަށެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާ އިރު، އެގައުމުގެ ސަލާމަތީ ބާރުތަކުން މިހާރުވެސް ތިބީ އެލާޓްގައެވެ. އެގޮތުން ގޮވާ ތަކެއްޗާއެކު، ސައިކަލުތަކެއް އިތުރުން މިއަދުވެސް ވެހިކަލްތަކެއް ހަރަކާތްތެރިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގައުމަށް ދިން ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ނަގާފައިވާ އިރު، އައިއެސްއިން ބުނެފައި ވަނީ އެ ޖަމާއަތުން ހަމަލާ ދެނީ އެ ޖަމާއަތަށް ހަމަލާ ދޭ މީހުންގެ އިތުރުން ކްރިސްޓިއަނުންނަށް ކަމަށެވެ. ލަންކާ ހަމަލާތައްވެސް މަޝްހޫރު ހޮޓެލްތަކުގެ އިތުރުން އީސްޓާ ފާހަގަކުރަމުންދިޔަ ކްރިސްޓިއަން ގިނަ ބަޔަކަށް އަމާޒުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އައިއެސްއަކީ އިސްލާމް ދީނުގެ ނަމުގައި ގަތުލް އާމަށް ހިތްވަރުދީ، ހައްދު ފަހަނައަޅާފައިވާ ވިސްނުން ގެންގުޅޭ ޖަމާއަތެކެވެ. އެ ޖަމާއަތުން ބާރު އަޅަމުންދަނީ އިސްލާމީ އުސޫލުތަކުން ބޭރު ލާއިންސާނީ ޖަރީމާތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާޅުބޯއީ

    ހޮޓާތަކުގަައި ތިބީ ހަމައެކަނި ކްރިސްޓިއަނުންބާ؟ މީ ހަރާންކޯރު ބައެއް.