އެފްރިކާ ބައްރު ދެފަޅިވާން އުޅޭކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ.

ސައިންވެރިން ހާމަކޮށްފައިވާ ގޮތުގައި އެފްރިކާ ބައްރު މީގެ ކުރިން ދެފަޅިވާނީ މިލިޔަނެއްހާ އަހަރުފަހުންކަމުގައި ކުރެވުނު ތަހްލީލްތަކުން ދެއްކިކަމުގައިވިޔަސް، މިހާރު މިދާ ރޭޓުން ތިމާވެއްޓަށް މިއަންނަމުންދާ ބަދަލުތައް އަންނަމުންދާނަމަ މިކަން ކައިރި މުސްތަޤްބަލެއްގައިވުން ގާތްކަމަށެވެ.

ސައިންވެރިން ހާމަކުރާ ގޮތުގައި މޫސުމަށް މިއަންނަމުންދާ ބަދަލުތަކުގެ ސަބަބުން އިރުމަތީ އެފްރިކާއިން ބައެއް ކަޑައިގެންގޮސް އެފްރިކާ ބައްރުން ވަކިވެގެން ގޮސްފާނެކަމުގެ ބިރުއެބައޮތްކަމަށެވެ.

ސައިންވެރިން މިކަމަށް ދީފައިވާ ނަމަކީ :ދަ ގްރޭޓް ރިފްޓް"އެވެ. ސައިންވެރިން ހާމަ ކުރާގޮތުގައި އެފްރިކާގެ ޤައުމެއްކަމަށްވާ ސޯމާލިޔާއާއި ދިމާއިން 2.5 ސެންޓި މީޓަރުގެ ދުރުވުމެއް ކޮންމެދުވަހަކު އަންނަކަމަށެވެ. އަދި މިރޭޓް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ ކައިރި ސަރަހައްދަކުން ބިންގަނޑު ކަޑައިގެން ދާނެކަމަށް ސައިންވެރިން ލަފާކޮށްފާވާއިރު، ސައިންވެރިން ބުނަމުންދަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޮޑެތި ރިސާރޗްތަކެއް ހަދަންޖެހިފައިވާކަމަށެވެ. މިގޮތުން ބިންގަނޑު ކަޑައިގެންދާނެ ސަރަހައްދާއި ކައިރި ހިސާބުތަކުގައި ހުރި ގެތަށް އެހެން ހިސާބުތަކަށް ބަދަލުކޮށް ކުރީބައިގައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ސައިންސްވެރިން ހާމަކުރެއެވެ.

އެފްރިކާ ބައްރަކީ ދެ ޕުލޭޓްގެ މައްޗަށް އުފެދިފައިވާ ބައްރެކެވެ. އަދި ޤުދުރަތީގޮތުން މިދެ ޕުލޭޓް އަހަރަކަށްވުރެ އަހަރެއްދަނީ ދުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މ

    ﷲއަކްބަރު

  2. މަގޭ

    އަޅޭ